އަބީޝޭކް ބައްޗަންގެ އެކްޓިން އަށް ވުރެ އޭނާގެ އަންހެނުން އައިޝްވާރިޔާ ރާއި ބައްޗަންގެ އެކްޓިން މޮޅު ކަމަށް އަމީތާބް ބައްޗަން ބުނެފިއެވެ.

ބޭރުގެ ނޫހަކަށް ދިން އިންޓަވިއެއްގައި އަބީޝޭކް ބުނީ އޭނާ ވެސް އެކަމަށް އެއްބަސްވާ ކަމަށެވެ. އައިޝްވާރިޔާ އާއި ވާދަވެރިކަން އޮންނަތޯ އަބީޝޭކް ކައިރިން ކުރި ސުވާލަށް އޭނާ ބުނީ އެއްވެސް އެކަހަލަ ވާދަވެރިކަމެއް ނެތް ކަމަށާއި އައިޝްވާރިޔާއަކީ ބޮލީވުޑްގެ އެންމެ މަޝްހޫރު ތަރީންގެ ތެރޭގައި ހިމެނޭ ފަންނާނެއް ކަމަށެވެ.

އެއްވެސް މީހަކާ ވާދަވެރި ނުވާ ކަމަށާއި ހަމައެކަނި ވާދަވެރިވަނީ އަމިއްލަ މީހާއާ ކަމަށް އަބީޝޭކް ވަނީ ބުނެފައެވެ. ކޮންމެ އެކްޓިންގް އެއްގައި ވެސް ބަލަނީ ކުރިއަށް ވުރެ ރަނގަޅަށް މަސައްކަތް ކުރުން ކަމަށާއި އެހެން މަސައްކަތް ނުކުރެވޭ ނަމަ އެކްޓަރަކަށް ނުވެވޭނެ ކަމަށް އޭނާ ބުންޏެވެ.

އައިޝްވާރިޔާ އާއި އަބީޝޭކް ކައިވެނިކޮށްފައި ވަނީ 2007 ވަނަ އަހަރުގެ އޭޕްރީލް 20 ގައެވެ. އުފާވެރި ދިރއުޅުމެއްގައި އުޅެމުން ގެންދާ ދެ ތަރީންނަށް 2011 ވަނަ އަހަރު ވަނީ އަންހެން ކުއްޖަކުވެސް ލިބިފައެވެ. ދެ ތަރީންނަށް ފުރަތަމަ ލިބުނު މި އަންހެން ކުއްޖާއަށް ދީފައިވާ ނަމަކީ އާރާދިޔާއެވެ. އާއިލާގެ އެހެން މެމްބަރުންނެކޭ އެއްގޮތަށް އާރާދިޔާ އަކީ ވެސް ސެލެބްރިޓީ އެކެވެ. އާރާދިޔާގެ ފޮޓޯތަކުގެ އިންތިޒާރުގައި ވެސް އެތައް ބަޔަކު އުޅެއެވެ.

ފޮޓޯ:ގޫގުލް

މިހާތަނަށް އެތައް ފިލްމުތަކުން ފެނިގެން ގޮސްފައިވާ އަބީޝޭކް އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ބްރީތް 2 އިންނެވެ. މިއީ ވެބް ސީރީސް އެކެވެ. ދެން އޭނާ ފެނިގެން ދާނީ ބިގް ބުލް އަދި ކަހާނީ އިންނެވެ.

ފޮޓޯ: ގޫގުލް

އައިޝްވާރިޔާ ރާއި ބައްޝަން އެންމެ ފަހުން ފެނިގެން ގޮސްފައިވާ ފިލްމަކީ ފެންނޭ ހާން އިންނެވެ. މި ފިލްމުގައި އައިޝްވާރިޔާގެ އިތުރުން ދެން ހަރަކާތްތެރިވަނީ އަނިކް ކަޕޯރް އާއި ރާޖް ކުމާރް ރައޯއެވެ. ދެން އޭނާ ފެނިގެން ދާނެ ފިލްމަކީ މަނީ ރަޓްނާމްސް ޕޮނީޔިން ސެލްވަން އިންނެވެ.

މި ފިލްމަކީ ޓެމިލްގެ ވާހަކައަކަށް ނިސްބަތްކޮށް ކުޅެފައިވާ ފިލްމެކެވެ. މި ފިލްމުގައި އައިޝްވާރިޔާގެ އިތުރުން ދެން ފެނިގެންދާނީ ވިކްރަމް، ކީރްތީ ސުރޭޝް، ކަރްތީ، ޖަޔަމް ރާވީ ގެ އިތުރުން އަމަލާ ޕައުލްއެވެ.