ރަޝިޔާގެ އުމުރުން 59 އަހަރުގެ ފިރިހެނެއް، އޭނާގެ ނޭފަތަށް ފައިސާ ފޮއްޗެއް ވަދެ، ތާށިވެފައިވަނީ އުމުރުން 6 އަހަރުގެވެ،.

މި ފައިސާ ފޮތި ނޭފަތުގައި ތާށިވި ވާހަކަ އޭނާގެ ހަރުކަށި މަންމަ ގާތު ބުނުމަށް ބިރުން ނުބުނެ ހުރެ، ގިނަ ދުވަސްތަކެއް ފަހުން އެކަމުގެ މަތިން އޭނާ ހަނދާން ނެތުނީ އެވެ.

ނޭފަތުގައި ފައިސާ ފޮތި ތާށިވެފައި އޮތް ނަމަވެސް އެއްވެސް އުދަނގުލެއް ކުރިމަތި ނުވެ 50 އަހަރު ފާއިތުވެގެން ދިޔުމަށްފަހު މިހާރު އޭނާއަށް އޭގެ އުދަނގޫ ކުރިމަތިވާން ފަށައިފިއެވެ. ނޭފަތުން ނޭވާލާން އުދަނގޫވާން ފަށައިފިއެވެ.

އެހެންކަމުން ހޮސްޕިޓަލަށް ގޮސް ނޭފަތުގެ ސްކޭނެއް ހެދުމުން ފައިސާ ފޮތި ނޭފަތުގެ ތެރެއިން ފެނުނެވެ. އަދި އޭގައި ހިލަ އުފެދިފައިވާ ކަމަށް ވެސް އޮޕަރޭޝަން ކުރި ޑޮކްޓަރ އެލީނާ ނެޕްރާކިނާ ބުނެފައިވެއެވެ.

ނޭފަތުގައި ފައިސާ ފޮތި ތާށިވެފައިވާތާ 53 އަހަރު ފަހުން މި ފައިސާ ފޮތި ނެގުމުގެ އޮޕަރޭޝަން ކުރެވުނު ކަމަށް ރިޕޯޓްތަކުގައިވެއެވެ.

''މި އޮޕަރޭޝަން ކުރެވުނީ ހުކުރު ދުވަހު. ހޯމަ ދުވަހު އޭނާ ވަނީ ހޮސްޕިޓަލުން ދޫކޮށްލެވިފަ. މިހާރު އޭނާއަށް ނޭވާލުމުގައި އުދަނގުލެއް ނުވާނެ'' ޑޮކްޓަރ އެލީނާ ބުންޏެވެ.

ނޭފަތުގައި ތާށިވެފައިވާ ފައިސާ ފޮއްޗަކީ މީގެ 53 އަހަރު ކުރިން އެއް ޕެނީއެވެ. ގިނަ ދުވަސްވުމުގެ ސަބަބުން ފައިސާ ފޮތީގެ ދެ ފުށުގައިވާ ކުރެހުންތައް ވެސް ފެންނަން ނެތް ކަމަށް އޮޕަރޭޝަން ކުރި ޓީމުން ބުނެފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    2
    8
  2. Anonymous

    😶

    1
    4
  3. ރާއްޖެ

    😮😮

    5
    1
  4. ދިދަ ދަނޑި

    ހާދަ ޖާގަބޮޑު ނޭފަތެކޭދޯ...

    6
    2