މަތިންދާބޯޓެއްގައި މިހާތަނަށް ދަތުރުކޮށްފައިވާ ކޮންމެ މީހަކަށްވެސް، ބޯޓު ފުރުމުގެ ކުރިން ފޯނު ނިއްވާލަން ޖެހޭކަން، ނުވަތަ، ބޯޓުގެ ފަޅުވެރިން އެގޮތަށް އަންގާކަން ވާނީ އެނގިފައެވެ. އެހެން ނަމަވެސް މިގޮތަށް ކަންތައް ކުރަން ޖެހެނީ ކީއްވެކަން އެނގެނީ މަދު ބަޔަކަށެވެ.

ގިނަ ބަޔަކަށް ހީވެފައިވާ ގޮތުގައި، މަތިންދާ ބޯޓު ނައްޓާލާ ވަގުތު، އަދި ބޯޓު ޖައްސާ ވަގުތު މޯބައިލް ފޯނު ފަދަ އެލެކްޓްރޯނިކް ވަސީލަތްތައް ބޭނުން ކުރުމަކީ މާ ބޮޑު ކަމެއް ނޫނެވެ. ހަގީގަތުގައި އެއީ އެއްވެސް ޙާލަތެއްގައި ކޮށްގެން ވާނޭ ކަމެއް ނޫނެވެ.

އިންސާނާގެ ލޮލަށް ނުފެނުނު ކަމުގައިވީނަމަވެސް މޯބައިލް ފޯނު ފަދަ އާލަތްތަކުން އެކި ޒާތްޒާތުގެ "ރޭޑިއޯ ވޭވްސް" ދޫކުރެއެވެ. އެއިން "ރޭޑިއޯ ވޭވެއް" މަތިންދާބޯޓުގެ މުޢާސަލާތީ އެއްވެސް ވަސީލަތަކަށް އެޅިއްޖެނަމަ، ބިމާއި، ބޯޓާއި ދެމެދު އޮންނަ މުއާސަލާތީ ގުޅުމަށް ބުރުއަރައެވެ.

މަތިންދާބޯޓުގައި މޯބައިލް ފޯނު ބޭނުން ނުކުރަން އަންގާ ހަމައެކަނި ސަބަބަކީ، އޭގެ ރޭންޖުގެ ސަބަބުން ބޯޓުގެ މުއާސަލާތީ ވަސީލަތްތަކަށް ބުރުއަރާތީއެއް ނޫނެވެ. އޭގެ އިތުރުން ބޯޓުގެ ނިޔަމި ކަމަށް ބޭނުން ކުރާ ބައެއް އާލަތްތަކަށް ވެސް އެކި ކަހަލަ ބުރުއަރައެވެ.

ނަތީޖާއެއްގެ ގޮތުން ބައެއް ފަހަރު ޕައިލެޓުންނަށް ބޯޓު ދުއްވުމުގައި ބޮޑެތި ދަތިތަކާއި ކުރިމަތިވެ، މީގެ ކުރިންވެސް ވަނީ ހިތާމަވެރި ބޮޑެތި ހާދިސާތައްވެސް ހިނގާފައެވެ.

ކަން މިހެން ހުރުމާއެކު، ކޮންމެ މީހަކުވެސް މަތިންދާ ބޯޓުގައި ދަތުރު ކުރާއިރު، ބޯޓު ފުރާ ވަގުތުގައި އަދި ބޯޓު ޖައްސާ ވަގުތުގައި މޯބައިލް ފޯނު ނުވަތަ އެއްވެސް އެފަދަ އެލެކްޓްރޯނިކް ވަސީލަތެއް ބޭނުން ނުކުރުން މުހިންމެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އައާނިނީޔާ

    އެއްވެސް ރެފަރެންސްއެއް ނެތި މިކަހަލަ އާޓިކަލް ލިޔުމަކީ ވ އަންޕްރޮފެޝަނަލް ކަމެއް. މޯބައިލްފޯނުގެ ސަބަބުން ބޯޓުގެ އެއްވެސް ނިޒާމަކަށް ހުރަހެއްނޭޅޭނެ

    18
    40
  2. ބެއްޔާ

    މޯބައިލް ފޯން ބޯޓްގައި ބޭނުން ކުރާނަމަ ފުލައިޓް މޫޑައްލާ! އޭރުން އެއްވެސް މައްސަލައެއް ނުޖެހޭނެ! އޭރުން ފޯން ވާނީ ނެޓްވޯކް ނެތް ޓެބްލެޓްއަކައް!

    27
    1
  3. އަހްމަދު

    ތިފަދައިން ކިރިޔާވެސް ރިސްކް އޮތް ކަމެއް ނަމަ މަނާ ކުރާނެ އޭވިއޭޝަންގެ އިންޓަރނޭޝަނަލް އިދާރާތަކުން
    އެއަށްވުރެ މާ ކުދިކުދި ކަން ކަން މަނާކޮށްފައިވާއިރު

    6
    1
  4. ޙަސަން

    އަޅުގަނޑު ފޯނު -/1000 ޑޮލަރު، މަދިންދާބޯޓެއްގެ އަގު މިލިއަންސްގަ އެކަމަކު ފޯނުގެ ސަބަބުން އެތަށް މިލިއަނެއް ހޭދަކޮއްގެން ހަދާ ބޯޓުގެ މުވާސަލާތޫ އާލާތަކަށް އަސަރު ކުރޭ!!

    2
    1
  5. ފަސާދަ

    އެތައް މިލިއަން މީހުން ފޯނުކރަން ބޭނުން ކުރަނީ ގިނަވެގެން 54 ފްރިކްއެންސީ. ނަމަވެސް ބޭނުންކުރާ މީހުންގެ މެދުގައި އެއްވެސް އިންޓަފެރެންސެއް ނާރާ.
    ފްލައިޓެއްގެ އަގަކީ ގާތްގަނޑަކަށް ރާއްޖޭގައި ހިދުމަތްދޭ ދެކުންފުނި ކަހަލަ 15 ކުންފުނީގައި ބޭނުންކުރާވަރުގެ އާލާތުގެ އަގު.
    ދެންވެސް ތިބުނަނީ އެވަރު އަގުބޮޑު އެއްޗަކަށް އިންޓަރފެއަރ ކޮށްފާނެއޭ ؟ ސޭފްތީއެއް ނެތޭ ؟
    ތިކަހަލަ ކަމެއް 1970 ނުވަތަ އެއަށްވުރެ ކުރިން އުފައްދާފައިވާ ބޯޓަކަށް ދިމާވެދާނެ.