އިންޑިޔާގެ މަގުމަތީގައި ހުންނަ ކާނުތަކާއި ނަޖިސް ވަޅުގަނޑުތަކާއި އަދި ކުނިގޮނޑުތައް ބެލެހެއްޓުމުގެ މަސައްކަތް ކުރަމުންދާ އިދާރާއަށް ނެގި ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް، އެމީހުންގެ ނަމުގައި ސްޕެލިން މިސްޓޭކް އެއް އިންކަމަށް ބުނެ ވަޒީފާއިން ވަކިކޮށްފިއެވެ.

ސްޕެލިން މިސްޓޭކް އެއްގެ މައްސަލައިގައި 1400 އެއްހާ މުވައްޒަފުން، ވަޒީފާއިން ވަކިކޮށްފައިވެއެވެ.

ބްރިހަންމުމްބާއީ މުނިސިޕަލް ކޯޕަރޭޝަން ގެ ވަޒީފާތަކަށް މި މުވައްޒަފުން ނަގާފައިވަނީ، ކުރިން މި މީހުން ވަގުތީ މުވައްޒަފުންގެ ގޮތުގައި ގެންގުޅުމަށްފަހުކަމަށްވެސް މައުލޫމާތު ލިބެއެވެ. އަދި، އެމީހުންގެ ވަޒީފާތައް ދާއިމީކޮށްފައިވަނީ، ކޯޓުން އަންގައިގެންކަމަށްވެސް މައުލޫމާތު ލިބެއެވެ.

މިކަމާ ގުޅިގެން، މި މުވައްޒަފުން ތަމްސީލުކުރާ ޔޫނިއަން އިން ބުނެފައިވަނީ މައްސަލައެއްގެ ސަބަބުން މުވައްޒަފުން ވަކި ކުރިކަމުގައިވިޔަސް، ޢަމަލު ކުރަން ޖެހޭ އުސޫލުތަކުގެ ދަށުން އަމަލުކޮށްފައި ނުވާކަމަށެވެ. އެހެންކަމުން، މިއީ މުވައްޒަފުންނަށް ލިބުނު ބޮޑު ގެއްލުމެއްގެ ގޮތުގައި އެފަރާތުން ފާހަގަކޮށްފައިވެއެވެ.

މުނިސިޕަލް ކޯޕަރޭޝަން އިން ބުނެފައިވަނީ ސްޕެލިން މިސްޓޭކް ތަކުގެ ސަބަބުން އެމީހުން ދޭ މައުލޫމާތާއި އެމީހުން ހުށަހަޅާފައިވާ ލިޔެކިޔުންތައް ސާފުނުވާކަމަށެވެ.

އިންޑިޔާގައި، މި މަސައްކަތްތަކުގެ ހަރަކާތްތެރިވާ ފަރާތްތަކަކީ، މަސައްކަތުގެ މާހައުލުން ދިމާވާ ގޮންޖެހުންތަކުގެ އިތުރުން، އެހެން ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ބައެއްކަމަށް، އެޤައުމުގެ ނޫސްތަކުން ފާހަގަކުރެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދޮންބެ

    ދުނިޔޭގެ ކޮންމެ ތަނެއްގައިވެސް ނިކަމެތިންނަށް އިހާނެތިކޮށް ހިތުން ހައްދު ފަހަނައަޅާފަ.