އިންސާނުން ދިރިއުޅެން ކަމުދާނެ ދިރުން ހުރި ޕްލެނެޓެއް ހޯދަން ސައިންސްވެރިން ރެއާއި ދުވާލު މަސައްކަތް ކުރަމުން އަންނަތާ އެތައް އަހަރެއް ވެއްޖެއެވެ. މިހާތަނަށް ކުރި މަސައްކަތްތަކުން އަދި މާބޮޑު އުއްމީދެއް ނުލިބުނު ނަމަވެސް ނާއުއްމީދު ވާފަދަ ވާހަކަތަކެއް ސައިންސްވެރިން ނުދައްކައެވެ.

ނަމަވެސް މިފަހަރު މިއޮތީ އެހެން ޕްލެނެޓަކުން ދިރިއުމެއް ފެނިދާނެ ކަމުގެ އުއްމީދުގައި ތިބި މީހުންނަށް ނާއުއްމީދީ ޚަބަރެކެވެ. "އޮކްސްފޯޑް" ސައިންސްވެރިން ކުރި ދިރާސާއަކަށް ފަހު އާއްމުކުރި ތިއަރީއެއްގައި ބުނަނީ އިންސާނުން ފަދަ ދަރިސްކޮޅެއް އެހެން ޕްލެނެޓެއްގައި ދިރިއުޅެމުން އައުން އެއީ ވާނެ ކަމެއް ކަމަށް އެއްވެސް ގޮތަކަށް ނުބެލެވޭ ކަމަށެވެ.

އަދި އެފަދަ ދަރިފަސްކޮޅެއްގެ އިތުރުން އެހެން އެއްވެސް ދިރުމެއް ވެސް ޕްލެނެޓަކުން ފެނުން އެއީ މުސްތަހީލު ކަމެއް ކަމަށް ކަމަށް ވެސް އޮކްސްފޯޑްގެ ފަރާތުން ދިރާސާގައި ބައިވެރިވި ސައިންސްވެރިން ބުނެއެވެ.

ޕްލެނެޓެއްގައި ދިރުމެއް އުފެދުމަށް އެތައް "އިވެލިއުޝަނަރީ ޓްރާންސްމިޝަންތަކެއް" އަންނަން ޖެހޭ ކަމަށާއި ނަމަވެސް ދުނިޔެ ފިޔަވައި އެހެން ޕްލެނެޓަކަށް އެފަދަ ބަދަލުތަކެއް އައިސްފައި ނެތް ކަމަށް ސައިންސްވެރިން ބުނެއެވެ.

"އަޅުގަނޑުމެންގެ ދިރާސާގައި ބަލާފައި ވާނީ މިހާތަނަށް ލިބެން ހުރި މައުލޫމާތުތަކަށް. ތަފާސް ހިސާބުތަކަށް. ކުރުކޮށް ބުނާނަމަ އެތައް ބިލިއަން އަހަރެއް ކުރިން ފެށިގެން މިހާތަނަށް ކަންކަން ވަމުން އައި ގޮތައް. މިކަންކަމަށް ބަލާއިރު ދުނިޔެ ފިޔަވައި އެހެން ޕްލެނެޓެއްގައި ދިރުމެއް އޮވެދާނެ ކަމަށް ގަބޫލު ކުރެވޭ އެއްވެސް ހެއްކެއް ނެތް." ދިރާސާގައި އިސްކޮށް ބައިވެރިވި ސައިންސްވެރިޔާ ޑރ.އެންޑާސް ވިދާޅުވިއެވެ.

ސައިންސްވެރިން ބުނާ ގޮތުގައި ދުނިޔެ އަށް 4.6 ބިލިއަން އަހަރު ވެއްޖެއެވެ. ނަމަވެސް އޭގެ ތެރެއިން އިންސާނުން ދުނިޔޭގައި އުޅެފައި ވަނީ އެންމެ ހަމިލިއަން އަހަރު އެވެ. އިންސާނުން ދުނިޔޭގައި އުޅެން ފެށުމުގެ ކުރިން އެހެން ވައްތަރު ވައްތަރުގެ ޖަނަވާރު ދުނިޔޭގައި އުޅެން ފެށިކަމަށް ސައިންސްވެރިން އެއްބަސްވެފައެވެ.

