ބޮލީވުޑްގެ މަޝްހޫރު ލަވަކިއުންތެރިޔާ އަދިތްޔާ ނަރަޔަން 10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު އޭނާގެ ލޯބިވެރިޔާ އާއި ކައިވެނިކޮށްފި އެވެ.

އަދިތްޔާގެ ކޯ ސްޓާއެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފައިވާ ޝުއިޓާ އަގަރްވާލްގެ ކައިވެންޏަށް ފަހު މީސްމީޑިޔާގައި ކައިވެނީ ފޮޓޯއެއް ވަނީ ހިއްސާ ކޮށްފައެވެ. ފުރަތަމަ ފޮޓޯއަށް މި ފޮޓޯ އޭނާ ހިއްސާ ކުރި އިރު ފޮޓޯގައި އަދިތްޔާގެ އަލަތު އަނބިމީހާ ޝުއިޓާ އަގަރްވާލް އަދި ޕާޓީއަށް ގޮސް ތިބި މީހުން ފެނިގެން ދެއެވެ.

އަދިތްޔާ އާއި އޭނާގެ އަނބިމީހާ ޝުއިޓާ ފުރަތަމަ ބައްދަލު ވެފައި ވަނީ ފިލްމު ޝާޕިޓް އިން 2010 ވަނަ އަހަރުގައި އެވެ. އޭގެ ފަހުން މިއަދާއި ހަމައަށް ދެ ތަރީންވެސް ތިބީ ސީރިއަސް ގުޅުމެއްގައި އެވެ. މި އަހަރުގައި ދެ ތަރީން ކައިވެނި ކުރި އިރު ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ދެމީހުންގެ ކައިވެނި ބާއްވާފައި ވަނީ ވަރަށް އާދައިގެ ގޮތަކަށެވެ. ގިނަ މީހުން އެއްތަން ނުކުރުމުގެ ގޮތުން އަދިތްޔާގެ ކައިވެންޏަށް ދަޢުވަތު ދީފައި ވަނީ އާއިލާގެ މީހުންނާއި އެންމެ ގާތް ރައްޓެހިންނަށް އެކަންޏެވެ.

ބައެއް މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުގައި އަދިތްޔާގެ ކައިވެނި ޕާޓީއަށް ދަޢުވަތު ދީފައި ވަނީ 50 މީހުންނަށެވެ.

 

View this post on Instagram

 

A post shared by Viral Bhayani (@viralbhayani)

33 އަހަރުގެ އަދިތްޔާ އަކީ ލަވަކިއުމުގެ ދާއިރާގެ އިތުރުން ފިލްމުވެސް ކުޅޭ ފަންނާނެކެވެ. އޭނާ އަކީ އިންޑިޔާގެ ކުރީގެ ލަވަކިއުންތެރިޔާ އުދިތް ނާރަޔަން ގެ ދަރިއެކެވެ. އަދިތްޔާގެ ކައިވެނީގައި އޭނާގެ ބައްޕަ ވަނީ އޭނާއަށް އެންމެ ކަމުދާ ލަވަ ހުށައަޅައިދީފަ އެވެ. އައިތްޔާގެ މަންމަވެސް ވަނީ އެ ލަވަ ހުށައަޅައިދިނުމުގައި ބައިވެރިވެފަ އެވެ. ރީތި އަޑެއްގެ ވެރިއެއް ކަމަށްވާ އަދިތްޔާ އަކީ އިންޑިޔާގައި ބާއްވާ ލަވަކިއުމުގެ ބޮޑެތި އިވެންޓުތަކުގައި ޖަޖެއްގެ ގޮތުގައިވެސް ހަރަކާތްތެރިވާ ލަވަކިއުންތެރިއެކެވެ.

ނޮވެމްބަރު 3 ގައި އަދިތްޔާ ވަނީ އޭނާ ކައިވެނި ކުރަން ނިންމާފައިވާކަން ހާމަކޮށްފަ އެވެ. އޭނާ އިންސްޓަގްރާމުގައި ކޮށްފައިވާ އެ ޕޯސްޓުގައި ބުނީ ޝުއިޓާ ލިބުމުން އޭނާ އަކީ ދުނިޔޭގައި ހުރި އެންމެ ކާމިޔާބު މީހާއަށް ވެފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު