ފޭސްބުކް ރަހުމަތްތެރިންނަށް ވަރަށް އަވަހަށް އިތުބާރު ކުރެވެއެވެ. މާގިނަ ދުވަސް ވަންދެން ވާހަކަނުދައްކާ، އަދި ދެ މީހުން އެކަކު އަނެކަކަށް ނޭގި ބައްދަލު ކުރަނީއެވެ. އެ ބައްދަލުވުން ބައެއް ފަހަރު ނިމިގެން ދަނީ ހިތި ގޮތަކަށެވެ.

އިންޑިއާގެ އަވަށަކަށް ނިސްބަތްވާ މި އަންހެން މީހާ ކަރުގައި އެ ހިތި ރަހަ ލައްވާލައިފިއެވެ. އޭނާ ރޭޕްކުރީ އޭނާގެ ފޭސްބުކުން ދިމާވި ރަހުމަތްތެރިއެެކެވެ.

އުމުރުން 23 އަހަރުގެ އެ އަންެހެން މީހާ ރޭޕްކުރީ އޭނާގެ ފޭސްބުކުން ދިމާވި ރަހުމަތްތެރިޔާ އާ ބައްދަލު ކުރުމަށް އެ ރަހުމަތްތެރިޔާގެ އެހެން ރަހުމަތްތެރިއެއްގެ ގެއަށް ގޮސްގެން އުޅެނިކޮށެވެ.

އެ އަންހެން މީހާ ބުނިގޮތުގައި، އޭނާ ރޭޕްކުރީ އެގެއަށް ގެންގޮސް ބަރަހަނާ ފިލްމް ދައްކާ. އޭނާއަށް މަސްތުވާ އެއްޗެއް ބޯން ދިނުމަށް ފަހުއެވެ. އޭނާ ރޭޕް ކުރުމަށްފަހު ބަރަހަނާ ފޮޓޯތައްވެސް ނެގިކަމަށް އެ އަންހެން މީހާ ބުންޏެވެ. އަދި އޭގެ ފަހުން އޭނާ އެ އަންހެން މީހާ ބްލެކް މެއިލްކޮށްގެން އެގެއަށް ގެންގޮސް ރޭޕް ކުރާކަމަށްވެސް އެ އަންހެން މީހާ ބުންޏެވެ.

މިހާރު އެ މައްސަލަ ވަނީ ފުލުހަށް ހުށަހަޅާފައެވެ. އަދި އެ މައްސަލަ ފުލުހުން ބަލަމުން އަންނައިރު، އެ އަންހެން މީހާ ރޭޕްކުރި މީހާ ހައްޔަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވިއެވެ.