އިސްތަށިގަނޑަކީ މިހާގެ ފެންނަ ފެނުމުގައި އެންމެ މުހިންމު އެއް ސިފައެވެ. މީހާ އަމިއްލަ ނަފްސަށް ކުރާ އިތުބާރާއި ވެސް ބޮލުގެ އިސްތަށިގަނޑާ ހުންނަނީ ވަރަށް ބޮޑަށް ގުޅިފައެވެ. އިސްތަށިގަނޑު ބަލިކަށިވެ ފޭބުމަކީ ވަރަށް ބޮޑަށް އެކަމަކަށް ވީވަރަކުން ކޮންމެ މީހަކުވެސް ހައްލެއް ހޯދަން މަސައްކަތް ކުރާނެކަން ފާހަގަކޮށްލެވެއެވެ. ބޮލުގެ އިސްތަށިގަނޑު ރަނގަޅުކުރުމަށް ކުރެވިދާނެ ކަންތައްތަކެއް އެބަހުއްޓެވެ.

އޭގެ ތެރެއިން އެއްކަމަކީ ސިނގިރެޓް ބުއިން ހުއްޓާލުމެވެ. ދުންފަތުގެ އިސްތިއުމާލު ކުރުން ގިނަވުމަކީ އިސްތަށިގަނޑުގެ އެކި ދިމަދިމާލުން އިސްތަށި ފައިބަން މެދުވެރިވެދާނެ ކަމެކެވެ. އަދި އިސްތަށިގަނޑު ހުދު ވުމާއި އިސްތަށިތައް ބަލިކަށިވެ އަަވަހަށް ފޭބުމަށް ދިމާވާ ކަމެކެވެ. ހަމައެހެންމެ ހެއާ ފޮލިކްލްސް ޑީއެންއޭ އަށް ގެއްލުން ލިބުމަށް ދުންފަތުގެ އިސްތިއުމާލު ކުރާ ނަމަ މަގުފަހިވެއެވެ.

މިގޮތަށް ދުންފަތުގެ އިސްތިޢުމާލުކޮށްގެން އިސްތަށިގަނޑު ހަލާކުވުމުން ކުރެވިދާނެ ކަންކަން އެބަހުއްޓެވެ.

މަސާޖްކުރުން: ބޮލުގައި ރަނގަޅަށް މަސާޖުކުރުމަކީ ބޮލުގެ އިސްތަށިގަނޑު ދުޅަހެޔޮކޮށް ބެެެހެއްޓުމަށް ނުހަނު މުހިންމު ކަމެކެވެ. މިގޮތަށް މަސާޖު ކުރާ އިރު މާސްކް ނޫނީ ތެޔޮވެސް ބޭނުން ކުރެވިދާނެއެވެ. އަދި ބޮލުގެ އެންމެ އެތެރެއަށް އަސަރު ކުރާނެހެން މަސާޖުކުރުމަކީ ބޮލުގެ އިސްތަށިގަނޑު ބޯވެ، އިސްތަށިގަނޑު ވަރުގަދަވުމަށް މަގުފަހިކޮށްދޭ ކަމެކެވެ.

ދެވަނަ ކަަމަކީ އިސްތަށިގަނޑުގައި ކާށިތެޔޮ ހޭކުމެވެ. ކާށިތެލަކީ އޭގައި ވަރަށް ގިނަ ފައިދާ އެކުލެވޭ އެންމެ ވަރުގަދަ ތެޔޮތަކުގެ ތެރޭގައި ހިމެނޭ ތެލެކެވެ. އޭގައި ފެޓީއެސިޑްސް ގިނަ އަދަދަކަށް ހިމެނޭ އިރު އެއީ ބޯ ރީތިކޮށް ބެހެއްޓުމަށް ބޭނުންވާ ޕްރޮޓީން ލިއްބައިދޭ މާއްދާތަކުން މުއްސަނދިވެފައިވާ އެއްޗެކެވެ. އަދި އިސްތަށިގަނޑު މަޑުވެ، އޮމާންކޮށް ބެހެއްޓުމަށް ވެސް ކާށިތެލުން އެހީ ލިބެއެވެ.

ދެން އޮތްކަމަކީ ކެއުމުގައި އޮމެގާ ހިމެނުމެވެ. މީގެ ސަބަބުން އިސްތަށިގަނޑަށް ލިބިފައިވާ ގެއްލުން ކުޑަކޮށްދީ އިސްތަށިގަނޑު ހެދި ބޮޑުވުމަށް ބާރު އަޅާދެއެވެ.

ކިޔުންތެރިންގެ ހިޔާލު