މާލޭގައި އިއްޔެ ރޭ ހިނގި އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވި އައިޝަތު ނަޒްރާ (ނަޒޫ)ގެ މަރާއި އެކު އޭނާގެ އެކުވެރިންނާއި އާއިލާ އަށް ލިބުނީ ކުއްލި ސިހުމަކާއި ފުން ހިތާމައެކެވެ. ޅ.ހިންނަވަރަށް ނިސްބަަތްވާ، އުމުރުން އެންމެ 24 އަހަރުގެ ނަޒޫ ހިނދިކޮޅެއްގެ ތެރޭގައި މި ދުނިޔެ އާއި ވަދާއުކީ، މަރު އެއީ ކޮންމެ މީހަކާއި ވެސް އެންމެ ގާތުގައި ވާ ކަންތައްކަން ހަނދާންކޮށްދެމުންނެވެ.

ހަގު އުމުރުގައި ދުނިޔެ އާއި ވަދާޢުކިޔަން ޖެހުނު ނަޒޫއަކީ ސާދާ ހިނިތުންވުމެއްގެ ވެރިއެކެވެ. ނަންހާމަކުރަން ބޭނުން ނުވާ ނަޒޫގެ އެކުވެރިޔަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ނަޒޫއަކީ އެންމެން ހެއްވާލަދޭން މަސައްކަތް ކުރި، ހިތްހެޔޮ މިޒާޖެއްގެ މީހެއް ކަމަށެވެ. އޭނާގެ މަތިން ހަނދާން ކުރާއިރު މުޅިން ވެސް ހިތަށް ގެނެވެނީ ފައްސި ވިސްނުންތައް ކަމަށް ވާއިރު، ނަޒޫގެ ހަނދާންތައް އަބަދަށް ހިތުގައި ދެމި ހުންނާނެ ކަމަށް ވެސް އޭނާ ބުނެއެވެ.

"ވަރަށް އެނަރޖެޓިކް މީހެއް އެއީ. ވަރަށް ޖެނުއިންކޮށް މީހުންނާއި މެދު ކެއާ ކުރި މީހެއް. އޭނަގެ ސާކަލް އަށް އައިސްފި މީހަކަށް މަރުދޭނެ. ދެން ވަރަށް ލޯބި މީހެއް އެއީ. އަބަދުވެސް ފެންނާނީ ސްމައިލްކޮށްފައި ހުއްޓާ. މަރުވި ވާހަކަ އިވުމުން ހިތަށް އެރި އަސްލު ދިމާކުރެވުނު ނަމައޭ. ދުވަސްކޮޅެއް ވެއްޖެ ދިމާވާން ކިޔާތާވެސް." އޭނާ ބުންޏެވެ.

މަޝްހޫރު ނަށާ ގްރޫޕެއް ކަމަށްވާ "ޓައިގަރ ލިލީސް"ގެ ފަރި ހަރަކާތްތައް ދައްކާދިނުމުގައި ބައިވެރިވި ނަޒޫ އަކީ ނެށުމަށް ޚާއްސަ ޝައުގުވެރިކަމެއް ހުންނަ މީހެއް ކަމަށް އޭނާގެ އެކުވެރިން ބުނެއެވެ. އޭނާގެ އިތުރު އެކުވެރިޔަކު ބުނިގޮތުގައި އޭނާގެ އެންމެ ހަނދާން ހުންނާނެ ކަމަކީ ނަޒޫގެ ސަކަ މިޒާޖެވެ.

"އަބަދުވެސް ބަލާނީ ކޮންމެވެސް މީހަކު ހެއްވާލެވޭތޯ. ލާހިކައެއް ނޫން ދެރަވެފައި ހުންނާކަށް. އަދި ވަރަށް ލޯބިވާނެ އެންމެން ދެކެވެސް. ފެންނަ އިރަށް ހީލާނެ. ކިތަންމެ ދެރަވެފައި ހުއްޓަސް އެހެން މީހުން ދެރަވާކަށް ބޭނުން ނުވާނެ. ވަރަށް އިމޯޝަންސް ވަރަށް ރަނގަޅަށް އަންޑަސްޓޭންޑްވާނެ. ޝީ އިޒް ދެއާ އަނެއްހެން ބުނަންޏާ ކޮންމެ މީހަކަށް ކަމެއް ވިޔަސް. އެންމެ ހަނދާންވާނީ އެ ސްމައިލް. " އޭނާ ބުންޏެވެ.

ފުލުހުން ހާމަކުރި ގޮތުގައި ނަޒޫ ނިޔާވީ 27 ވަނަ ދުވަހުގެ ރޭ 22:00 ކަންހާއިރު ބާރު ސްޕީޑްގައި މާލޭ އަމީނީމަގުން ދަރުމަވަންތަ ހޮސްޕިޓަލާއި ދިމާ ބޮޑުތަކުރުފާނު މަގަށް ނިކުތް ސައިކަލެއް ކޮންޓްރޯލްނުވެ ގޮސް ދުވާ ޓްރެކް މައްޗަށް އަރައި އެކްސިޑެންޓުވެގެން ފަރުވާދެނިކޮށެވެ. ފުލުހުން ވިދާޅުވީ ސައިކަލް ދުއްވީ ލައިސަންސް ނެތް މީހެއް ކަމަށާއި އެއީ 24 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އެކްސިޑެންޓްވިއިރު ސައިކަލް ދުއްވަން އިން ޒުވާނާ އަށް އެކްސިޑެންޓްގެ ސަބަބުން އެއްވެސް އަނިޔާއެއް ލިބުނުކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށްތަހުގީގު ކުރަމުންނެވެ.

މމިއީ ފާއިތުވި ދެހަފްތާ ދުވަސް ތެރޭގައި އެކްސިޑެންޓެއްގައި ނިޔާވި ދެވަނަ ޒުވާނާއެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

 1. އަހަރެން

  ނުވެސް ހެވޭ ނުވެސް ރޮވޭ.
  މައްޔިތާގެ ފާފަ ފުއްސަވާ ޢާއިލާއަށް ކެތްތެރިކަން ދެއްވާށި.

  171
  3
  • ވިއާ

   ނުވެސް ދަންނަ މީހެއް... ދެރަ ނިމުމެއް... ޒުވާނުންނޭ، އިބްރަތް ހާސިލް ކުރޭ.... ވިޔާނުދާ ދިރިއުޅުމާ ހެސް ކިއާފަ ބާރަށް ދުއްވާ މީހުންގެ ފަހަތަށް އެރުން ހުއްޓާލާ...

   56
   1
 2. ޙަސަން

  އޭ ލޯބިވާ ދިވެހި ދަރީންނޭވެ! ދުނިޔެ ހިނގަމުން މިދަނީ އާޚިރަތާ ދިމާއަށެވެ. އެއްވެސް ހާލެއްގައި މަޖާނަގާ ސަކާރާތްޖަހާކަށް ދުނިޔެ ނުނިމިއެއް ނޯންނާނެއެވެ. އަދި ކޮންމެ ދިރުމަކަށް އަޖަލެއްވެއެވެ. ނަޒްރާ ކިތަންމެ ރީތިވެފައި ހުނަރުވެރިވިޔަސް އަދި ޓިކްޓޮކް ކުޅަުނަސް ނަޒްރާގެ އަޖަލުއައިސް އެބައްދަލުކުރީ އެންމެ 24 އަހަރުގައެވެ. އޭނާއަށް ސުވަރުގޭގެ ނިޢުމަތް ދެއްވުން އެދި ދުޢާކުރަމުން ބުނެލަންއޮތީ އަހަރެމެންނަށް އޮތީ އަވަހަށް މަރަށް ތައްޔާރުވާން ފެށުން ކަމެވެ. އެއްވެސް މީހަކަށް އެމީހާގެ އަޖަލުވަނީ ކިހާ ހިސާބެއްގައިކަމެއް ނޭނގެއެވެ. އެހެންކަމުން ކޮންމެ ފަޅި ސިކުންތަކީވެސް ބޭކާރުއެއްޗެއްކަމުގައި ނުދެކި އަޅުކަންކޮށް ޒިކްރުތައްކޮށް ދުޢާކޮށް މީސްތަކުންނާ ހެޔޮގޮތުގައި މުޢާމަލާތްކޮށް އުޅޭށެވެ. ފެންނާން އޮންނާނީ ހަމަ ދުނިޔެމަތީގައި ކުރެވުނު ހެޔޮ ޢަމަލެކެވެ.

