ލީ މިންހޯއަކީ ދެކުނު ކޮރެއާގެ ފިލްމުތަކަށް ލޯބިކުރާ އެތައް ބަޔަކަށް ކަމުދާ ފަންނާނެކެވެ. ލީ މިންހޯގެ ފޭނުން ދުނިޔޭގެ އެކި ހިސާބުތަކުގައި ތިބި އިރު ފޭނުންނަށް އޭނާ އެންމެ ކަމުދާ އެއް ސަބަބަކީ އޭނާގެ ހިތްހެޔޮ މިޒާޖެވެ. އަދި އޭނާ އެނގޭ އެއްވެސް މީހަކަށް އޭނާ ގެންގުޅޭ އޮޅު ކުއްތާ، ޕެޓް (ކޮކޯ) އަށް އޭނާ ދޭ އަހަންމިއްޔަތުކަން އެނގޭނެއެވެ.

ލީ މިންހޯގެ ޕެޓް ކޮކޯ ރުޅިއައުމުން ކާން ވަރަށް ބޮޑަށް ދެކޮޅު ހަދާކަމަށް އޭނާ ބުނެއެވެ. އެގޮތަށް އޭނާ ނުކައި ހުރެއްޖެ ނަމަ އަމިއްލަ އަށް ވެސް ކާން އުނދަނގޫވާ ކަމަށާއި އޭނާ ރުއްސަން އެކި އުކުޅުތައް ބޭނުން ކުރާ ކަމަށް ލީ ބުނެއެވެ. ލީ މިގޮތަށް އޭނާގެ ކުއްތާ ރުއްސުމަށް ކުރަން ފެށިކަމަކުން މިހާރު އެ ނޫންގޮތަކަށް ކޮކޯ ރުހޭ ކަމަކަށް ނުވެއެވެ.

އެހެންވީމަ މިހާރު ކޮކޯ ރުޅިއައުމުން އޭނާ ކުރާ ކަމަކީ ކޮކޯ އަށް ކަމުދާ ކުލަ ގަދަ ސޯޓެއް ލައިގެން ސްޓާކީނެއްގައި ހުރެ ލަވަކިޔާ، ކޮކޯ އުރާލައިގެން ނެށުމެވެ. އަދި މީހުން ތިބި ތަނެއްގައި ވެއްޖެއްޔާވެސް ކޮކޯ ރުއްސަން ލަވަ ކިޔާ އޭތި އުރާލާއިގެން ނެށުން ނޫން ގޮތެއް މިހާރު ލީއަކަށް ނެތެވެ.

ލީ ބުނީ އެގޮތަށް ލަވަ ކިޔާ ނަށަން ފެށުމުން ބައެއް މީހުން އޭނާ އަށް ތައުރީފް ކުރާ އިރު ބައެއް މީހުން އޭނާ އަކީ މޮޔައެއް ހެއްޔޭވެސް އަހާކަމަށެވެ. އަދި އެއީ ބޭކާރު ތާކުންތާކު ނުޖެހޭ ކަމެއް ކަމަށް ބުނާ މީހުން ވެސް ތިބިކަން އޭނާ ފާހަގަކުރެއެވެ. ނަމަވެސް ލީ ބުނީ ކޮކޯ އަކީ އޭނާގެ އެކަނިވެރިކަން ދުރުކޮށްދޭ އެއްޗަކަށް ވުމުން ކޮކޯ އުފަލުގައި ބަހައްޓަން ބޭނުންވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު