އަންހެނުންނަކީ ލޯބީގައި ވަރަށް ޖަޒުބާތީ ބައެކެވެ. ކުރެވޭ ކުޑަކުޑަ ކަމަކަުން އެ މީހުންގެ ހިތްތައް ފުނޑުފުނޑު ވާއިރު ކުރާ ކުދަ ކަމަކުން އުމުރު ދުވަހަށް އެ މީހުންގެ ހިތުން ޖާގަވެސް ލިބިދާނެއެވެ. ދިރާސާތަކުން ޙާމަވާ ގޮތުން މިހާރު ގިނަ އަންހެނުންނަށް އުމުުރުން ދުވަސްވީ މީހުން ނޫނީ ހަރު މީހުން ކަމުދެއެވެ.

މީގެ މާނައަކީ މުސްކުޅިން ކަމުދާ ވާހަކައެއް ނޫނެވެ. ނޫނީ ފައިސާވެރި އުމުރުން ދުވަސްވީ މީހުން ކަމުދާ ވާހަކައެއްވެސް ނޫނެވެ. މީގެ މާނައަކީ ގިނަ އަންހެނުން އެ މީހުންނަށް ވުރެ އުމުރުގެ ގޮތުން ބޮޑު މީހުންނާއި ލޯބީގެ ގޮތުން ގުޅެން ބޭނުންވާ ކަމެވެ. މީގެ މާނައަކީ އެއްވަރު މީހަކު، ނޫނީ އުމރުުގެ ތަފާތު ކުޑަ މީހެއް ދެކެ ލޯބި ނުވުމެއްވެސް ނޫނެވެ. އެކަމަކު އުމުރުގެ ފަރަގު ކުޑަ މީހުންނަށް ވުރެ ބޮޑަށް އުމުރުގެ ފަރަގު ބޮޑު ފިރިހެނުންނަށް އަންހެނުން ހިތް ކިޔުން ކާތެވެ.

ދިރާސާއަކުން ދައްކާގޮތުން 173 މީހުންގެ ތެރެއިން 44 އަންހެނުން ބޭނުންވަނީ އުމުރުން އެ މީހުންނަށް ވުރެ މަދުވެގެން 10 އަހަރު ބޮޑު ފިރިހެނެކެވެ. ސުވާލަކީ ކީއްވެބާއެވެ. މިކަމުގެ އެންމެ ބޮޑު އެއް ސަބަބަކީ އެކަށީގެންވާ މިންވަރަށް ނޫނީ އެއްވެސް ވަރަކަށް އެ އަންހެނުންނާއި، ބައްޕަ އާއި ގުޅުމެއް ނެތުމެވެ.

"ޑެޑީ އިޝޫސް"ގެ ނަމުން އާއްމުކޮށް ކިޔާ އުޅޭ މި މައްސަލަ އަކީ ބޭނުންވާ ނަފްސާނީ ދުޅަހެޔޮ ގުޅުމެއް ބައްޕަ އާއި ނެތި ބޮޑުވާ އަންހެނުންނަށް ދިމާވުން ވަކިން ގާތްކަމެކެވެ. އެހެންކަމުން އުމުރުން ބޮޑު މީހަކާއި އެކު މީހުންނަށް ރައްކާތެރިކަން އިހުސާސްކުރެވޭ މިންވަރު އިތުރެވެ. އަދި ކަންކަމުގައި ނަސޭހަތްދީ މަގު ދައްކާނެ މީހަކަށް ބައިވެރިއަކު ވުމަކީ އެފަދަ މީހުން އެދޭ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަންނި

    އަންހެނުންގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާ.

    16
    9
  2. ލޮލް

    ޢެއީ ލާރި ގިނަވީމަ ޙަހަހަހަހަ

    18
    9
  3. ސޭ

    ތީއަހަރެން ދައްކަން ވަރަށް ލަދުގަންނަ ވާހަކައެއް އެއްވެސް މީހަކަށް ނޭނގޭނެ.

    18