  266
  4
 3. މަސްތު

  މަސްތާ އި މަޖަލުގެ ދުނިޔޭގަ އި މިބިން މަތީ ޖެހި އުޅު އަށްވުރެ ބޭނުންވަނީ އުދުހި އުޅެން . އެހެންކަމުން ދުނިޔޭގެ މަގުތަކުގަ އިވެސް ސަލާމަތަށްވުރެ ބޮޑަށް ކުރިމަތިވާނީ ނާމާންކަން. ދިވެހި ގިނަ އަންހެނުންނަކީ ފަޒާގަ އި އުދުހި އުޅޭ ބަ އެއ އްގެ ޝިކާރަ އެއ އް

  97
  3
  • މުހައްމަދު

   ރަނގަޅު ޕޮއިންޓެ.. ތިމާގެ ގަޓުކަންދަކަން ބާރަށް ދުއްވަނީ.. އެކަހަލަ މީހުން އަދިވެސް ހެޔެއްނާރާނެ.. ބާރައްގޮސް ތަނެއްގަ ލައިގަތީމަ އެލައިގަން އެއްޗެއް ކުއްވެރިވާނި ، ލައިގަތީމަ އެޔޮގޮވާ ފަތިވަރުން އެކަން ފެންނަ ބަޔަކަށް އެނގޭނެ.

   40
   1
 4. އެލެކުސް މައިކާލޯ

  ކީއްކުރަން ދޮގުހަދަނީ އަހަރެން ރޯނުލަން!

  56
  2
 5. ގައިސަރ

  މަރުވުމުގެ ކުރިން މަރަށް ތައްޔާރުވެގެން ތިބޭށެވެ. މަރުވާނެ ވަގުތެއް ތަނެއް ހާލަތެއް އެކަކަށް ވެސް ނޭނގޭނެ އެވެ.
  ‎ إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ‎

  177
  2
 6. ސަޓޯ

  ސްޕީޑް ކިލްސް... އެހެންވެޔޭ ބުނަނީ ބާރަށް ސައިކަލު ނުދުއްވާށޭ!!!!! ކަންފަތަކަށް އަޑެއް ނީވޭ ވިއްޔަ...

  77
  1
  • އަމޭ

   އެހާ ކުޑަތަންކޮޅަކުން ސްޕީޑް ހައި ވުމަކީ މައްސަލައެއް! ދުވަން ހުރިކުއްޖާގެ ހޭކޮބާ؟

   34
   3
 7. ޒާ

  ތައުރީފް ކުރުމަށް ރައްޓެހިން ދައްކާފައިވާ ވާހަކަތަކާމެދު ހިތާމަކުރަން. މަރުހޫމާއަށް ސަވާބެއްލިބޭފަދަ ކޮންކަމެއް ބުނެދެވުނީ. ހިތާމައިގެ ކޮޅެއްނެތް ޒުވާނުންވަނީ މަގުގެއްލިފާ.

  153
  4
 8. ގެރި މަސް

  ލައިސެންސް ނެތި ދުއްވޮ ފިރިހެން ސޮރު ހައްޔަރު ނުކުރޭތަ

  80
  1
 9. ހިޔާލު

  އެއްމެން ހެއްވާލި ތަ ؟ ކޮން އެއްމެނެއްތަ ؟

  85
  5
 10. ޅަތީފާ

  ނިޔާވީމަވެސް ނަށާވާހަކަޔާ ނާޗަރަންގި ކުޅުނުވާހަކަތަ ދަ އްކަންވީ ހެޔޮ އަމަލެ އްކުރިވާހަކަ ދަ އްކާނެ އެކަކުވެސް ނެތްދޯ ހުރިހިތާމަ އެ އްގެބޮޑުކަން މަރުހޫމާ އައ އް ހެޔޮރަހުމަތް ލަ އްވާ ފާފަފު އްސަވާންދޭވެ

  75
  4
  • މުހައްމަދު

   ވާނީވެސް އެހެންތާ އެމީހަކު އެމީހަކު ދުނިޔެމަތީގައި ކުރާ ކަމެއްގެ ޝަރަފު އެމީހަކަށް ދުނިޔެ މަތީގައި ތިބި ބަޔަކަށް ފެނާނި.. ޔެޔޮޢަމަލުކޮށް އުޅުލޭ މީހެއްނަމަ އެމީހެއްގެ ވާހަކަ އެގޮތައް އެންމެންވެސް ދައްކާނި..

   34
   1
 11. ނަޒްލާ

  އަންހެން ކުދިން ސައިކަލު ފަހަތަށް އެރީމަ ދުއްވަން އިންނަ ދިވެހި ފިރިހެނުން ހީވަނީ ފޯރިއެއް އަރައިގެން އުޅޭހެން. ކާކަށް ދައްކަންބާ ކޮންޓްރޯލް ނުކުރެވޭ ވަރުގެ ސްޕީޑެއްގަ މިއޮއް ކުޑަކުޑަ މާލޭގަ ދުއްވަންވީ އަދި އެވެސް ލައިސެންސެއް ނެތީސް
  މަޙްރޫމާއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާށި

  55
 12. ދެން

  ފޯޓޯތަކާ ވީޑިޔޯތަށް ޑިލީޓްކޮށްދީގެންވެސް މައްޔިތާގެ ފާފަ ފުއްސެވުމަށް އެދުން މާ ހެޔޮވާނެހެން ހީވޭ

  77
  5
 13. ޙހހހހ

  17000 ފޮލޮވަރުންނަށް ކޮށްދެވޭނެ ކަމެއް ނޯންނާނެއެވެ. ހަރުކަށި ކަމާއެކު ކުރެވޭނީ ތިން ސުވާލެވެ.

  ކަލޭގެ ރަ އްބަކީ ކާކުހެއްޔެވެ؟
  ކަލޭގެ ދީނަކީ ކޮބަ އިހެ އްޔެވެ؟
  މި ބޭކަލަކާ (ނަބި އްޔާ ﷺ) މެދު ކަލޭ ބުނަނީ ކީކޭ އްހެ އްޔެވެ؟

  ޖަވާބު ދެވޭނީ ދުނިޔެމަތީގައި އެ ޖަވާބު ތަކުގެ މައްޗަށް ޢަމަލު ކުރި މީހުންނަށެވެ.މިޔުޒިކް އާއި ޝައިތާނާގެ ދުންމާރިއަށް ނަ ށަމުން ދިޔަ މީހުންނަކަށް ނޫނެވެ. ﷲ އަށް ބިރުވެތިވާށެވެ. ހަޔާތަކީ ކުރު އެއްޗެކެވެ

