ނެގީ ތިން މަސް ދުވަހުގެ ޗުއްޓީއެކެވެ. އާއިލާއެކު ޔޫއޭއީގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށެވެ. މަޖާ ކޮށްލުމަށެވެ. އެއީ ވަރަށް ދުވަސްވަންދެން އިންތިޒާރު ކުރަމުންދިޔަ ޗުއްޓީއެކެވެ. އެހެން ނަމަވެސް ނަސީބު ދެރަކަމުން އެ ޗުއްޓީ ވެގެން ދިޔައީ، އުމުރުން 47 އަހަރުގެ އެ ފިރިހެން މީހާ އާއި އޭނާގެ 18 އަހަރުގެ ދަރިފުޅު މުޅި އާއިލާއާ އަބަދުގެ އަބަދަށް ވަދާއީ ސަލާން ކިޔަން ޖެހުނު ދަތުރަށެވެ.

ހާދިސާ ހިނގި ގޮތް!

އިންޑިއާގެ ކެރެލާއަށް ނިސްބަތްވާ އިސްމާއިލް ތަޒްހީ އޭނާގެ ދެ ދަރިންނާއި ބޭބެގެ ތިން ދަރި ގޮވައިގެން ދިޔައީ ޝަރްޖާހް-އަޖްމަން ކައިރީ އޮންނަ އަލް ހީރާ ބީޗަށެވެ. މިދިޔަ ބުދަ ދުވަހު އޭނާ އޭނާ ދަރިން ގޮވައިގެން މޫދަށް ގޮސް އުޅެނިކޮށް އެ ފަސް ކުދިން ގެނބެން ފެށިއެވެ. އެ މީހުން ގެނބެން ފެށީ ފުން ތަނަކަށް ދެވިގެންނެވެެ.

އިސްމާއިލް ވަނީ އެ ކުދިން ސަލާމަތް ކުރުމަށް މޫދަށް ފުންމާލާފައެވެ. އޭނާއަށް އެތަނުން ހަތަރު ކުދިން ސަލާމަތް ކުރެވުނެވެ. ނަމަވެސް އޭނާގެ 18 އަހަރުގެ އަންހެން ދަރިފުޅު ނުފެނުނެވެ. އަނެއްކާވެސް އޭނާ އެ ދަރިފުޅު ހޯދަން ފީނައި ގަތެވެ.

ނަމަވެސް އޭނާއާ އޭނާގެ ދަރިފުޅު އަމަލް އިސްމާއިލް ސަލާމަތުން އެއްގަމަށް އާދެވޭ ގޮތެއް ނުވިއެވެ.

"އެ އާއިލާ ދިޔައީ ބީޗަށް ފަތާލަން ވެގެން. އެ ކުދިން ތިބީ މޫދުގައި ފަތަން، އިސްމާއިލްގެ އަންހެނުންނާއި އާއި އޭނާގެ ބޭބެ އަންހެނުން އާއި ކުޑަ ކުދިން ތިބީ އެއްގަމުގައި". އިސްމާއިލްގެ ބޮޑު ބޭބެ ޚަލީޖް ޓައިމްސްއަށް މައުލުމާތު ދެމުން ބުންޏެވެ.

އެ ދުވަހުގެ ހަވީރު 4:30 ހާއިރު އެ ހާދިސާ ހިނގިއިރު، އެކަން އާއިލާ މެންބަރުން ވަނީ ފުލުހުންގެ ސަމާލުކަމަށްވެސް ގެނެސްފައެވެ. ފުލުހުންވެސް އެ ސަރަހައްދަށް އައިސް އިސްމާއިލް އާއި އަމަލް ހޯދަން ފެށިއެވެ.

"30 މިނުޓު ފަހުން ހަމަ އެ މީހުން ގެނބުނު އެ ސަރަހައްދުން އެ މީހުން ވަނީ ހޯދާފައި،".

ފުލުހުން ބުނީ، އެ މީހުންނަށް އިސްމާއިލް މަރުވުމުގެ ކުރިން ސަލާމަތް ކުރެވުނު ކަމަށެވެ. ނަަމެވެސް އިރުކޮޅެއް ފަހުން އޭނާ މަރުވީ ކަމަށް ބުންޏެވެ. އޭގެ ފަހުން އެ މީހުން ފެށީ އަމާލް ހޯދުމުގެ މަސައްކަތެވެ.

އެކަމާއި މުޅި އާއިލާ އެ ތިބީ ހިތާމާގައެވެ. އިސްމާއީލް އަކީ ދުބާއީގައި ވަޒީފާ އަދާ ކުރަމުން ދިޔަ މީހެކެވެ. ކެރެލާގައި ދިިރިއުޅެމުންދާ އޭނާގެ އާއިލާ އެނބުރި ގެނައީ ޗުއްޓީ ހޭދަކޮށްލުމަށެވެ.

މީގެ ކުރިން އިސްމާއިލްގެ އާއިލާ ދިރިއުޅެމުން ދިޔައީ ޔޫއޭއީގައެވެ. ނަަމަވެސް މީގެ އެއް އަހަރާއި ބައިގެ ކުރިން އޭނާ ވަނީ ދަރިން ކެރެލާއަށް ފޮނުވާލާފައެވެ.

އިސްމާއީލްގެ ތިބެނީ ތިން އަންހެން ކުދިންނެވެ. އޭގެ ތެރެއިން މަރުވީ އެންމެ ބޮޑު ދަރިފުޅެވެ.

ކިޔުންތެރިންގެ ހިޔާލު