އުރަމަތީ ކެންސަރުގެ ސަބަބުން ދަރިފުޅު އެބޯޓް ކުރުމަށް ޑޮކްޓަރުން ލަފާ ދިން ނަމަވެސް، ހިތްވަރުކޮށްލާފައި ކުރިއަށް ދިޔަ ކެންސަރު އަންހެން މީހާގެ ދަރިފުޅަށް އެއް އަހަރު ފުރެން ކައިރިވެއްޖެެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ސްޓެސީ ނަމަކަށް ކިޔާ އެ އަންހެން މީހާ މާބަނޑުކަން އެނގުނުތާ މާ ގިނަ ދުވަހެއް ނުވަނީސް ވަނީ އުރަމަތީ ކެންސަރު ހުރިކަން އެނގިފައެވެ. އެއާއެކު ޑޮކްޓަރުން ވަނީ އޭނާގެ ބަނޑުގައި ވާ ދަރިފުޅު އެބޯޓް ކުރުމަަށް ލަފާ ދީފައެވެ.

ނަމަވެސް ސްޓެސީ އެގޮތް ބޭނުން ނުވިއެވެ.

ސްޓެސީގެ ހަށިގަނޑުގައި ކެންސަރު ހުރިކަން ޑޮކްޓަރުންނަށް އެނގުމާއެކު އޭނާއަށް ކީމޯތެރަޕީދޭން ޑޮކްޓަރުން ބޭނުންވިއެވެ. އެކަމުން ބަނޑުގައި އޮތް ދަރިފުޅަށް ގެއްލުންވެދާނެކަމުގެ ބިރު އޮތް ނަަމަވެސް. ސްޓޭސީ ކެންސަރު ބަލިން ސަލާމަތް ކުރުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ޑޮކްޓަރުން ކުރިއެވެ.

އެގޮތުން ކީމޯތެރަޕީދެމުން އޭނާގެ ބަނޑުގައިވާ ދަރިފުޅަށް ގެއްލުންވޭތޯ ކޮންމެ 10 ދުވަހުން އެއްފަހަރު ދިޔައީ ބަލަމުންނެވެ.

އޭނާ ތުއްތު ވިލިއަމް ވިހެއީ 2017 ވަނަ އަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހުއެވެ. ވިލިއަމް ވިހެއުމަށްފަހުވެސް ސްޓޭސީއަށް ދިޔައީ ކީމޯތެރަޕީ ދެމުންނެވެ. އަދި ރޭޑިއޭޝަން ޓްރީޓްމެންޓެއްވެސް އޭނާ ވަނީ ދާދިފަހުން ނަގާފައެވެ.

ސްޓޭސީ އުއްމީދު ކުރަނީ ރަނގަޅު އޮޕަރޭޝަނެއްކޮށްގެން ނަމަވެސް މި ބަލިން އޭނާ ސަލާމަތްވުމެވެ.

 

ކިޔުންތެރިންގެ ހިޔާލު