މުޅި ދުނިޔޭގައި ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޮވިޑް-19 އާއި ގުޅިގެެން ފުއްޕާމެއަށް ލިބޭ ގެއްލުން ރަނގަޅުވާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެެ.

ނެދަލޭންޑްގެ "ރެޑްބައުންޑް ޔުނިވާސިޓީ" އިން ދާދި ފަހުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި މި ބަލީގެ ސަބަބުން ފުއްޕާމެއަށް ގެއްލުން ލިބުމުގެ ހިރާސް ބޮޑީ ހާލު ދެރަވެ ހޮސްޕިޓަލުގައި އެނދުމަތިކުރާ ބަލިމީހުންނަށެވެ. ފުއްޕާމެއަށް ލިބޭ ގެއްލުން ރަނގަޅުވޭތޯ ބެލުމަށް ކުރި ދިރާސާގައި 124 ބަލި މީހެއް ވަނީ ބައިވެރިވެފައެވެ.

މިި ދިރާސާގައި ބައިވެރިވި ބަލި މީހުންގެ ސީޓީ ސްކޭން އަދި ފުއްޕާމޭ މަސައްކަތް ކުރާ މިންވަރު ދެނެގަތުމަށް ހާއްސަ ޓެސްޓެއް ވަނީ ހަދާފައެވެ. ތިން މަސް ވަންދެއް މި ޓެސްޓުތައް ހަދާފައިވާ ކަމަށް އެ ޔުނިވާސިޓީ އިން ވަނީ ބުނެފައެވެ.

އެ ދިރާސާއިން ދައްކާ ގޮތުގައި ކޮވިޑް-19 ޖެހިގެން ބޮޑުވަރު ވެފައިވާ ބަލި މީހުންގެ ފުއްޕާމޭގެ ވަށައިގެން ހުންނަ ޓިޝޫތައް ބަލިން ރަނގަޅުވުމަށް ފަހު އަންނަނީ އާވަމުންނެވެ. މި ބަލި ޖެހިގެން ހާލު ދެރަވާ ބަލި މީހުންގެ ފުއްޕާމޭގެ ޓިޝޫތައް ހަލާކުވެއެވެ.

މި ބަލި ޖެހިގެން ތިން މަސް ދުވަސް ފަހުންވެސް އެންމެ ގިނަ ބަލި މީހުން މިހާތަނަށް ޑޮކްޓަރަށް ދައްކައި ބުނަނީ މެއަށް ތަދުވާ ވާހަކަ އާއި، ނޭވާކުރުވާ މައްސަލަ ކުރިމަތިވާ ކަމަށް އެ ދިރާސާގައި ބައިވެރިވި މީހުން ވަނީ ބުނެފައެވެ.

މި ދިރާސާ ހަދާފައި ވަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. އެ ތިން ގްރޫޕަކީ އައިސީޔޫގައި ހާލު ދެރަވެެގެން އެނދުމަތިކުރާ މީހުންނާއި، ޖެނެރަލް ވޯޑުތަކުގައި އެނދުމަތިކުރާ މީހުން އަދި ގޭގައި ބައިތިއްބާފައި ތިބި މީހުންނެވެ. މީގެ ތެރެއިން އެންމެން ވެސް ވަނީ ގިނަ ދުވަސްވާވަކަށް ނޭވާ ކުރުވުމާއި މޭގައި ރިއްސުން ކުޑަވަމުންދާކަމަށް ބުނެފައެވެ.

ކޮވިޑް-19 އަކީ އާބައްޔަކަށް ވާތީ ކޮވިޑް-19 އާއި ގުޅޭ ގޮތުން ސައިންސްވެރިންނަށް ނެސް ނޭންގޭ ވަރަށް ގިނަ ކަންކަން އަދިވެސް އެބަހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޙްމަދް

    މާސް އަޅައިގެން އުޅުނީމައޭ ބޫނަ ޅަދުގަތީ ތާއެވެ.