އިންސާނުންގެ ދަތަކީ އެހެން މަހުލޫގުންނާއި ޚިލާފަށް ރުޅިވެރިކަން ދައްކުވައިދޭ އެއްޗެް ނޫނެވެ. އެއާ ޚިލާފަށް އެއިން ދައްކުވައިދެނީ ހިތް ތިރިކަމާއި ހިތްހަމަޖެހޭ ފަދަ އިހުސާސްތަކެވެ. ނަމަވެސް ރީތި ހިނިތުންވުމެއް ހުންނަ މީހުން އެހާފަސޭހައިން ކަމުދާ ގޮތް ވަނީ ކީއްވެގެންތޯ ސުވާލު އުފެދިދާނެއެވެ.

ސައިކޮލޮޖީ ޕްރޮފެސަރ އެމްސީ އެންޑްރިއު ބުނާގޮތުން ހުނުމަކީ އިންސާނުންގެ ތޮބީއަތުގައި ހިމެނޭ އެންމެ ބާރުގަދަ އަދި އެންމެ ހިތްގައިމު އެއް ސިފައެެވެ.އެހެނީ ހިނިތުންވުމަކީ އެ ކަމަކުން ޖެހިގެން ހުންނަ މީހާގެ ސީދާ މޫޑަށް އަސަރު ކުރާ ކަމަކަށް ވާތީއެވެ. އެއީ ހިތްހެޔޮ ކަމާއި ރަހުމަތްތެރިކަން ރަމްޒުކޮށްދޭ ކަމަކަށް ވާއިރު ހިނިތުން ވުމަކީ އެހެން މީހުންނާއި އޮންނަ ގުޅުން ފަސޭހައި ބަދަހިކޮށްދޭ އަމަލެއްވެސް މެއެވެ.

ހިނިތުން ވުމާއި އެކު ފަސޭހައިން އެ މީހަކު ކަމުދާ މެދުވެރިވާ އެއް ސަބަބެއް ކަމަށް ސައިންސްވެރިން ފާހަގަކުރާ އެއް ސަބަބަކީ އެއީ ޖަޒުބާތުތަކާއި ގުޅިފައިވާ ކަމަކަށް ވުމެވެ. މީހާ ދެރަވެފައި ހުރެ ހިނިތުން ވުމާއި، މަޖާވެގެން ހިނިތުންވުމާއި، ކަމަކާއި ހިތްހަމަޖެހިގެން ހުނުމާއި މިިއީ ހައްތަހާވެސް ތަފާތު ޖަޒުބާތުތަކެވެ.

ރީތި ހިނިތުންވުމެއް ހުރުމަކީ ވާހަކަދެއްކުމުގެ ތެރޭގައި ވެސް ނޭނގި ނަމަވެސް އެހެން މީހުންގެ ސަމާލުކަން ފަސޭހައިން ދަމައިގަނެވޭ ކަމެކެވެ. އަދި ކަމުދާ މީހަކާއި ދިމާއަށް ބަލާފައި ހުނުމަކީ އެ ޖަޒުބާތުތައް ވަރަށް ރަނގަޅަށް ތަސައްވުރުކޮށްދެ ކަމެކެވެ. ރީތި ހިނތުންވުމެއް ހުރުމަކީ އެހެން މީހުންގެ ސަމާލުކަން ފަސޭހައިން ލިބުމުގެ އިތުރުން ބައެއް ހާލަތުތަކުގައި ފަސޭހައިން އެ މީހަކަށް ކުލުނު ޖެހޭ ކަމެކެެވެ.

އަދި ސައިކޮލޮިސްޓް މަރިއަން ލަ ފްރާންސް ބުނާގޮތުން ހުނުމަކީ، ހިނިތުންވުމަކީ ދޭދޭ ގުޅުން ބަދަހިކަން އިހުސާސްކޮށްދޭ ކަމެކެވެ. އަދި މީހުންގެ އެންމެ ހަނދާން ހުންނަ އެއްކަމަކީ ވެސް ހިނިތުންވުމެވެ. ކަމުދާ މިހެއް ނޫނީ، ލޯބިވާ މީހެއްގެ މަތިން ހަނދާން ކުރާ އިރުވެސް ހަނދާނަސް ގެނެވޭނީ އެ މީހަކު ހިނިތުންވެފައި ހުންނަ މަންޒަރެވެ.

އެހެންކަމުން ރީތި ހިނިތުންވުމެއް ހުރުމަކީ އަމިއްލަ ނަފްސަށް ކުރާ އިތުބާރު އިތުރުވެ، އިތުރަށް ރީތި މީހެގެ ގޮތުގައި، ނޫނީ ކަމުދާ މީހެއްގެ ގޮތުގައި އެހެން މީހުންނަށް ބަލައިގަނެވޭ ކަމަކަށް ހިނިތުންވުން އޮންނަނީ ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    އިސްލާމްދީނުގައި ތިމާގެ އަޚާ ކުރިމަތީގައި ހިނިތުންވުމަކީވެސް ޞަދަޤާތެއް!

    13
    3
  2. ބެއްޔާ

    އަބަދު ޖޯކްޖަހާ ހިނިގަނޑުޖަހާ އަންހެނުން ދެކެ ފިރިހެނުން ލައިކްވާނެ! ނެގި މަޑުވެފަ ތިބޭ މީހުންނާ ގަޔާނުވާނެ ކިތަންމެ ރީއްޗަސް! ކުއްލި ރުޅިއަންނަ މީހުން ވެސް ކަމަކު ނުދާނެ! ރުޅި މަޑުވެސް ވާންވާނެ! ކަމެއް ދިމާވެގެން ރުޅިއަޔަސް 15 މިނެޓް އިރު ތެރޭގައި އެކަން ރަގަޅުވާން ޖެހޭނެ! އަބަދު ތުން ދަމާފައި ހުންނަނަމަ ފޫހިވާނެ!

    2
    3
  3. ބޮލި

    އަހަރެން ހިނިތުންވާއިރު އެހާ ރީއްޗެއްނޫން😤😧

    5
    2