ނެޓްފްލިކްސްގެ ވެބް ސީރީސްއެއްކަމަށްވާ ސުއިޓަބަލް ބޯއީގައި ދެއްކުމަށް އިންޑިއާގެ ސިޓީއެއްގެ ހިންދޫ ފައްްޅިއެއްގެ ތެރޭގައި ބޭއަދަބީ މަންޒަރުތަކެއް ނެގި މައްސަލަ ފުލުހަށް ހުށަހަޅަައިފިއެވެ. އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައި ވަނީ މަދްްޔާ ޕްރަދޭޝްގެ ހޯމް މިނިސްޓަރ ނަރޮޓަމް މިޝްރާ އެވެ.

މިޝްރާ ވިދާޅުވީ، އެ ސީރީޒްގައި މުސްލިމް ފިރިހެނަކާއި ހިންދޫ އަންހެނަކު ހިންދޫ ފައްޅިއެއްގެ ތެރޭގައި ބޮސްދޭ މަންޒަރު ފެންނައިރު، އެކަމުގެ ސަބަބުން އެ ކޮމިއުނިޓީގެ ތެރޭގައި ނަފްރަތު އުފެދިގެންދާނެ ކަމަށެވެ.

އަދި އެ މަންޒަރާއި ގުޅިގެން އެކަން ބެލުމަށް ފުލުހުންނަށް އަންގާފައިވާނެ ކަމަށް މިޝްރާ ވިދާޅުވިއެވެ.

ނެޓްފްލިކްސް އިންޑިއާއިން ސުއިޓަބަލް ބޯއި ސީރީޒްއަށް އެ ފައްޅީގެ ތެރޭގައި ބޮސްދޭ މަންޒަރު ފެންނަ ތިން ސީނެއް ނަގާފައިވާ ކަމަށެވެ.އެ ސީރީޒްގެ ޕްލޮޓަށް ބަލާއިރު އެއީ ހިންދޫ އަންހެނަކު މުސްލިމް ފިރިހެން ކުއްޖަކު ދެކެ ލޯބިވެގެން ހިނގާ ކަންތައްތަކަށް ބިނާކޮށްފައިވާ ސީރީޒް އެކެވެ.

އެ ސީރީޒް ޑައިރެކްޓްކޮށްފައިވަނީ މިރާ ނައިރް އެއެވެ. އޭގާ ތަރިއަކީ އިޝާން ޚައްޓަރް އެވެ. އޭނާއާއެކު އެ ސީރީޒްގައި ލީޑް ރޯލުން ފެނިގެން ދާނީ ޓަބޫ، ރަސިކާ ޑުގަލް އެވެ.