ބޮލީވުޑް ފިލްމު އިންޑަސްޓްރީގެ މަޝްހޫރު އެއް ބަތަލާ ޕްރިޔަންކާ ޗޯޕްެރާ އާއި ލަވަކިއުންތެރިޔާ ނިކް ޖޮންސްގެ ކައިވެންޏަށް ދެ އަހަރު ފުރިއްޖެ އެވެ. 28 އަހަރުގެ ޖޮންސް އާއި 38 އަހަރުގެ ޕްރިޔަންކާ ކައިވެނި ކޮށްފައި ވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުގައި އެވެ. އެމީހުން ވަނީ ދެގޮތަށް ކައިވެނީގެ ހަފްލާ ބާއްވާފަ އެވެ. ފުރަތަމަ ކައިވެންޏަކީ އިންޑިޔާގެ ޖޮދްޕުރް ގެ ތާޖް އުމައިދް ބަވަން ގަނޑުވަރުގައި ބޭއްވި ކައިވެންޏެކެވެ. ދެވަނަ ކައިވެންޏަކީ ނަސާރާ ކައިވެންޏެވެ.

Happy 2 year anniversary to the love of my life. Always by my side. My strength. My weakness. My all. I love you Nick Jonas

Posted by Priyanka Chopra on Tuesday, 1 December 2020

ޕްރިޔަންކާ އާއި ނިކް ވެސް ވަނީ ކައިވެނީގެ 2 ވަނަ އަހަރުގެ މުނާސަބާގެ ތަހުނިޔާ އެކަކު އަނެކަކަށް ފޮނުވާ މީސްމީޑިޔާގައި ހިއްސާކޮށްފަ އެވެ. ޕްރިޔަންކާ ކުރި ޕޯސްޓުގައި ބުނީ ނިކް އަކީ އޭނާގެ ބާރު ކަމަށާއި އަބަދުވެސް އޭނާގެ ހުންނަނީ ނިކް ކަމަށެވެ. އަދި އޭނާގެ ބަލި ފަޔަކީވެސް ނިކް ކަމަށް ޕްރިޔަންކާގެ ޕޯސްޓުގައި ބުނެފައި ވެއެވެ.

 

View this post on Instagram

 

A post shared by Nick Jonas (@nickjonas)


އިންޑިޔާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޖޮންސް ބުނީ މިއުޒިކް ދާއިރާ ވިޔަސް ނުވަތަ ޓީވީގެ ކަމެއްގައި ކަމަށް ވިޔަސް އޭނާ ވަރަށް ހުނަރުވެރި ކަމަށެވެ. އެންމެ އުނދަގޫވާ ކަމަކީ ދެމީހުންނަށްވެސް ގޭގައި މަޑުނުކުރެތީ ކަމަށް ނިކް ބުނާއިރު ފާއިތުވި އަހަރުތަކުގައި ދެމީހުންވެސް ވަރަށް ބިޒީ ތާވަލެއްގައި މަސައްކަތް ކޮށްފައިވާކަން އޭނާ ބުންޏެވެ.

ފިލްމީ ދާއިރާގައި ގިނަ އަހަރު މަސައްކަތް ކޮށްފައިވާ ޕްރިޔަންކާ އަކީ ބޮލީވުޑްގެ ފިލްމުތަކުގެ އިތުރުން ހޮލީވުޑްގެ ފިލްމުތައްވެސް ކުޅޭ އެކްޓަރެކެވެ. އޭނާ އަށް ވަނީ ފިލްމީ ދާއިރާގައި އެތަކެއް ކާމިޔާބީ ތަކެއްވެސް ލިބިފަ އެވެ. އެގޮތުން 2008 ވަނަ އަހަރު ނިކުތް 'ފެޝަން' ގައި އޭނާ ދެއްކި އެކްޓިން އަށް އޭނާ އަށް ވަނީ ނެޝެނަލް ފިލްމު އެވޯޑް ފޯ ބެސްޓް އެކްރެސް ކަން ލިބިފަ އެވެ. އަދި އިތުރު 5 ފިލްމް ފެއާ އެވޯޑް ވެސް ވަނީ ލިބިފަ އެވެ.

ފޯބިސް އިން ހޮވި ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓުގައި ޕްރިޔަންކާ ހިމެނޭއިރު އޭނާގެ ފިރިހެނުން ނިކް ޖޯންސް އަކީވެސް ފިލްމީ ތަރިއެކެވެ. ލަވަކިއުމާއި ލަވަ ލިއުމުގެ ދާއިރާގައިވެސް ހިމެނޭ ނިކް އެކްޓިން ދާއިރާއަށް ވަދެފައި ވަނީ އޭނާގެ އުމުރުން އެންމެ 7 އަހަރުގައި އެވެ. ޕްރިޔަންކާ އާއި ނިކް އަކީ މީސް މީޑިޔާގައި ވެސް ވަރަށް ލޯބިން އުޅޭ ޖޯޑެކެވެ.