އިންޑިޔާގެ ފިލްމީތަރި ޕްރިޔަންކާ ޗޯޕްެޅާ އާއި ލަވަކިއުންތެރިޔާ ނިކް ޖޮންސްގެ ކައިވެންޏަށް ދެ އަހަރު ފުރިފައިވާއިރު ކައިވެނީގައި މިހާތަނަށް ނުފެނި ހުރި ފޮޓޯތަކުގެ ތެެއިން އާ ފޮޓޯތަކެއް ދައްކާލައިފި އެވެ. 28 އަހަރުގެ ޖޮންސް އާއި 38 އަހަރުގެ ޕްރިޔަންކާ ކައިވެނި ކޮށްފައި ވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުގައި އެވެ. ކައިވެނީގެ ދެ ހަފްލާއެއް ޕްރިޔަންކާ އާއި ޖޯނަސް ބާއްވާފައިވާއިރު ފުރަތަމަ ކައިވެންޏަކީ އިންޑިޔާގެ ޖޮދްޕުރް ގެ ތާޖް އުމައިދް ބަވަން ގަނޑުވަރުގައި ބޭއްވި ހިންދީ ކައިވެންޏެކެވެ. ދެވަނަ ކައިވެންޏަކީ ނަސާރާ ކައިވެންޏެވެ.

ޕްރިޔަންކާ އާއި ނިކްގެ ކައިވެނި ދެ ބައްރުގައި ބާއްވާފައިވާއިރު ދެމީހުން ވެސް ވަނީ ކައިވެނީގެ 2 ވަނަ އަހަރުގެ މުނާސަބާގެ ތަހުނިޔާ އެކަކު އަނެކަކަށް ފޮނުވާ މީސްމީޑިޔާގައި އެކަން ހިއްސާކޮށްފަ އެވެ. ޕްރިޔަންކާ ކުރި ޕޯސްޓުގައި ބުނީ ނިކް އަކީ އޭނާގެ ބާރު ކަމަށާއި އަބަދުވެސް އޭނާގެ ހުންނަނީ ނިކް ކަމަށެވެ. އަދި އޭނާގެ ބަލި ފަޔަކީވެސް ނިކް ކަމަށް ޕްރިޔަންކާގެ ޕޯސްޓުގައި ބުނެފައި ވެއެވެ.

އިންޑިޔާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޖޮންސް ބުނީ މިއުޒިކް ދާއިރާ ވިޔަސް ނުވަތަ ޓީވީގެ ކަމެއްގައި ކަމަށް ވިޔަސް އޭނާ ވަރަށް ހުނަރުވެރި ކަމަށެވެ. އެންމެ އުނދަގޫވާ ކަމަކީ ދެމީހުންނަށްވެސް ގޭގައި މަޑުނުކުރެތީ ކަމަށް ނިކް ބުނާއިރު ފާއިތުވި އަހަރުތަކުގައި ދެމީހުންވެސް ވަރަށް ބިޒީ ތާވަލެއްގައި މަސައްކަތް ކޮށްފައިވާކަން އޭނާ ބުންޏެވެ.

 

View this post on Instagram

 

A post shared by Priyanka Chopra Jonas (@priyankachopra)

ފިލްމީ ދާއިރާގައި ގިނަ އަހަރު މަސައްކަތް ކޮށްފައިވާ ޕްރިޔަންކާ އަކީ ބޮލީވުޑްގެ ފިލްމުތަކުގެ އިތުރުން ހޮލީވުޑްގެ ފިލްމުތައްވެސް ކުޅޭ އެކްޓަރެކެވެ. އޭނާ އަށް ވަނީ ފިލްމީ ދާއިރާގައި އެތަކެއް ކާމިޔާބީ ތަކެއްވެސް ލިބިފަ އެވެ. އެގޮތުން 2008 ވަނަ އަހަރު ނިކުތް 'ފެޝަން' ގައި އޭނާ ދެއްކި އެކްޓިން އަށް އޭނާ އަށް ވަނީ ނެޝެނަލް ފިލްމު އެވޯޑް ފޯ ބެސްޓް އެކްރެސް ކަން ލިބިފަ އެވެ. އަދި އިތުރު 5 ފިލްމް ފެއާ އެވޯޑް ވެސް ވަނީ ލިބިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޕުތުރީ

    ޥަރެއްގެ ދެ މަފިރިން. ޙީވަނީ އާކުކުޅަކަށް ގާބިހެއް އެޅުނީހެން

    17
    • ބިސް

      ހަމަ ތި ބިސް އަޅާ އައްޒަމެން ވެސް