ބޮލީވުޑްގައި ތަފާތު ކަންކަން އަބަދުވެސް ހިނގާ އިރު އެކި ހާދިސާތަކާއި ބޮލީވުޑްގައި ހަރަކާތްތެރިވާ ތަރީންނާ ކުރިމަތި ވެއެވެ. އެކި ކަންކަމާ ހެދި މިހާތަނަށް އެތައް ތަރީންނެއް ބޮލީވުޑް ސިނަމާ ދޫކޮށްފައިވާ އިރު އޭގެ ތެރެއިން ފާހަގަ ކޮށްލެވޭ ހަ މީހެއް ބަލާލާނަމެވެ.

މިއީ އާ މޫނުތަކަކަށް ފަހަރެއްގައި ނުވެދާނެއެވެ. ނަމަވެސް މަޝްހޫރު ފިލްމުތަކުން ނުފެނުނު ކަމުގައި ވިޔަސް އެހެނިހެން ގޮތްގޮތަށް މިހާރު މި ތަރީންގެ ވާހަކަތައްވެސް އަޑުއިވިފައި އޮވެދާނެއެވެ.

 

ފޮޓޯ: ގޫގުލް

ސަނާ ހާން

މިއަހަރުގެ އޮކްޓޯބަރު ސަނާ ހާން ވަނީ އޭނާ ފިލްމީ ދާއިރާއިން ދުރަށް ދާން ނިންމައި އިންސާނިއްޔަތަށް މަސައްކަތް ކުރާން ފަށަން ނިންމި ކަން އިއުލާންކޮށްފައެވެ. އުމުރުން 32 އަހަރުގެ ސަނާ ހާން މިހާރު ކައިވެނި ކޮށްފައިވާއިރު އޭނާ ވަނީ ނަން ބަދަލުކޮށް ބުރުގާ ވެސް އަޅައިފައެވެ. ސަނާ ހާން ކައިވެނި ކޮށްފައި ވަނީ ގުޖުރާތުގެ މުފްތީ އަކާއެވެ. ސަނާ ހާންގެ މިހާރުގެ ނަމަކީ ސައްޔިދާ ސަނާ ހާންއެވެ. އޭނާ ފެނިގެން ގޮސްފައިވާ ފިލްމުތަކާއި ޝޯ ތަކުގެ ތެރޭގައި 2014 ވަނަ އަހަރު ނިކުތް ޖެއި ހޯ އިންނާއި ސްޕެޝަލް އޯޕީއެސް ސީރީސް ފާހަގަ ކޮށްލެވެއެވެ. އޭނާ ވަނީ ހިންދީ ފިލްމުގެ އިތުރުން ޓެމިލް ފިލްމާއި ޓެލުގޫ ފިލްމުވެސް ކުޅެފައެވެ.

ފޮޓޯ: ގޫގުލް

ޒައިރާ ވަސިމް

ޒައިރާ ބޮލީވުޑް ދޫކޮށްފައި ވަނީ 2019 ވަނަ އަހަރުގައެވެ. ކަޝްމީރަށް ނިސްބަތްވާ ޒައިރާ މަޝްހޫރު ވެފައި ވަނީ 2016 ވަނަ އަހަރު އާމިރް ހާން އާއި އެކީ ކުޅުނު ދަންޖަލް އިންނެވެ. 18 އަހަރުގެ ޒައިރާ ވަސީމް ބޮލީވުޑް ދޫކޮށްފައި ވަނީ ދީނީ މައްސަލައަކާއި ގުޅިގެންނެވެ. އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައިވާ ފިލްމަކީ މިދިޔަ އަހަރު ނިކުތް ދަ ސްކައި އިޒް ޕިންކް ފިލްމުންނެވެ.

ފޮޓޯ: ގޫގުލް

އިމްރާން ހާން

ބޮލީވުޑްގެ ސުޕަސްޓާ އާމިރް ހާންގެ ނެފިއު އެއް ކަމަށްވާ އިމްރާން ހާން ބޮލީވުޑްއިން ވަކިވާން ނިންމިކަން ހާމަކޮށްފައި ވަނީ މިމަހުގެ ކުރީ ކޮޅުގައި އެވެ. 2008 ވަނަ ފިލްމީ ދާއިރާއަށް ނިކުތް އިމްރާން ހާން ފުރަތަމަ ފެނިގެން ގޮސްފައިވާ ފިލްމަކީ ޖާނޭ ތޫ ޔާ ޖާނޭ ނާ ނަމަކަށް ކިޔާ ފިލްމެކެވެ. އައިހޭޓް ލަވްސްޓޯރީ އާއި ބްރޭކް ކޭ ބާދް، ލަކް އަދި ކިޑްނެޕް އަކީ ވެސް އޭނާ ކުޅެފައިވާ ފިލްމުތަކެވެ.

މީގެ އިތުރުންވެސް އެތައް ތަރީންނެއް ވަނީ ބޮލީވުޑް ސިނަމާ ދޫކޮށްލާފައެވެ. ބޮލީވުޑް ސިނަމާގައި މަސައްކަތް ކުރާ ވަރަށް ގިނަ ތަރީންގެ މައްސަލަތަކެއްވެސް ފެންމަތިވެފައިވާއިރު މިއީ އެ ފިލްމު އިންޑަސްޓްރީ އަށް ލިބިގެންދާނެ ބޮޑު ގެއްލުމަކަށް ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު