މި އަހަރަށް ރާވާފައިވާ އެތައް ކަމެއް ވަނީ ކޮރޯނާ ވައިރަސްގެ ސަބަބުން ހުއްޓުމަކަށް އައިސްފައެެވެ. ހާއްސަކޮށް އަހަރަށް ހާއްސަކޮށް ބޮޑެތި ތައްޔާރީތައް ވަމުންދިޔަ މީހުނެވެ. މީގެ ތެރޭގައި ފިލުމު އިންޑަސްޓްރީގެ މަސައްކަތްތައް ހިމެނެއެވެ. އެ މަސައްކަތްތައް ހުއްޓިފައި އޮތުމަށްފަހު މިހާރު މިވަނީ ފެށިފައެެވެ.

ފިލުމު އިންޑަސްޓްރީގެ މަސައްކަތެކޭ އެއްފަދައިން ބޮލީވުޑުގެ ފަންނާނުންގެ އަމިއްލަ ދިރިއުޅުމުގެ ވެސް ބައެއް މުހިންމު ކަންތައްތައް މިވަނީ ފަސްކުރެވިފައެވެ. މިގޮތުން މި އަހަރު ބޮލީވުޑްގެ ތަރިންގެ ކައިވެނިތަކެއްވެސް ކުރިއަށް އޮތެވެ، ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ކައިވެނި ކުރުމަށް ހަމަޖެހިފައިވާ ބައެއް ފަންނާނުންގެ ކައިވެނި ވެސް މިވަނީ ކޮރޯނާ ވައިރަސްގެ ސަބަބުން ލަސްކުރެވިފައެވެ.

އޭގެ ތެރެއިން ބައެއް ފެންނާނުންނަށް ބަލާލަމާ ހިނގާށެވެ.

ރަންބީރު ކަޕޫރާއި އާލިއާ ބަޓް

ބްރަހްމަސްތުރާ ފިލުމުގެ ޝޫޓިންގެ ތެރެއިން ލޯބީގެ ގުޅުން ފެށިގެން ދިޔަ ރަންބީރާއި އާލިއާއަކީ މި ލިސްޓުގެ އެންމެ ފުރަތަމަ ވެސް ފާހަގަ ކޮށްލެވޭ ޖޯޑެވެ. ބްރަހްމަސްތުރާ ފިލުމު ރިލީޒް ކުރުމަށް ފަހު މި އަހަރުގެ ޑިސެމްބަރގައި ކައިވެނި ކުރުމަށް ތައްޔާރުވެފައިވާ މި ދެ ބައިވެރިންގެ ކައިވެނި ވެސް މި ވަނީ ލަސްކުރެވިފައެވެ.

އަރުޖުން ކަޕޫރާއި މަލައިކާ އަރޯރާ

މީސް މީޑިއާގައި އެކުގައި ލޯބީގެ އެތައް ޕޯސްޓުތަކެއް ކުރަމުން އަންނަ މަލައިކާއާއި އަރުޖުން ކަޕޫރު ވެސް މި އަހަރުގެ ކުރީކޮޅު ކައިވެނި ކުރުމުގެ އަޑުތައް އަރާފައި ވި ނަމަވެސް ކޮރޯނާ ވައިރަސްގެ ސަބަބުން ކައިވެނި ފަސްކުރެވިފައި ކަމަށް ރިޕޯޓްތަކުގައިވެއެވެ.

ވަރުން ދަވަންއާއި ނަތާޝާ ޑަލާލް

ކުޑައިރުގެ ދެ ލޯބިވެރިންކަމަށްވާ ވަރުންއާއި ނަތާޝާގެ ކައިވެނި ވެސް މި އަހަރު މާރޗު މަހުގެ ތެރޭގައި ގައުމުން ބޭރުގައި ކުރުމަށް ނިންމާފައިވީ ނަމަވެސް ކޮރޯނާގެ ސަބަބުން މި ކައިވެނި ވެސް ފަސސްކުރެވިފައިވާ ކަމަށް ރިޕޯޓްތަކުގައިވެއެވެ.

ފަރުޚާން އަޚްތަރުއާއި ޝިބާނީ ޑަންޑޭކަރު

ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ގިނަ ދުވަސްތަކެއްވެފައިވާ ފަރުޚާންއާއި ޝިބާަނީގެ ކައިވެނީ މި އަހަރުގެ ފަހު ކޮޅުގައި ކުރެވޭނެކަމަށް ރިޕޯޓްތަކުގައިވެއެވެ.

ރޯމަން ޝޯވްލްއާއި ސުޝްމިތާ ސެން

އުމުރުގެ ތަފާތު ބޮޑު ނަމަވެސް ސުޝްމިތާއާއި ރޯމަންގެ ލޯބީގެ ގުޅުމަށް ދެ އަހަރުވެއްޖެއެވެ. އަދި މި ދެ ބައިވެރިން ވެސް މި އަހަރުގެ ފަހުކޮޅުގައި ކައިވެނި ކުރާނެ ކަމަށް ޚަބަރުތަކުގައިވެއެވެ.

ކޮރޯނާ ވައިރަސްގެ ބަލިމަޑުކަމުގައި ވެސް އިންޑަސްޓްރީގެ ބައެއް ފަންނާނުން ވަނީ މި އަހަރު ކައިވެނި ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބަބުރުކުއްޖާ

    އަހަރުމެންނައް ކީއްތަ ތިބަޔަކު ކައިވެނި ނުކޮށް ތިއްބަސް....ކައިވެނި ކައިވެންޏަކައް ވާނީ ހަމައެކަނި އިސްލާމީ ޝަރިއަތާ އެއްގޮތައް ކުރީމަ...ތި ޔަހޫދީންންނާއި ފަރަންޖީން އެމީހުންގެ ކުފުރު ދީނުގެ އަދަކާދަޔައް ތިކަން ކުރިޔަސް ހަލާލް ގުޅުމަކައް ނުވާނެ...ލިބޭ ދަރިން ހަލާލު ދަރިންނަކަށް ނުވާނެ....

    14