މިއީ ދާދި ފަހުން މޭކަޕްގެ ދާއިރާއަށް ވަތް ޒުވާނެކެވެ. އޭނާ ވަނީ އެތައް ބައެއްގެ މޭކަޕްކޮށްދީފައެވެ. މިއީ ބ. އޭދަފުއްޓަށް އުފަން ފާތިމަތު މުރުޝިދާއެވެ.

ކުޑައިރު އެއްވެސް ވަރަކަށް މޭކަޕަށް ޝައުގުވެރިކަން ނުހުރޭ

"ކުޑައިރު އެއްވެސް ވަރަކަށް ނުހުރޭ މޭކަޕަށް ޝައުގުވެރިކަމެއް. އޭރު ބޮޑަށް ޝައުގުވެރިކަން ހުންނަނީ ކޭކު އެޅުމަށާއި، ޝެލް ކްރައުން ހަދަން"

ފޫހިވީމަ ކުޑައިރު ކަޒިންގެ މޭކަޕްކޮށް އުޅެން.

"އެންމެ ކުޑައިރުވެސް ހުރޭ މޭކަޕް އެއްޗެހި. ފޫހިވާމަ އެއިރު ކަޒިންގެ މޭކަޕްކޮށް އުޅެން. އެހެން އުޅެމުން އުޅެމުން އެކަން ކުރަން ފެށުނީ"

މުރުޝިދާ ކޮށްފައިވާ މޭކަޕެއް

މިކަން ކުރަނީ ކެރިއާއެއް ގޮތަކަށް ނޫން

"އަސްލު މިކަން ކުރަނީ ހޮބީއެއް ގޮތަށް. އެއްވެސް ގޮތަށް ކެރިއާއެއް ގޮތަށް ނަގާފައި އިން އެއްޗެއް ނޫން"

މިކަން ކުރާތާ އަދި ވާނީ ހައެއްކަ މަސް

"އަދި މިކަމުގައި އުޅޭތާ ވާނީ ހައެއްކަ މަސް. މިކަން ކަމެއްގެ ގޮތުގައި ފަށައިގެން އުޅޭތާ"

ފެމެލީ ސަޕޯޓް ވަރަށް ލިބޭ

"އެންމެ ބޮޑު ހިތްވަރެއް ދެނީ އަޅުގަނޑުގެ ފެމެލީން. އަޅުގަނޑުގެ ބޯއިފްރެންޑްވެސް ވަރަށް ސަޕޯޓިވް. ރައްޓެހިންވެސް"

އިންސްޕިރޭޝަންއަކަށް ބަލަނީ ރާއްޖޭގެ މޭކަޕް އާޓިސްޓުން

"އަޅުގަނޑު އަބަދުވެސް އިންސްޕަޔާވޭ ރާއްޖޭގެ މޭކަޕް އާޓިސްޓުންގެ މަސައްކަތް ފެނިފައި. އެ މީހުން ފޭސްބުކް މެދުވެރިކޮށް ލާފައި ހުންނަ ވީޑިޔޯ ބަލަން. އެ މީހުންވެސް ބޮޑަށް މަސައްކަތް ކުރަނީ އާޓް އެއްޗެހި ހަދަން. އަހަންނަށްވެސް ވަރަށް ކަމުދޭ އާޓް އެއްޗެސް"

ވަރަށް ބޮޑަށް އަދިވެސް ދަސްކުރަން ބޭނުން މޭކަޕްގެ ދާއިރާއިން ކަންކަން

"މި ދާއިރާގައި އަޅުގަނޑު ބޭނުންވަނީ ދެވެން އޮތް އެންމެ ކުރިއަކަށް ދާން. އަކި މިސްރާބެއް ނެތް އަނެއްހެން. އަހަރެން މިކަން ކުރާނަމަ ވަރަށް ބޮޑަށް އަދިވެސް މޭކަޕް ދާއިރާއިން ކަންކަން ދަސްކުރަން ބޭނުން"

ކޮންމެ މޭކަޕެއްވެސް އަސްލު ވަރަށް ހިތްހަމަޖެހޭ

"ކުރާ ކޮންމެ މޭކަޕަކާއިމެދު ހިތްހަމަޖެހި އުފާވެސް ވޭ. މޭކަޕްކޮށްފައި ޕޯސްޓް ކުރީމަ މީހުން ދޭނެ ވަރަށް ޕޮޒިޓިވް ފީޑްމެކް. އެއީ އަހަރެން ވަރަށް މޯޓީވޭޓްވެސް ވާކަމެއް"

މިއީ އާމްދަނީ ހޯދަން ކުރެވިދާނެ މަސައްކަތެއްކަމަށް ގަބޫލުކުރަން

"އާމްދަނީ ހޯދަން މިކަން ކުރުން މިއީ ވަރަށް ސަޅި ކަމެއް. އަޅުގަނޑު ވަރަށް ފަހުން ލާރިއަށް މިކަން ކުރަން ފެށީ. ހަމަ ރަނގަޅު އާމްދަނީއެއް ލިބޭ"

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަ

    ނޮޕް

  2. މާމިގިލީ މީހާ

    ފިޔަ ޖަހަމުން ޖަހަމުން ގޮސް މިހާރު މާސް ގަ.

    1
    1
  3. Konmess meeheh

    Thi ah vure molhethi makeup artistun raHjjeyga eba thibi, thiya beyfulhunah nufenna. Like Rafaaf Wahid , Iufa Mohamed, Shazeela Aiminath Leena

    1
    1
  4. Anonymous

    ޥަރަ ފުރެހަމަ

    1
    1