ސްޓާ ވޯސްގެ އެކްޓަރ ޑޭވިޑް ޕްރޯސްއުމުރުން 85 އަހަރުގައި މަރުވެއްޖެއެވެ. ބޮޑީ ބިލްޑް ކުރުމާއި ވެއިޓްލިފްޓިންގައި އެތައް ކާމިޔާބީއެއް ހާސިލް ކޮށްފައިވާ ޑޭވިޑް އެންމެ މަޝްހޫރު ވެގެންދިޔައީ އޮރިޖިނަލް ސްޓާ ވޯސްގެ ޑާތު ވޭޑާގެ ކެރެކްޓަރއިންނެވެ.

ބޮވިންގްޓަން މެނޭޖުމަންޓުން ކުރި ޓްވީޓެއްގައި ވަނީ އުމުރުން 85 އަހަރުގައި ޑޭވިޑް މަރުވީ ބަލިވެ އުޅުމަށް ފަހު ކަމަށާއި މިއީ އެތައް ސަޕޯޓަރުންނަކަށް ހިތާމަވެރި ޚަބަރެއް ކަމަށެވެ.

ޑޭވިޑްގެ މަރާ ގުޅޭ ގޮތުން އޭނާގެ އެޖެންޓް ތޯމަސް ބޮވިންގްޓަން ފޭސްބުކްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޑޭވިޑް މަރުވީ މާ ގިނަ ދުވަހު ބަލިވެ އުޅުމަށްފަހު ނޫން ކަމަށެވެ.

ބުރިޓިޝްގެ ވެއިޓްލިފްޓަ އަދި ބޮޑީބިލްޑަ އެކްޓިންގެ ދާއިރާއަށް ވަދެފައިވަނީ ސްޓަ ވޯސްގެ ވިލިއަންގެ ބައިންނެވެ. އޭނާގެ ފިޓް ހަށިގަނޑަކީ މި ކެރިއަގައި ވަރަށް މުހިންމު ރޯލެއް އަދާަކުރާ އެއްޗެކެވެ.

ފިލުމުގައި ޑާތު ވެޑާގެ ރޯލުން ޑޭވިޑް ފެނިގެން ދިޔަ ނަމަވެސް ހުޅަނގުގެ އެކްސެންޓު ހުރުމުގެ ސަބަބުން މި ފިލުމަށް އަޑު އަޅާފައި ވަނީ އެމެރިކާގެ އެކްޓަރެއް ކަމަށްވާ ޖޭމްސް އާލް ޖޯނަސްގެ އަޑުންނެވެ.

މި ފިލުމުގެ ޕްރިންސަސް ލިއާގެ ރޯލުން ފެނިގެން ދިޔަ އެކްޓަރ 2016 ވަނަ އަހަރުގެ މާޗު މަހު ''ދަ ޖޯނަތަން ރޯސް ޝޯ''އަށް ދިން އިންޓަވިއެއްގައި ބުނެފައިވަނީ ފިލުމުގެ ސެޓުގައި އެންމެން ވެސް ޑޭވިޑްއަށް ކިޔަނީ ''ޑާތު ފާމާ'' ކަމަށެވެ.

އެކްޓިން ކެރިއަރު ފެށުމުގެ ކުރިން، 1960ގެ އަހަރުތަކުގައި ޑޭވިޑް ވަނީ ކޮމަންވެލްތު ގޭމްސްގައި ވެއިޓްލިފްޓިންއިން އިންގްލޭންޑް ތަމްސީލު ކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު