އޯޓިޒަމް އަށް ފަރުވާ ކުރުމަށް ކަމަށް ބުނެ، ތުއްތު ދަރިފުޅަށް ބްލީޗް ބޯންދިން މަންމައަކު ހައްރުކޮށްފިއެވެ.

އިންޑިއާނާޕޮލިސްގައި މިދިޔަ ހަފްތާގެ ތެރޭގައި ހިނގި މި ހާދިސާގައި، އުމުރުން 28 އަހަރުގެ އެ އަންހެންމީހާ ބްލީޗް ބޯން ދީފައިވަނީ އޭނާގެ ތުއްތު އަންހެން ދަރިފުޅަށެވެ.

އެގޮތުން އެކުއްޖާއަށް ދިން ޖޫސްތައްޓެއްގެ ތެރެއަށް ހައިޑްރޯކްލޮރިކް އެސިޑާއި، އެ އެސިޑުން ބްލީޗް އުފެއްދޭފަދަ އެނޫންވެސް ބައެއް ކެމިކަލް އެއްކޮށްފައި އަޅާލިއިރު، އެކުއްޖާ ވަނީ އެ ޖޫސްތަށި ބޮއެފައެވެ. ނަމަވެސް މިކަމުން އެކުއްޖާއަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި އެނގިފައެއް ނުވެއެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހެޅީ އެކުއްޖާގެ ބައްޕައެވެ. އޭނާއަށް އެކަން އެނގުނީ، ދަރިފުޅަށް އުނދަގޫތަކެއް ވަމުން ދިއުމާއި ގުޅިގެން އަނބިމީހާ އާއި ސުވާލު ކުރުމުންނެވެ.

ފުލުހުންގެ ތަހުޤީޤުގައި އެ އަންހެންމީހާ ބުނީ، އެފަދަ ޢަމަލެއް ހިންގީ އެކަމުން ދަރިފުޅަށް ޖެހިފައިވާ ބަލި ރަނގަޅުވާނެ ކަމުގެ ޢުންމީދުގައި ކަމަށެވެ. އަދި ދަރިފުޅަށް އަނިޔާ ކުރުމުގެ އެއްވެސް މަޤުސަދެއް އެކަމުގައި ނެތްކަމަށް އޭނާ ބުނެފައި ވެއެވެ.

އެ އަންހެންމީހާ ބުނެފައިވާ ގޮތުގައި، އެސިޑާއި ކެމިކަލް އެއްކޮށްގެން ދަރިފުޅަށް ދިން ބުއިމުގެ ތެރެއަށް އަޅައިގެން ފަރުވާ ހޯދިދާނެ ކަމަށް ބެލެވުނީ، ފޭސްބުކުން އޭނާއަށް ފެނުނު ޕޯސްޓެއްގެ ސަބަބުން ކަމަށެވެ. އެގޮތުން އެ ޕޯސްޓުގައި، އެފަދައިން ޢަމަލު ކުރުމުން ކެންސަރަށްވެސް ފަރުވާ ލިބޭ ކަމަށް ބުނެފައި އޮތް ކަމަށް އެނާ ބުނެފައި ވެއެވެ.

މި ހާދިސާއަށްފަހު އެކުއްޖާ ޗައިލްޑް ސާވިސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، އެތަނުގެ އޮފިޝަލުން ބުނެފައި ވަނީ، އޯޓިޒަމްއަށް އޮތް ޙައްލަކީ އެފަދަ ކުދިން ކުރިއެރުވުމަށް މައިންބަފައިންގެ ފަރާތުން އިތުރު ހިއްވަރެއް ލިބުން ކަމުގައެވެ. އަދި އެއީ ބޭސްފަރުވާއިން ފަރުވާ ކުރާ ހާލަތެއް ނޫންކަމަށް އެފަރާތުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޑިމޮކްރަޓިސްޓް

    ގަޅި އިންޑިޔާ### ރުޅިއަޔަސް ނަޔަސް ކަލޭމެންގެ ކަލާންގެ މަސް އަހަރުން ކޮއްތުރޮށި ހަދައިގެން އެބަކާން### ބީފް ކޮށްތުރޮށި###

    • Anonymous
  2. ޝްރޭް

    ހުސް އިންޑިއާ ،، މިކަހަލަ ޖަރީމާތައް ގިނަ ޤައުމެއް ރާއްޖެއާއި ތޮޅެން އެއުޅެނީ..

  3. ކަދުރު

    ބުރޯ، އިންޑިއާނާޕޮލިސް.

  4. މަގޭ ހިޔާލު

    އިންޑިއާއެކޭ ނުން އޮތީ ހަހަހަހަހަހަހަހަ....