  139
  5
 14. Mee

  Tik tok ިi d please d

  3
  14
 15. ހާމިދު ޝާހިދު

  ސްޕީޑް ކުރާ އެކުވެރިއެއްގެ ސައިކަލު ފަހަތައް ނާރަން ދިވެހި ޒުވާން އަންހެންކުދިން އަޒުމު ކަނޑައަޅަންވީނުން. ކޮންތާކަށް ނުދެވިގެން ބާރަށް ތިޔަ ދުއްވަނީ! ސްޕީޑް ލިމިޓްކޮށް ސްޕީޑް ބްރޭކަރުތަކަށް އިހްތިރާމް ކުރަންޖެހޭ. އަދި މަގުމަތީގައި ހިނގާ ބިނގާވެއުޅޭ އެހެންމީހުންނަށްވެސްމެ.
  މިއާޓިކަލްގައި ނަޒޫ ގެ އާއިލާގެ ބޭފުޅެއްގެ ކޮމެންޓެއްނެތް. ވަރަށް އިންޓްރަސްޓްވީސް، ނަޒޫގެ ޓިކްޓޮކް ގެ ރީސަންޓް ޕޯސްޓައް ދިރާސާ ކޮށްލިނަމަ. ނޫނީ އިންސަގްރާމްގެ ޕޯސްޓްތައް. އެހެނީ ބައެއް ފަހަރު މިފަދަ ހިތާމަވެރި ހާދިސާތައް ހިނގުމުގެ ކުރިން އަމިއްލެއަށް ކޮންމެވެސް މެސެޖެއް ދެވިފައި އޮވޭ. އަނެއްކާ ބަލަން ބޭނުން، އޭނާ ސްކޫލް ދައުރުގައި އުޅުނީ ކިހިނެތްކަން. މާލޭގައި މިހާރު ދިރިއުޅެނީ ކޮންބަޔަކާ އެކުކަން. ކިޔެވުން ފުރިހަމަ ކުރިކަން ނުވަތަ ނޫންކަން. މިހާރު ވަޒީފާއެއް އަދާކުރާކަން. ބޯއީފްރެންޑެއް ގެންގުޅެންޏާ އޭނާގެ މަޢުލޫމާތު. މިހެންގޮސް، "ބޮޑު ރިޕޯޓް" ހަގީގީ ބޮޑު ރިޕޯޓަކަށް ހެދުމަށް ބޭނުންވާނޭ ވަރަށް ގިނަ ކަންކަން ފުރިހަމަ ނުވެ މިރިޕޯޓްގައި މިއޮތީ. އަލުން މިބައި ފުރިހަމަ ކުރުން އެދެން.

  19
  2
  • އައިޝާ

   ނަޒްރާ އަކީ ނ.ވެލިދޫގަ ނަޒްރާގެ މަންމަ ކައިރި އުޅެބޮޑުވި ކުއްޖެއް. ނަޒްރާގެ މަންމާފުޅަކީ ނ.ވެލިދޫ އަންހެނެއް. ބައްޕާފުޅަކީ ޅ.ހިންނަވަރު ފިރިހެނެއް. ކިޔަވާ ނިމިގެން މާލެ އައްބަދަލު ވިކަމައްވަނީ. ވަގުތު ނޫހުން ކިހިނެތްތޯ ނަޒްރާގެ ވާހަކަ ގެނެސްދީފަ ތިއޮތީ! ޅ.ހިންނަވަރު މީހަކަށް ހިޔެއްނުވެ ނަޒްރާ އަކީ ކާކުކަން އެގޭނެ ހެނެއްވެސް. އެކަމް ދަރިފުޅު ލައްވަނީ ބައްޕައަށްވާތީ ކަމަށް ބެލެވެނީ އެހެން އެއޮތީ އައިޑެންޓިޓީ. މާތްﷲ ނަޒްރާގެ ފުރާނަފުޅައް ހެޔޮ ރަޙްްމަތް ލައްވާށި. ކައްވަޅުގެ އަޒާބުން ސަލާމަތް ކުރައްވާށި. އަދި އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި. އާމީން

   15
  • ކިއުން ތެރިއެއް

   ދިވެހިންގެ މަގުމަތީ އަދަބުތައް ރަނގަޅުކަމުން ސްޕީޑް ބުރޭކް ތައް ވެސް މނެގީ

 16. ނައިބޭ

  މަގޭ ނަަފްސުން ފެށިގެން އެންމެންނަށް މަރަށް ތައްޔާރުވެ ތިބުމަށް ނަސޭހަތްތެރިވަން. އެގޮތަކީ އެކަން ލައިގަންނާނީ ހަމަ މިހާރު ނޫންކަމެއް ވެސް ނޭނގޭތާ....
  ނެތޭ މޮޅު އެއްކަމެއް ލިބިފާ އަބުރުވެރިޔަކު ކަމައް ވެވިފާ
  ތިމާގެ މަސައްކަތަކުން ނޫނީ ދިމާޔައް ބާރު ލިބިދާނޭ

