37 މިލިއަން އަހަރު ކުރިން އެމެރިކާއިން ފެނުނު މިނިކާވަގެއްގެ ކަށިގަނޑެއް ނީލަމުގައި ވިއްކާލުމަށް ނިންމައިފިއެވެ.

60،000 ޑޮލަރާއި 90،000 ޑޮލަރާއި ދެމެދުގެ އަގެއްގައި މި މިނިކާވަގު ކަށިގަނޑު ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ އަންނަ ހަފުތާގައި ކަމަށް ޕިގަޓް އޮކްޝަން ހައުސްއިން މިދިޔަ އަންގާރަ ދުވަހު ބުނެފައިވެއެވެ.

އެމެރިކާގެ ދެކުނު ޑާކޯޓާއިން ފެނުނު މި މިނިކާވަގުގެ ބަރުދަނުގައި 160 ކިލާގުރާމު ހުރެއެވެ. މި ބާވަތުގެ މިނިކާވަގު އާއްމުކޮށް ޝިކާރަކޮށް އުޅެނީ ރައިނޯސެރަސްއާއި އަހެވެ.

މި ''ސެބަރ ޓޫތުޑް ޓައިގަރ''އަކީ 37 މިލިއަން އަހަރުވެފައިވާ އެއްޗެއް. މި މިނިކާވަގު ތަފާތު ބާވަތަކަށް ވަނީ މިހާ ދުވަސްވީއިރުވެސް މީގެ ކަށިގަނޑުގައި 90 އިންސައްތަ ހަމައަށް ހުރުމުން'' ޕިގެޓް ޑައިރެކްޓަރ ބާރނަރޑް ޕިގަޓް ރެއުޓަރސް ޓީވީއަށް ދިން އިންޓަވިއެއްގައި ބުނެފައިވެއެވެ.

ފިލާ ގަނޑެއްގެ މަތީގައި ބަހައްޓާލެވިފައިވާ މި ކަށިގަނޑަކީ ޑިސެމްބަރު އަށް ވަނަ ދުވަހު ބޭއްވޭ ނީލަމުގައިވާ 40 ބާވަތުގެ ތެރެއިން ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ އެއްޗެވެ. މި ކަށިގަނޑު ގަތުމަށް އޮންލައިންކޮށް ވެސް މީހުން ހުށަހަޅައިނޭ ކަމަށް ރިޕޯޓްތަކުގައިވެއެވެ.

ޕިގެޓްގެ އާރޓް ސްޕެޝަލިސްޓް ފެބްރިސް ވެން ރަޓަން ބުނެފައިވަނީ މި މިނިކާވަގުގެ ކަށިގަނޑަކީ ވަރަށް ތަފާތު ކަށިގަނޑެއް ކަމަށެވެ.

ނެވަޑިއާގެ ހެޑް ޔޭން ކުއެއިން ބުނެފައިވަނީ ސައިޓުގައި ހޯދުނު އެންމެ ފުރިހަމަ އެއްޗަކީ ވެސް މި ކަށިގަނޑު ކަމަށެވެ. އަދި އެ ކަށިގަނޑު ބަލަހައްޓައިފައި ވަނީ ވެސް ވަރަށް ސާފުތާހިރުކޮށް ކަމަށް ވެސް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހްމަދު

    37 މިލިޔަން އަހަރު ދެކުނީ ކާކުތޯ؟ ތާކުހުރި ރިސާރޗަރަކު ބުނިބުނުމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން.. އެއްޗަކީ ސައެންސް.. ޔާހޔާހ

    4
    3