އަގުބޮޑެތި އެއްޗެހި ގެންގުޅޭ ހިއްވާ މީހުން އުޅެ އެވެ. އަދި އެފަދަ އެއްޗެހި ނޫނީ ބޭނުން ނުކުރާ މީހުންވެސް އުޅެ އެވެ. މިއީ އެފަދަ އެއްޗެއްސަށް ލޯބި ކުރާ މީހުންނަަށް ހާއްސަ އެއްޗެކެވެ. މިއީ އަގުބޮޑު އަތް ދަބަހަކެވެ. އަގު 6 މިލިއަން ޔޫރޯ އެވެ. އެކަމަކު މި ދަބަހަކީ ހާއްސަ ދަބަހަކަށް ވަނީ ވެފައެވެ. އެއީ މި ދަބަސް ވިއްކައިގެން ލިބޭ ފައިދާ ދުނިޔެއަށް ވަރަށް ބޭނުންތެރި ކަމަކަށް ބޭނުން ކުރާތީ އެވެ.

މި ދަބަސް ގަންނަން ދާން ވީއެވެ. އެ ސަބަކީ މި ދަބަސް ވިއްކައިގެން ލިބޭ ފައިސާގެ ތެރެއިން 800،000 މިލިއަން ޔޫރޯ ބޭނުން ކުރާނީ ކަނޑު ސާފް ކުރުމަށެވެ.

ލަގްޒަރީ އިޓަލިއަން ބްރޭންޑެއް ކަމަށްބާ ބޮއަރިނީ މިލަނެސީގެ ބޮޑު ކަންބޮޑުވުމަކަށްވީ ކަނޑުގައި މާގިނައިން ޕްލާސްޓިކް ހުރުމެވެ. އެހެންކަމުން އެ މީހުންގެ ޑިޒައިންގެ މި ދަބަސް އެންމެންގެ ސަަމާލުކަމަށް އައިސް، އެ ދަބަސް ގަތުމުން، އެއިން ލިބޭ ފައިސާ ރަނގަޅު ކަމަށް ބޭނުން ކުރާނެ އެވެ.

"އަހަރެންނަށް ކަނޑުން މިހާރު ވަރަށް ގިނަ ޕްލާސްޓިކް ފެނޭ. އަހަރެން ކުޑައިރު ފެނުނު ވަރަށް ވުރެވެސް ގިނަ، އަދި ކޮވިޑް-19ގެ މި ޕެންޑެމިކްގައި މާސްކއާއި އަންގިވެސް އެ ހުންނަނީ އެއްވެސް ކަހަލަ ފަރުވާލެއް ނެތި އުކާލާފައި". އެ ކުންފުނީގެ ކޯ ފައުންޑަރު ބުނެފައި ވެއެވެ.

އޭނާ ބުނިގޮތުގައި، އެ ކުންފުނިން ހެދީ މީގެ ތިން ދަބަހެވެ. ކޮންމެ ދަބަހެއް ހދުމަށް 1000 ގަޑިއިރު ހޭދަވިއެވެ. އޭގައި ކިނބޫގެ ހަންގަނޑު ބޭނުންކޮށްފައިވާއިރު، އޭގައި ހުދު ރަނުން ހަދާފައިވާ 10ކޮކާ ޖަހާފައި ވެއެވެ. އެ ކޮކާލުގައި ޖަވާހިރާއި އެއްޗެހި ހަރުކޮށްފައި ވެއެވެ. އަދި އެ ދަބަހުގެ ކުލަ ރަމަޒުކޮށްދެނީ ކަނޑެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަންނި

    ތިކަމައް އަޅުގަނޑުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ތިޔަ ރުފިޔާ ކެއުމުގަ.

    2
    1