  ކަލާނގެ އެ ދެއްވި ބޮޑު ނިޢުމަތް ސަލާމަތް ބުއްދިޔޭ މި ކިޔާ
  ބަލައިނުމެލާ ނިދައިގަތުމުން ހަލާކު ނިކަން އަވަސް ވާނޭ
  މިތާ މި ތިބޭ ދުވަސްކޮޅުގާ ސަވާރުވެގެން ހަވާނަފްސަށް
  ހިތާހަށި އެދުނުހާ މަގަކުން ތެދޭ މަކޮޔާ ދުވެވިދާނޭ.....

  20
  2
 17. ޢަފްލާ

  ކުއްލި މަރަކީ ވ ބިރުވެރި މަރެއް އެހާމެ ހިއްދަތި މަރެއް ސަބަބަކީ ގިނަފަހަރަށް މިފަދަ ކަންކަން ދިމާވަނީ އިމްތިހާނަކަށް ތައުވަވާން ފުރުސަތު ލިބި ތައުބާ ނުވެ ނުވަތަ ތައުބާވާން ފުރުސަތެއްނުލިބި އެހެންވީމަ ކޮންމެ މީހަކުވެސް މަސައްކަތް ކުރަންވަނީ ތައުބާވެ ހެޔިޢަމަލު ގިނަ ވޭތޯ ﷲ ނުރުއްސަވާ އެންމެހާ ކަންތައްތަކުން ދުރުވެގަންނަން ޖެހޭ

  16
 18. އޭނާ

  ހިތާކޮށް ފިކުރު ބެލިނަމަހީ ޢިބާރާތެެއް ކަމަށް ވާނޭ

  8
  2
 19. އަލިބެއްޔާ

  އަހަރެން ސައިކުގަ ބުރިޖު ހައިވޭގައި ބާރަށް ދުއްވަން ހިތަށް އަރާ ކޮންމެ ފަހަރަކު އެތައް ބައިވަރު ސުވާލެއް އަހަރެންގެ ނަފްސާ ކުރެވޭ.. ބާރަށް ތި ދުއްވަން އުޅެނީ ކީއްވެ؟؟؟ބާރަށް ސައިކު ދުއްވައިގެން ކަމެއްވެ، އަހަރެން ނެތް ދުނިޔެ އެއްގައި އަހަރެންގެ މައިން ބަފައިންނާއި އަހަރެންގެ އަންހެނުން އަދި ހުރި ހަމަ އެކަނި ދަރިފުޅު ކިހާ ދެރަވާނެ.. އެކްސިޑެންޓެއްވެ ދެރަ ގޮތެއްވެއްޖެ ނަމަ ވަޒީފާ ގެއްލި ނިކަމެތިވާނެ.. އަޅާލާނެ އެހީވާނެ މީހަކު ނުހުންނާނެ.. 10 މިނިޓްގެ ދަތުރެއް 5 މިނިޓަށް ހަދަން ބާރަށް ދުއްވަނީ ކީއްވެ؟؟؟ 80 އިން މަތީގައި ސައިކު ދުއްވާ އިރު އެކްސިޑެންޓެއް ވެއްޖެ ނަމަ ޒަމާން ދާނެ.. ބާރަށް ނުދުއްވާ..

  18
 20. ރާވެރިބެ

  މަ ނުދަންނަން މީގެ ކުރިއަކުން ... ކުއްލިގޮތަކަށް މަރުވެ ދިޔައިރު ޒުވާނާގެ ފަރާތުން ފެނުނީ އުޚުރަވީ ހަޔާތައް ވިސްނި މީހެއްގެ ގޮތުގަތޯ ނުވަތަ މަޖަލާއި ސަކަރާތުގައި ވަގުތު ބޭކާރުކޮއްލި މީހެއްގެ ގޮތުގަތޯ... ދުނިޔޭގައި ދިރިތިބީންނަށް މިފަދަ ކޮންމެ ކަމެއްގައި ފިލާވަޅެއް ވޭ....

  18
  1