ބޮލީވުޑުގެ ހުނަރުވެރި އެކްޓަރ ރޯނިތު ރޯއީގެ ދަރިފުޅު އޮންލައިންކޮށް ޕީއެސް 4 ޖީޓީއޭ 5ގެ ސީޑީ ގަތުމުން ލިބުނީ ހުސްގަނޑެކެވެ. އެކަން ހާމަކޮށްފައި ވަނީ ރޯނިތު ކުރި ޓްވީޓެއްގައެވެ.

ހުސްގަނޑާއިއެކު ދެން ހުރި އެއްޗެހީގެ ވީޑިއޯއެއް ހިއްސާކޮށް، މި ސީޑީ ގަތް ވެބް ސައިޓަށް ޓެގުކޮށް ކުރި ޓްވީޓުގައި ރޯނިތު ބުނެފައިވަނީ އޭނާގެ ދަރިފުޅު ގަތް ޕީއެސް 4 ޖީޓީއޭ 5ގެ ސީޑީ ނެތްކަމަށާއި އޮތީ ހުސްގަނޑެއް ކަމަށެވެ. އަދި މި ކަން ވީ އެންމެ އަވަހަކަށް ބަލައިދިނުމަށް ވެސް އެދިފައިވެއެވެ.

https://twitter.com/RonitBoseRoy/status/1333307292301762560?s=20

އެހެން ޓްވީޓެއްގައި ރޯނިތު ވަނީ އޯޑަރ ނަންބަރު ވެސް ހިއްސާ ކޮށްފައެވެ. މި ޓްވީޓަށް ޖަވާބުދާރީވަމުން އެ ވެބްސައިޓުގެ ކަސްޓަމާ ސަޕޯޓުން ވަނީ އެކްޓަރގެ ކިބައިން މަޢާފަށް އެފިދައެެވެ.

މި ކަމާއި ގުޅިގެން ރޯނިތު ވަނީ ކަސްޓަމާ ސާރވިސްއިން އޭނާއާއި ގުޅުމަށް ވެސް އެދިފައެވެ.

ރޯނިތު ރޯއީގެ ދަރިފުޅު އަގަސްތްޔާއަށް 13 އަހަރު ފުރުނީ މިދިޔަ މަހުއެވެ. އަގަސްތްޔާގެ 13 ވަނަ އުފަންދުވަހު ރޯނިތު ވަނީ އޭނާގެ ދަރިފުޅަށް އުފަން ދުވަހުގެ ތަހުނިޔާ ކިޔުމުގެ ގޮތުން އިންސްޓަގުރާމުގައި ޕޯސްޓެއް ހިއްސާ ކޮށްފައެެވެ.

މި ޕޯސްޓުގައި ރޯނިތު ބުނެފައިވަނީ އަގަސްތްޔާއަށް 13 އަހަރު ފުރުނު ނަމަވެސް އެ އެންމެންގެ ތެރެއިން އެންމެ ދިގީ އޭނާ ކަމަށާއި އެހެން ނަމަވެސް ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ވެސް އަގަސްތްޔާއާއިއެކު ވާނެކަމަށް ބުނެފައެެވެ. އަދި ކުޑަކުޑަ ރޯއީއަށް އުފަންދުވަހުގެ ތަހުނިޔާ އަރިސް ކޮށްފައިވެއެވެ.

ރޯނިތުގެ ފިލްމީ ދާއިރާގެ މަސައްކަތަށް ބަލާއިރު އޭނާ ގިނައިން ފެންނަނީ ވިލަންގެ ރޯލުންނެވެ. ''ޤާބިލް''، ''ބޮސް'' ފަދަ ފިލުމުތަކުގައި އޭނާގެ އެކްޓު ކުރުމުގެ ހުނަރު ދައްކައިދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފްރެންކްލިން

    އެމޭޒަން މުވައްޒަފުން ސީޑީތައް ވަގަށްނަގާފަ ސީޑީ އާ ނުލާ ސީޑީފޮށި ވިއްކަނީކަަމަށް ވުން ގާތް.... ރޮކްސްޓާރ މީހުނަށް އަންގަ އޭރުން އެމީހުން ތިމައްސަލަ ބަލާނެ