ހަ މީހަކު މަރާލި އިންޑިއާގެ ގުޖްރާތަށް ނިސްބަތްވާ ޑިލިޕް ޑެވާލް މަރާލައިފިއެވެ. ރަޓްލަމް ފުލުހުން އޭނާގެ ގަޔަށް ބަޑި ޖަހާ މަރާލާފައި ވަނީ ރޭގެ ވަގުތެއްގައި ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައެވެ.

ޑިލިޕް އަކީ މިދިޔަ މަސް ތެރޭގައި ހަ މީހަކު މަރާލި މީހެކެވެ. އޭނާ މަރާލި މީހުންގެ ތެރޭގައި އޭނާގެ އާއިލާ މީހުންވެސް ހިމެނެއެެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ރޭ ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި ބަޑީގެ ހަމަލާތައް ދެކޮޅުންވެސް އަމާޒުކުރިއިރު، އެ ހަދިސާގައި ފަސް ފުލުހުންނަށްވެސް އަނިޔާވެފައި ވެއެވެ.

"ފުލުހުން ޖެހި ބަޑީގެ ހަަލާތައް އޭނާއަށް އަމާޒުވެ، ލިބުނު އަނިޔާތަކަށް ހޮސްޕިޓަލަށް ގެންގޮސްފައިވަނިކޮށް ވަނީ މަރުވެފައި. އެ ހާދިސާގައި ފަސް ފުލުހަކަށް ވަނީ އަނިޔާވެފައި". ފުލުހުން ބުނެފައި ވެއެވެ.

އުމުރުން 38 އަހަރުގެ ޑިލިޕްއަކީ ސައިކޯޕަތިކް ކިިލާއެއްކަމަށް ފުލުހުން ބުނެއެވެ. އޭނާ ވަނީ ނޮވެމްބަރު 25 ވަނަ ދުވަހު އޭނާގެ އަނބިމީހާއާ އޭނާގެ އަންހެން ދަރިފުޅުވެސް މަރާލާފައެވެ. ފުލުހުން ބުނެފައިވާގޮތުގައި، އާއިލާ މީހުން މަރާލާފައި ވަނީ ވައްކަމުގެ ހަރަކާތެއްގެ ތެރެއިންނެވެ.

މީގެ ކުރިން ފުލުހުން ވަނީ ޑިލިޕް އާއެކު މީހުން މެރުމުގައި ހަރަކާތްތެރިވި އިތުރު މީހުން ހައްޔަރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހޮޅިމީހާ

    ބީޖޭޕީ ގެ އިސް މަގާމުތަކުގަ އި ތިބީވެސް ހުސް ސަ އިކޯ މީހުން. މި އީ ސަމާސާ ވާހަކަ އެ އް ނޫން.

    29
    2