މަޝްހޫރު ފިލްމެއް ކަމަށްވާާ "ޕަކީޒާ" ކުޅެފައިވާ އުމުރުން 57 އަހަރުގެ ބޮލީވުޑް އެކްޓްރެސް ގީތާ ކަޕޫރު މަރުވެއްޖެއެވެ.
ގީތާ މަރުވެފައިވަނީ މުސްކުޅިން ބަލަހައްޓާ ތަނެއްގައި އުޅެމުން ދަނިކޮށެވެ. އިންޑިޔާގެ ނޫސްތަކުން ބުނާ ގޮތުން ގީތާ މަރުވެފައިވަނީ ގިނަ ދުވަހު ބަލިވެ އުޅުމަށްފަހުގައެވެ. އޭނާ މިދިޔަ އަހަރުގެ ތެރޭގައި ބަލިވެގެން ހޮސްޕިޓަލަށް އޭނާގެ ދަރިފުޅާއެކު ގޮސްފައިވާއިރު އޭނާގެ ދަރިފުޅު ބިލް ނުދައްކާ ހޮސްފިޓަލް ތެރެއަށް އޭނާގެ މަންމަ ގީތާވަނީ ދޫކޮށްލާފައެވެ. ގީތާގެ ހޮސްޕިޓަލް ބިލް އެފަހަރު ދައްކައިދީފައިވަނީ ސެންޓަރަލް ބޯޑު އޮފް ފިލްމް ސެޓިފިކޭޝަންގެ މެމްބަރެއް ކަމަށްވާ އަޝޯކް ޕަންޑިތެވެ.
އަޝޯކް ޕަންޑިތް އިންޑިޔާގެ ނޫހަކަށް ބުނެފައިވަނީ ގީތާގެ ސިއްޙަތު ސަލާމަތުން ބެހެއްޓުމަށްޓަކައި އެމީހުން ގިނަ މަސައްކަތްތަކެއް ކުރި ކަމަށާއި ނަމަވެސް އޭނާގެ ދެދަރިން އޭނާއާމެދު ކަންތައް ކުރި ގޮތާމެދު ވިސްނޭތީ ގީތާގެ ސިއްޙީ ހާލު ގޯސްވާކަމަށެވެ.
ގީތާ މަރުވެގެން ހޮސްޕިޓަލްގައި އޮންނަތާ މިހާރު ދެދުވަސް ވެފައިވާކަމަށާއި އަންދާލުމުގެ ކަންކަން ނުފެށާ އެމީހުން ތިބީ އޭނާގެ ދަރިން އެކަން ކުރާނެ ކަމުގެ އިންތިޒާރުގައި ކަމަށްވެސް އަޝޯކް ބުނެފައިވެއެވެ.
އޭޓީއެމްއިން ލާރި ނަގަންކަމަށްބުނެ ހޮސްޕިޓަލަށް ގީތާ އެކަނި ދޫކުރުމަށްފަހު އޭނާގެ ދަރި ފިލުމުން ގީތާ މީޑީޔާތަކަށް ދިން އިންޓަރވިއުއެއްގައި ބުނެފައިވަނީ އޭނާގެ ފިރިހެން ދަރިފުޅު އޭނާއަށް އަނިޔާކޮށް ކާން ނުދީ ތިން ހަތަރު ދުވަސްވަންދެން ބަހައްޓާފައިވާ ކަމަށެވެ. އަދި އޭނާގެ ފިރިހެންދަރި ބޭނުންވަނީ އޭނާ މުސްކުޅިން ބަލާތަނަކަށް ފޮނުވާލަންކަމަށްވެސް ގީތާ ބުނެފަވެއެވެ.
ގީތާ ކަޕޫރް ޕަކީޒާގައި ކުޅެފައިވަނީ ރާޖް ކުމާރްގެ ދެވަނަ އަނބީގެ ރޯލެވެ.
މޯޑީ ކޮބާ. މިރާްއްޖޭގެ ކަމެއްނަމަ އިދިކޮޅުން ގޮވާ ނަގާނެ ވެރިމީހާ ކޮބާތޯ. އިންޑިޔާ ސަރުކާރު ޕެރަލައިޒުވެފަ.
ކޮބާ މިހާރުނޫސް
އަވަސް ނޫސް
ރާްްއްޖެ އޮންލައިން
ވީއެފްޕީ ނޫސް. ހަޖަމުކޮއްލާފަ މިއައް އެއްޗެއް ޖަހާލަބަލަ.
ހެހޭ: ބަލަ ދިވެހި ފިލްމުއިންޑަސްޓްރީން ހަވާލު ވާން ވީނު.
ކީއްކުރާނީ ފިލްމުސްޓާރުންގެ ނިމުން ހުރިގޮތް ނިކަންދެކިބަލަ!
ކޮންމެގޮތެއްވިޔަސް ދާން ޖެހޭނީ މާތްﷲ ހަޒުރަތައް