ބޭނުންވާ ތަކެތި:

1 ޕެކެޓް ސްޕެގެޓީ
6 ލޮނުމެދު (ތުނިކޮށް ކޮށާފައި)
1/2 ޖޯޑު އޮލިވް އޮއިލް
1/2 ސައިސަމުސާ ރަތް ހިކިމިރުސް (މުގުރާފައި)
ލޮނު (ރަހަލާވަރަށް)
އަސޭމިރުސް (ރަހަލާވަރަށް)
1/2 ޖޯޑު ޕާރްސްލޭ (ކުދިކޮށް ކޮށާފައި)
1 ޖޯޑު ޗީޒް

ތައްޔާރު ކުރާނެ ގޮތް:

ތެއްޔަކަށް ފެނާއި ލޮނު އަޅާފައި ކައްކާލުމަށްފަހު ސްޕެގެޓީތައް އަޅާށެވެ. އަދި 10 މިނެޓްފަހުން ފުރާނާލާށެވެ.

ދެން ތަވައެއްގައި ލޮނުމެދާއި އޮލިވްއޮއިލް އެއްކޮށް ހޫނުކޮށްލާށެވެ. އަދި ލޮނުމެދުތައް ޗޮކްލެޓްކުލަ އަރަންދެން ހޫނުކޮށްލާށެވެ.

ދެން ވަކިން ތައްޓަކަށް ރަތް ހިކިމިރުހާއި އަސޭމިރުސް އަދި ލޮނު ސްޕެގެޓީތެރެއަށް އަޅާއެއްކޮށްލާށެވެ. ދެން ލޮނުމެދުކޮޅާއި ޕާރްސްލޭ އަދި ޗީޒް އަޅާ އެއްކޮށްލުމުން ސްޕެގެޓީ ތައްޔާރުވީއެވެ.