ކަނޑު އަޑީގައިވާ ހުރިހާ ދިރުންތަކެއް އަދި ވެސް ހޯދިފައިނުވާ ކަމަށް ސައިންޓިސްޓުން ބުނެއެވެ. އަދި ހޯދިފައިވާ ނުވާ ބައެއް ދިރުންތައް މަޑުމަޑުން ދަނީ ފެންނަމުންނެވެ.

ސައުތު އެފްރިކާގެ ކޭޕް ޓައުން ކައިރީގައި އޮންނަ ފިޝް ހޮއެކް ބީޗުން މާރިޔާަ ވެގެނާ ނަމަކަށް ކިޔާ މީހަކަށް ފެނުނު މޫދުގެ ދިރުމަކީ އަދި މިހާތަނަށް ފެނިފައިނުވާ ތަފާތު ވައްތަރެއް ކަމަށް އޭނާ ބުނެފައިވެއެވެ.

ކުލެކަސް އެޓްލާންޓިކަސް ނުވަތަ ބުލޫ ޑްރެގަން ނަމުން ނަން ދެވިފައިވާ މި ބާވަތަކީ ވަރަށް ނުރައްކާތެރި ބާވަތެކެވެ. މީގައި އިންނަ ކަށި ހެރިއްޖެނަމަ ވަރަށް ތަދުވާނެއެވެ.

އެ ގައުމުގެ ނޫހަކަށް މަޢުލޫމާތު ދެމުން މާރިޔާ ބުނެފައިވަނީ އޭނާ އަބަދުވެސް ދިރިއުޅެމުން ދަނީ އެ ބީޗުގައި ކަމަށާއި ނަމަވެސް އެ ބާވަތުގެ އެއްޗެއް ދުވަހަކު ނުދެކޭ ކަމަށެވެ.

''އަހަރެން އަބަދުވެސް ގޮނޑުދޮށުން ސްޓަރ ފިޝް ހޮވައި އަނބުރާ އެ އެއްޗެހި މޫދަށްލަން. ނަމަވެސް މީގައި ކަށްޓެއް ހުރުމުގެ ސަބަބުން އަހަރެން އެއަކާއި ނުބެހެން. އެތަނުގެ ކައިރީގައި އެ މޫދަށް ލާނެ އެއްޗެއް އޮތްނަމަ އަހަރެން އެ ވެސް މޫދަށް ލާނަނ.ް ނަމަވެސް އަހަރެން އެއަކު އަތެއް ނުލަން'' މާރިޔާަ ބުނެފައިވެއެވެ.

މަތީބައި ނޫކުލައިގައި އޮންނަ ދަށްފުށް ހުދު ކުލައިގައި އޮންނަ މި އެތި މާރިޔާއަށް ފެނުނު އިރުވެސް އޭގައި ދިރުން ހުރި ކަމަށް އޭނާ ބުނެފައިވެއެވެ. ކަނޑުގެ ރާޅުގަނޑު ބޮޑުވެ ރާޅުގެ އެހީގައި އެނބުރި މޫދަށް ދިއުމުގެ އިންތިޒާރުގައި އެ އޮތީ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

މިފަދަ ތަފާތު ބާވަތެއް ވަނީ ވަރަށް ފަހުން ކެރެބިއަންއިން ވަނީ ފެނިފައެވެ. އެއީ ހިނގާ މަހެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކެިބރ ކދ

    ގްލައުކަސް އެޓްލާންޓިކަސް އަކީ މޫދުގަ އުޅޭ ހަކަ ގޯތި އެއްޗެއްނު
    މަ ގުއިގުލު ކޮއްލީމަ އައިއްސި
    ގުއިގުލު ކޮއްލަބަ ބްލޫ ޑްރެގަން މޫވިން، ހަމަހުވާ އެއީ ﷲ ގެ ކުޅަދުންވަންތަކަން ހިތައް އަންނާނެ ކަމެއް

    38
    3
  2. ތޯ

    ބްލޫ އޭންޖަލް ކީނަމަ ސަޅިވީސް.

    10
    1
  3. އވގނޗ

    فَتَبَارَكَ ٱللَّهُ أَحْسَنُ ٱلْخَٰلِقِينَ

    28
    3
  4. ޖަހަހަހަ

    ރަނގަޅަށް ރިސާޗުނުހަދާ ލިޔެލަނީ. ތީއާއެއްޗެއްނޫން. ދެންމިވަރުވެސް ނުވީމަލަގޮނޑިބޭ މީހުންގެފޭސްބުކް ކިޔަގެން އަބުރައް އަރަނީ. ލޮލް