ދުނިޔެ ފިޔަވައި އެހެން ޕްލެނެޓެއްގައި ދިރުމެއް އޮތްކަމަށް ގަބޫލު ނުކުރެވޭ ކަމުގައި އޮކްސްފޯޑް ޔުނިވަސިޓީގެ ސައިންސްވެރިން ބުނި ނަމަވެސް މިހާރު ވެސް އެތައް ގައުމަކުން ގެންދަނީ އެހެން ޕްލެނެޓަކުން ދިރުމެއް ފެނޭތޯ އެތައް ބިލިއަން ޑޮލަރެއް ޚަރަދު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަލްޖިބްރާ

    ތިޔަ ސައިންވެރިންނަށް ވުރެ މިއިސްލާމްދީނުގެ ކުޑަކުއްޖަކުވެސް މާމޮޅުވާނެ ! އެގޮތަކީ މިދުނިޔެއަށް އިންސާނުން ޚާއްސަ ކުރެއްވިގޮތަށް އެހެން އެއްވެސް ތަނެއްގައި އިންސާނުން ލައްވާފައިވާކަން ﷲސުބްޙާނަޙޫ ވަތަޢާލާ އަންގަވައިފައި ނުވާކަން އެންމެހާ މުސްލިމުން ޤަބޫލު ކުރާތީ ! ތިޔަ ސައިންސްވެރިންގެ މޮޅުކަމުން މިއުޅެނީ ބައްޔަކަށް ފަރުވާއެއް ނުހޯދިގެން ! ދެން ކަލޭމެނަށް ކުރެވޭނީ ކޮންކަމެއް ؟

    31
    5
    • ހުސޭނުބޭ

      ތާޢީދު! މާތްﷲ މި ބިމުގައި އިންސާނާ ތަމްކީނުކުރެއްވި. އެއީ ޤުރުއާނުން އެގެން އޮތް އެއްޗެއް! އެހެން ޕްލެނެޓަކަށް ނުދެވޭނެ ވާކަހައެއްނޫން!

      15
  2. ސަކީ

    އަދި ކިރިޔާ ދޯ ތިޔަ އެނގުނީ. އިންސާނުން ފަދަ ދަރިސްކޮޅެއް އެހެން ޕްލެނެޓެއްގައި ދިރިނޫޅޭކަން އަހަރެމެންނަށް އެނގޭ ވަރަށް ކުރިންވެސް.

    24
  3. Anonymous

    ނޫން އުޅޭނެ
    ކަލޭމެން ގޮސް އިނދެގެން ދަރިން ވެސް ހޯދާނެ
    ބޯ ގޯސް މީހުންތައް
    ކޮށްފަ ނުކުރާނެ ކަމެއް ނޭނގިގެން
    ކިޔަވާފަ ނުކިޔަވާނެ އެއްޗެއް ނޭނގިގެން ތެޅެނީ

    5
    2
  4. ޖޯރޭ

    ޖިންނިން އުޅެދާނެ ކަމަށް ލަފާ ކުރެވެނީ

    7
    2
  5. ދިރާސާ

    ދުނިޔޭގައި ތަފާތު ގިނަ ޢާލަމްތައް الله ލެއްވި.އަހަރެމެންގެ ރަސޫލާ މުޙައްމަދުގެފާނު الله ފޮނުއްވީ ޢާލަމްތަކަށް (ހުރިހާ ޕްލެނެޓް ތަކަށް) ރަޙުމަތެއްކަމުގާ. اللهވަނީ ޕްލެނެޓް ތަކަށް ބަލާ ހޯދުމަށް އަންގަވާފަ.

  6. ދިރާސާ

    ތީގެ އިދިކޮޅު ހާމަވެ ދިއުމުން އެދުވަހަކުން އޭގެ ކަށަވަރުކަން އެނގޭނެ. ކުޑަ މިސާލެއް. ދައްޖާލުގެ ވާހަކަ އަދި އިސްރާއާއި މިއުރާޖުގެ ވާހަކަ. ފުދޭނެ. އަދި މޫސާގެ ފާނު ވާހަކަ ދިރާސާ ކުރައްވާ

  7. ނަސީދު

    ތިހެން ބުނަން އަދި މި ކާއިނާތުގެ ބޮޑުކަން ބަލާއިރު.. ކަނޑުން މަތިގަނޑެއްގެ ފެނާ އެއްވަރުގެ ބައެއް ވެސް އަދި ނުބެލޭކަން ތި ސައިސްވެރިން އަމިއްލަޔަށް އެބަ ބުނޭ