އަންހެނެއް ރުއްސަން ފަސޭހައެއް ނުވާނެއޭ ހިތަށް އަރާ ގިނަ ބަޔަކު އުޅޭނެއެވެ. އެކަމަކު ހަގީގަތަކީ ގިނަ އަންހެނުންނަކީ ވަރަށް ސާދާ ކަންތައްތަކަށް ލޯބި ކުރާ ބައެކެވެ. އެ މީހުންނަށް ކަމުދާނީ ވެސް ވަރަށް އާދައިގެ ސިފަތަކެވެ. މީގެ އިތުރުން އެ މީހުން ބޭނުންވާ ސިފަތައް ވެސް އެ ކަމުދާ ފިރިހެނެއްގެ ގައިގައި ހުންނަން ވާނެއެވެ.

ފުރަތަމަ ކަމަކީ އޯގާތެރިކަމެވެ. އޯގާތެރިކަމަކީ އަންހެނަކު ހިތް ދަމައިގަންނަން އެންމެ މުހިންމު އެއް ސިފައެވެ. އެހެންކަމުން އަންހެނުންނަށް އޯގާތެރިވާ ނަމަ، އަންހެނުން ފަސޭހައިން ހިތް ކިޔަން މެދުވެރިވެއެވެ. އަދި މީހަކަށް އެއްޗެއް އުފުލާލަ ދިނުން، އެހީތެރިކަމެއް ފޯރުކޮށްދިނުން ފަދަ ކަންކަން ކުރާ ނަމަ ވަރަށް ފަސޭހައިން އެކަން ކަމުދާ ގޮތް ވެއެވެ.

ހުނުމަކީ ވެސް ފިރިހެނެއްގެ އެންމެ ކަމުދާ އެއް ސިފައެވެ. ކަންކަމާއި ހުނުމާއި، މަޖާވުމަކީ ވަރަށް ގިނަ އަންހެނުންނަށް ކަމުދާ ކަމެކެވެ. އަންހެނަކު ރުޅިއައިސްފައި ހުއްޓާ ހެއްވާލެވޭ ނަމަ އެއީ އެ މީހަކަށް އެ އަންހެނަކާއި ޖަޒުބާތީ ގުޅުމެއް އޮތްކަމުގެ ހެއްކެކެވެ.

އަތް އޮޅާފައި ހުންނަ ޓީޝާޓާއި ގަމީސް ފަދަ އެއްޗެހި ލުމަކީވެސް އަންހެނުންނަށް ވަރަށް ކަމުދާ ކަމެކެެވެ. އެއީ ކޮންމެ މީހަކުވެސް އިތުރަށް ރީތިކޮށްދޭ ކަމަކަށް އޮންނަނީ ވެފައެވެ.

މީހަކު އެހެން މީހުންނާއި ދިމާއަށް ބަލާ ގޮތުން ވަރަށް ގިނަ ކަންކަން ބުނެދެއެވެ. ބައެއް އަންހެނުންނަށް ކަމުދަނީ ފާޅުގައި މީހުންނާ ހަތަރު ކަޅި ހަމަކޮށްގެން ވާހަކަދައްކާ މީހުންނެވެ. އެއީ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ފެންނާތީއެވެ. އަނެއްބައި މީހުންނަކީ ލަދު ރަކި މީހުންނަށް ހިިތް ކިޔާ ބައެކެވެ.

ޖަޒުބާތުތައް ސިއްރު ނުކުރާ މުއާމަލާތު ކުރާ މީހެއް ނަމަ އެ މީހަކަށް އަންހެނަކު ހޯދުމަކީ މާ އުނދަގޫ ކަމަކަށް ނުވާނެއެވެ. ސަބަބަކީ ވާހަކަ ނުދެއްކުމާއި މުއާމަލާތު ނުކުރުމަށް ވުރެ ފަސޭހައިން އަންހެނެއްގެ ހިތް މަރާލެވޭނެ ގޮތެއް ނޯންނާނެތީއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Dhivehi

    👮👮👮👮👮👮👮👏👏👏👏😘😘😘💕💕💕💕❤❤❤❤❤

    14
    1
  2. ޚިކްމަތުޔާރު

    "ހަމަކަށަވަރުން، އީމާންވި މީހ ުންގެ ތެރޭގައި ހުތުރުކަންބޮޑު ފާފައިގެ ވާހަކައާއި، ޢަމަލު، ފެތުރިގެންދި،އުމަށް ލޯބިކުރާމީހުން (ދަންނާށެވެ!) ދުނިޔެއާއި އާޚިރަަތުގައި ވޭންދެނިވި އެއުރެންނަށް ހުށްޓެވެ. ﷲ ދެނެވޮޑި ގެންވެތެވެ. އަދި ތިޔަބައި މީހުންނަކަށް ނޭނގެތެވެ."
    (سورة النور:19)

  3. ހުސޭނުބޭ

    އެންމެ މުހިއްމު ސިފަ މަދު
    ޙަލާލަކަސް ޙަރާމަކަސް ބައިވަރު ފައިސާ ހުރުން

    17
    13
  4. ބިލްބެރެެޑޭ

    ބޭނުންވާ ހުރިހާ މިނިވަންކަމެއް ދިނުން ހަލާލަކަސް ނަހަލާލަކަސް
    ލޯބިވޭ ވަރަށް އިތުބާރުކުރަން، އިރު އިރު ކޮޅާ އެހެންބުނަން ޖެހޭނެ.
    އެއިރަށް ލޯބި އުތުރި އަރާނެ