މި ދުވަސްވަރަކީ އެންމެ ގިނައިން ބޮލީވުޑުގެ ފަންނާނުން ރާއްޖެ އަންނަ ދުވަސްވަރެވެ. މި ލިސްޓަށް މިފަހަރު އިތުރުވެގެން ދިޔައީ ބަތަލާ ހީނާ ޚާންއެވެ.

ފުރަވަރި އައިލެންޑް ރިސޯޓު އެންޑް ސްޕާގައި ޗުއްޓީ ހޭދަ ކޮށްލުމަށް ހީނާގެ މި ދަތުރުގައި ބައިވެރިވެފައިވަނީ އޭނާގެ މައިންބަފައިންނާއި ލޯބިވެރިޔާ ރޮކީ ޖެއިސްވަލްއެވެ.

ހީނާގެ މި ދަތުރުގެ ހުރިހާ ކަމެއް އޭނާ ދަނީ އިންސްޓަގުރާމުގައި ހިއްސާ ކުރަމުންނެވެ. ރިސޯޓުގެ ހިތްގައިމު މަންޒަރުތަކާއި ހީނާގެ ފަރިކަން ފެނިގެންދާ އެތައް ޕޯސްޓެއް ދަނީ ކުރަމުންނެވެ.

މި ދަތުރުގައި ހީނާގެ މަންމައާއި ބައްޕަގެ އިހުސާސްތައް ކިޔައިދޭ ވީޑިއޯތަކާއި ހީނާގެ ހިތްގައިމު ފޮޓޯތަކުން ވަނީ އޭނާގެ އިންސްޓަގުރާމު އެކައުންޓުގެ ސްޓޯރީތައް ފުލުފުލުން އަޅައިފައެެވެ.

ހީނާގެ މަންމަ އެއް އަހަރު ފަހުން މޫދުގައި ފަތާލުމާއި ހީނާގެ ބައްޕަ ޕޫލް ކައިރީގައި ހިތްހަމަ ޖައްސަލައިލުމާއި އެމީހުން ތިބޭ ކޮޓަރިއާއި ހުދު ހީނާ ވެސް މޫދުގައި އުޅޭ މަންޒަރުތައް އޭނާ ދަނީ އެންމެންނާއި ހިއްސާ ކުރަމުންނެެވެ.

ފިލްމީ މަސައްކަތަށް ބަލާއިރު ހީނާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ''ހެކްޑް'' ފިލުމުންނެވެ. ހީނާގެ އެންމެ ފާހަގަ ކޮށްލެވޭ މަސައްކަތަކީ ސްޓަރ ޕްލަސްްގެ ''ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ''ގެ އަކްޝަރާގެ ކެރެކްޓައެވެ.

ހިންދީ ޑްރާމާގެ އިތުރުން ހީނާ ވަނީ ރިއަލިޓީ ޝޯތަކުގައި ވެސް ބައިވެރިވެފައެވެ. އޭގެ ތެރޭގައި ކަތްރޯންކީ ކިލާޅީއާއި ބިގް ބޮސްގެ 11 ވަނަ ސީޒަނުގައި ވެސް މަސައްކަތް ކޮށްފައެވެ.

ހީނާގެ ބައެއް ޑުރާމާތަކަކީ ''ނާގިން 5''، ''ކަސޯޓީ ޒިންދަގީ ކީ'' ފަދަ ޑްރާމާތަކުގައި މަސައްކަތްކޮށް ގިނަ އެވޯޑްތަކެއް ވެސް ހާސިލް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު