އެމެރިކާގެ ސްޓޭޓެއް ކަމަށްވާ އުޓާގެ ސަހަރާއެއްގެ މެދުން ފެނުނު ގޮތް ނޭނގޭ ކަމަށް ބުނާ ދަގަނޑުގަނޑު ކުއްލިއަކަށް ގެއްލިފައިވާ ކަމަށް އެގައުމުން ބުނެފިއެވެ.

އުޓާގެ ސަހަރާއެއްގެ މެދުން ފެނިފައިވާ މި ދަގަނޑާއި ހެދީ ދާދި ފަހުން މީސްމީޑިއާގެ ތެރޭގައި ވަނީ ބޮޑު ބަހުސެއް ކުރިއަށް ގޮސްފައެވެ. އެގޮތުން ގިނަ އަދަދެއްގެ ބަޔަކު ވަނީ އެއީ އޭލިއަން ޓެކްނޮލޮޖީއެއް ކަމަށް ބުނެފައެވެ. އެހެން ނަމަވެސް މީތި ފެނިފައިވަނީ އެސްޓޭޓްގެ ޑިޕާޓްމެންޓް އޮފް ޕަބްލިކް ސޭފްޓީ ޑިވިޝަން އޮފް ވައިލްޑް ލައިފް ރިސޯސެސްގެ އޮފިޝަލުން ބުނީ، އެއީ އާޓިސްޓެއްގެ މަސައްކަތެއް ކަމަށް ބެލެވޭ ކަމަށެވެ.

ގިނަ ބަޔަކު އެކަމާއި ގުޅޭ ގޮތުން ގިނަ ވާހަކަތަކެއް ދައްކަމުން އައިސްފައިވާއިރު، ބިއުރޯ އޮފް ލޭންޑް މެނޭޖްމެންޓްގެ އޮފިޝަލުން ބުނެފައިވަނީ މިހާރު އޭތި އެތަނުގައި ނެތް ކަމަށެވެ. އެފަރާތުން ތުހުމަތު ކުރާ ގޮތުގައި އޭތި އެތަނުން ނަގާފައިވަނީ ގޮތް ނޭނގޭ ޕާޓީއަކަށް ނިސްބަތްވާ ބައެކެވެ.

ދިގު މިނުގައި 10 ފޫޓު ނުވަތަ 12 ފޫޓު ހުރި މި ދަގަނޑުގަނޑު ސަހަރާގައި ބަހައްޓާފައި ހުރި ސަރަހައްދު ބުނަން އޮފިޝަލުން ވަނީ ދެކޮޅު ހަދާފައެވެ. އަދި އެއްވެސް ފަރާތަކުން ހުއްދަ ނުނަގައި އެ ޑިޕާޓްމެންޓުން ބަލަމުން އަންނަ ސަހަރާއެއްގައި މިފަދަ އެއްޗެއް ހަރުކުރުމަކީ މުޅިން މަނާ ކަމެއް ކަމަށްވެސް އޮފިޝަލުން ބުނެފައި ވެއެވެ. އެހެން ކަމުން އެތަނުން އޭތި ނެގި ބަޔަކު ބަލަމުން އަންނަ ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.

ގޮތް ނޭނގޭ ކަމަށް ބުނާ ދަގަނޑުގަނޑު އެ ސަރަހައްދުން ގެއްލިފައިވާއިރު، މިއީ ކިހިނެތް އެތަނަށް ދިޔަ އެއްޗެއްތޯ ސައިންސްވެރިންނާއި ގުޅިގެން އޮފިޝަލުން ވަނީ ތަހުގީގެއް ފަށާފައެވެ. އަދި އެމެރިކާގެ ރައްޔިތުން އެކަމާއި ހާސް ނުވުމަށާއި އޭތީގެ ހަގީގަތް ވަރަށް އަވަހަށް ހާމަ ކުރާނެ ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.