ރަޝިއާގެ ރައީސް ވުލަޑިމިއާ ޕޫޓިންގެ 17 އަހަރުގެ އަންހެން ދަރިފުޅުގެ މަންމަ އަކީ ޕޫޓިންގެ ގޭގައި މަސައްކަތު މީހަކަށް އުޅުނު މީހެއް ކަމަށް ރަޝިއާގެ ވެބްސައިޓެއްގައި ރިޕޯޓް ކޮށްފިއެވެ.

އެކި މައްސަލަތައް ތަޙްޤީޤުކޮށް މައުލޫމާތު ހާމަކުރާ ނޫހުގައި ޕޫޓިންގެ އަންހެން ދަރިފުޅު ޔެލިޒަވެޓާ ވްލަޑިމިރޯނާގެ މަންމަ އަކީ ސްވެޓްލާނާ ކްރިވޮންގީ ނަމަކަށް ކިޔާ އަންހެނެކެވެ. ސްވެޓްލާނާ އާއި ޕޫޓިންގެ މަންމަ އަކީ ސްވެޓްލާނާގެ އެންމެ ޒުވާން ދުވަސްވަރުން ފެށިގެން ވެސް ވަރަށް ގާތް ދެމީހުން ކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ.

ސްވެޓްލާނާ ވަނީ ފިހާރައެއްގެ މަސައްކަތު މީހަކަށް ވެސް އުޅެފައެވެ.

ޕޫޓިން އާއި ސްވެޓްލާނާ އާއި ގާތް ގުޅުމެއް އުފެދުނީ ނުވަދިހައިގެ ފަހުކޮޅު ކަމަށާއި ނަމަވެސް ދެމީހުން ލޯބީގެ ގުޅުން ފެށުނު ގޮތުގެ އިތުރު ތަފްސީލެއް ނޭންގޭ ކަމަށް ވެސް ރަޝިއާގެ ވެންސައިޓުން ރިޕޯޓް ކޮށްފައި ވެއެވެ.

ސްވެޓްލާނާ އަކީ ކުރިން ތަންތަން ފޮޅައި ސާފުކުރަން އުޅުނު މަސައްކަތު މީހެއް ނަމަވެސް އޭނާ އަކީ މިހާރު މިލިއަނަރެއް ކަމަށް ވެސް ރަޝިއާގެ ވެބްސައިޓްގައި ރިޕޯޓް ކޮށްފައި ވެއެވެ. އޭނާ މުއްސަނދިވެ މިލިއަނަރަށް ވެފައި ވަނީ އެކި ކުންފުނިތަކުގެ ހިއްސާ ގަނެގެން ކަމަށް ވެސް ރިޕޯޓް ކޮށްފައި ވެއެވެ.

އާއްމުންނަށް އެނގޭ ގޮތުގައި ޕޫޓިން ކޮށްފައި ވަނީ އެންމެ ކައިވެންޏެކެވެ. އެއީ 1983 ވަނަ އަހަރު ލިއުޑްމިލާ އާއި ކުރި ކައިވެންޏެވެ. އެކައިވެނި ވަނީ 2013 ވަނަ އަހަރު ރޫޅިފައެވެ. މިހާތަނަށް ހީކުރެވިފައި އޮތީ ޕޫޓިން އަށް ދެއަންހެން ކުދިން ވެސް ލިބިފައި ވަނީ ލިއުޑްމިލާގެ ފަރާތުން ކަމަށެވެ.

ޕޫޓިންގެ މިހާރުގެ ލޯބިވެރިޔަކީ ކުރިން މަޝްހޫރު ޖިމްނާސިކް ކުޅުންތެރިއެއް ކަމަށްވާ އުމުރުން 37 އަހަރުގެ އެލީނާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައި ވެއެވެ.

ކުރިން ކޭޖީބީގެ ޖާސޫސެއްގެ ގޮތުގައި އުޅުނު ޕޫޓިންގެ އަމިއްލަ ދިރިއުޅުމުގެ ވަރަށް މަދުކަމެއް ނޫނީ އާއްމުންނަށް ކަށަވަރު ކަމާއިއެކު ބުނެދޭކަށް ނޭންގެއެވެ.