ނައިޖީރިއާ މީހަކު އޭނާގެ ހަލޯބިވެރިން ގޮވައިގެން ކައިވެނި ޕާޓީއަކަށް ހިނގައްޖެއެވެ. ޕްރެޓީ މައިކްގެ ނަމުން މަޝްހޫރު ވެފައިވާ ނައިޖީރިއާގެ މިމީހާގެ ހަލޯބިވެރިން ވެސް ތިބީ ބަލިވެއެވެ. މައިކް ބުނާ ގޮތުން ހައަންހެނުން ވެސް ބަލިވެ ތިބީ އޭނާގެ ދަރިންނަށެވެ.

ނައިޖީރިއާގެ މީސް މީޑިއާގައި މައިކް އަކީ މަޝްހޫރު މީހެކެވެ. އިންސްޓަގްރާމްގައި އޭނާ ފޮލޯ ކުރާ މީހުންގެ އަދަދު ދެލައްކައަށްވުރެ ގިނައެވެ.

މައިކް ބުނާ ގޮތުގައި މީސް މީޑިއާގައި އޭނާ ހިއްސާކުރާ އެއްޗެއްސަކީ ހަޤީޤަތެއް ނެތް ފިލްމެއްގެ މަންޒަރުތަކެއް ނޫނެވެ. "މިއީ ހަޤީޤަތުގައި ވެސް އަހަރެމެންގެ ދިރިއުޅުން. އަހަރެމެން މިއުޅެނީ އެންމެ ސަޅި ދިރިއުޅުން." މައިކް ބުނެފައި ވެއެވެ.

މައިކް އަކީ ވަރަށް ގިނައިން އަންހެނުންނާއި އެކު ތަފާތު ގޮތްގޮތައް ފޮޓޯ ނަގައި ވީޑިއޯ އާއްމު ކުރަމުން ގެންދާ މީހެކެވެ. 2017 ވަނަ އަހަރު ނައިޖީރިއާގެ ފުލުހުން އޭނާ ހައްޔަރު ވެސް ކުރިއެވެ. އެފަހަރު އޭނާ ހައްޔަރު ކުރީ އަންހެނުންތަކެއްގެ ކާރުގައި ވާގަނޑެއް ޖަހައިގެން ކުއްތާ ގެންގުޅޭހެން އަންްހެނުންތަކެއް ގެންގުޅެ ފޮޓޯ ނަގައި އެފޮޓޯތައް އާއްމުކުރި މައްސަލައެއްގައެވެ.

ނަމަވެސް އެމައްސަލައިގައި އޭނާ ހައްޔަރުކުރިތާ ދެތިން މަސްދުވަސް ފަހުން ވަނީ ދޫކޮށްލާފައެވެ.

މައިކްގެ އަމަލުތަކާއި ގުޅިގެން ނައިޖީރިއާގެ ބައެއް މީހުން އޭނާ އާއި ދެކޮޅަށް ވެސް މީސް މީޑިއާގައި އަންނަނީ ޚިޔާލު ފާޅުކުރަމުންނެވެ. މައިކް އަށް ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި އޭނާ އަކީ މީހުންގެ ސަމާލުކަން ހޯދަން އުޅޭ މޮޔައެކެވެ.

މައިކް އަކީ ނައިޖީރިއާގައި ނައިޓްކްލަބެއް ހިންގާ ވިޔަފާރިވެރިއެކެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. Anonymous

  ވާގަނޑު ކަރުގައި ތޯ ނޫނީ ކާރުގައި ތޯ

  31
  • މޫސަބޭ

   ކުއްތާ ގެންގުޅޭހެން ގެންގުޅެވޭނީ ކަރުގައި ވާގަނޑު ޖަހައިގެންދޯ؟ ކާރުގައިކަމަށް ލިޔެފައިއެވަނީ ޓަޕްކުރުމުގެ ކުށެއްކަމަށް ބެލެވޭ!

 2. Anonymous

  އެހެންޏާފަހެ ކިހާ ސަޅި.
  ކައްވަޅުގައި ވެސް ތިޔަހުރިހާ އެންމެންނާއި ްްެްްެުްްެްްެުްްެްްެުްްެްްެްްެްްެުްްެްްެުްްެްްެުްް
  އެކު ސަޅިކޮން އޮތަ

  38
  1
 3. ކާމަނސ

  ތިޔަ ކަހަލަ މީހުން ޒިނޭ ކުރާ ވާހަކަ އާއި ނަހަލާލަށް ބަލިވެ އިންނަ ވާހަކަ ލިޔުން ހުއްޓާ ލިއްޔާ ކީއްވާނީ

  145
  2
 4. ނަން

  ބަލިވެ ތިބުމާ، ބަލިވެ އިނުން އެއީ ވަރަށް ތަފާތު ދެ ކަންތައް،

  31
  1
 5. ނާތަހުޒީބު

  އޭ މިހި ރަ އިންސާނާ ތިބާޔަށޤ މިއަދު މަޖާކުރެވިދާނެ އެހެނަސް މާދަމާގެ ހާލުއެނގޭނަމަ ހަމަހިލާ ތިޔަހެން އުޅޭކަށް ނުކެރޭނެ ﷲއަށް ބިރުވެތިވޭ...

  13
 6. ސާން

  މިކަހަލަ ކަންކަމަށް ހާދަ ލޯބި ކުރެޔޭ ދޯ

 7. އާދޭސް

  މިކަހަލަ ޚަބަރުތައްޖެހުމަކީ މިކަންކަން ޕްރަމޯޓު ކުރުން ކަހަލަ ކަމެއް. ވީމާ މިފަދަ، ދީނާ ޚިލާފު ޚަބަރުތައް ވަގުތުގައި ދެން ނުލިޔާނެ ކަމަށް އުއްމީދުކުރަން.

  25