މި ދުނިޔޭގައި އިންސާނުން ދިރިއުޅެމުން އަންނަތާ އެތައް ގަރުނެއް ވެފައި ވާއިރުގައި، ފެށުނީއްސުރެ އަހަރެމެން ވަށައިގެން ވާ އެއްޗަކީ ގަސް ގަހާއި ގެއްސެވެ. މީގެ އެތައް ސަތޭކަ އަހަރެއް ކުރިން މީހުން އިންދާފައި ހުރި ގަސްތައް އަދިވެސް ފެންނަން ހުރި އިރުގައި ބައެއް ގަސްތައް އަންނަނީ ވެއްޓި، މަރުވަމުންނެވެ.

މިގޮތުން، ފޮޓޯ އިން ތިޔަ ފެންނަނީ މީގެ 1000 އަހަރު ކުރިން މީހަކު އިންދާފައިވާ ގަހެއް ވެއްޓިފައިވާ މަންޒަރެވެ. މި ގަހަކީ ވޭލްސްގެ އެންމެ ދުވަސްވީ އެއް ގަސް ކަމުގައި ވާއިރު، މީގެ ދެ މަހެއްހައި ދުވަސް ކުރިން މި ގަސް ވަނީ ބާރު ވައި ޖެހި، މެދުން ބިންދައިގެން ގޮސްފައިކަންވެސް ފާހަގަކޮށްލެވެއެވެ.

ވެއްޓުނު ގަސް މަތީގައި މީހަކު މަޑު ކޮށްލައިގެން

އޯކްގެ އާއިލާ އަށް ނިސްބަތްވާ މި ގަހަކީ މީހުން އުޅޭ ހިސާބާއި ތަންކޮޅެއް ދުރުގައި އޮންނަ ހުސް ބިމެއްގައި ހުރި ގަހަކަށް ވުމުން، މި ގަސް ވެއްޓިފައި އޮތްކަން އެނގުނީ ގަސް ވެއްޓުނުތާ ދުވަހެއް ފަހުންނެވެ. ވޭލްސްގެ ވެލްޝްޕޫލް އަވަށާއި ކައިރީގައި ހުރި މި ގަސް ވެއްޓުމުން އެ ހިސާބު ގަނޑުމުގެ މީހުން ބުނެފައި ވަނީ މި ގަސް ކައިރިއަށް އެތައް ބަޔަކު ހިތްހަމަ ޖައްސާލަން އައިސް އުޅޭ ކަމަށާއި، މި ގަސް ނެތުމުން އެހިސާބުގަނޑު ވަރަށް ފަޅު ވާނޭ ކަމަށެވެ.

ވޭލްސްގެ ދެވަނަ އަށް އެންމެ ދުވަސްވީ ގަސް ވެއްޓި، މަރުވެފައި ވާއިރުގައި އެ ޤައުމު ރައްޔިތުން ވަނީ މިފަދަ ގަސްތައް މިހާރަށް ވުރެ ރަނގަޅަށް ބެލެހެއްޓުމަށް ސަރުކާރަށް ގޮވައިލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތަކުރު

    މިދެން ޚަބަރުތަ؟ ކިހާ ދެރަކަމެއް .. މިގޮތަށް ނަންބަރ ވަން ހޯދިދާނެ ވަގުތަށް