ލޯބީގެ ގޮތުން ގުޅިގެން އުޅޭ ބައިވެރިޔާއާއި ވަކިވުމަކީ ވަރަށް ހިތްދަތި ކަމެކެވެ. މިއީ ހިތާމަތައް ހިއްސާ ކުރާނެ މީހަކު ނެތި އެކަނިވެރި އިހްސާސް ކުރުވާ ދުވަސްވަރެކެވެ. އެއްވެސް ކަމެއް ކުރާހިތްނުވެ ހިތާމައިގައި އަމިއްލަ ދުނިޔެއަކަށް ގެއްލިފައި ހުރެވެއެވެ. މި ހިތާމަތަކުން އަރައިގަތުމަށް ދުވަސްކޮޅެއް ނަގާނެއެވެ.

މިފަދަ ހިތާމަވެރި ވަގުތުގައި ކުޑަވެސް ލުޔެއް ލިބެނީ ކާނާއިންނެވެ. ކާނާއަކީ އަބަދުވެސް އެންމެންގެ ހިތްހަމަޖައްސައިދޭ އެއްޗެކެވެ. ބައިވެރިޔާއާއި ރުޅިވެ، އެ ހިތާމަތަކުން އަރައިގަންނަން ކާން އެންމެ ރަނގަޅު ކާނާގެ ބާވަތްތަކަކީ:

ކޭކު

ކޭކަކީ މިފަދަ ހުރިހާ ކަމެއްގެ ވެސް ހައްލެވެ. ކޭކު ކެއުމުން ހިތަށް ހިތްހަމަ ޖެހުން ލިބި، އޭގެ ފޮނި ރަހައިން އުފާވެރިކަން ގެނެސްދެއެވެ.

ބާގަރ

ހިތް ހަލާކުވެފައިވާ ދަނޑިވަޅެއްގައި އެންމެ ރަނގަޅީ އެ ތަނެއްގައި ލިބެން ހުރި ބާގަރގެ ތެރެއިން އެންމެ ބޮޑު ބާގަރއެއް ކައިލުމެވެ. ފަލަވާނެ ކަމަށް ބިރުން ނުހުރެ ބާގަރއެއް ކައިލައިގެން ހިތާމަތަކާއި ދުރުވެލެވޭނެއެވެ.

ސްޕެގެޓީ

މި ފަދަ ހިތާމަވެރި ދަނޑިވަޅެއްގައި ލޫސްދަމާފައި، އެންމެ ގަޔާވާ ޕާސްތާ ސޯސް އަޅައިގެން ސްޕެގެޓީ ކައިލުމުން ލިބޭ ހިތްހަމަޖެހުން ވެސް ވަރަށް ބޮޑެވެ.

އައިސްކުރީމް

ބައިވެރިޔާ ވަކިވެ ހިތް ހަލާކުވެފައިވާ ދުވަސްވަރެއްގައި ހިތްހަމަ ޖައްސައިލުމަށް ކައިލަން ދެން އެންމެ ރަނގަޅު އެކައްޗަކީ އައިސްކުރީމެވެ. އެންމެ ''ފެވަރިޓް ފްލެވާަރ''ގެ ބޮޑު އައިސްކުރީމް ތަށްޓެއް ހިފައިގެން އެންމެ ކަމުދާ ފިލުމު ބަލައިލަމުން އައިސްކުރީމް ކެއުމަކީ އުފާވެރިކަން ގެނުވާ ހިތާމަތަކާއި ދުރުކޮށްދޭނެ ކަމެކެވެ.

ފުރެންޗް ފްރައިސް

ބޯ ހާސްކަން ފިލުވައިލާ އުފާވެރިކަން ހޯދުމަށް ސޯސްއާއި ޖައްސާލައިގެން ފުރެންޖު ފްރައިސް ކައިލުން ވެސް ބުއްދިވެރިވާނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސޭނުބޭ

    އަދި އެބައުޅޭ އެކަކު އަނެކުންގެ މަސް ކާ މީހުންވެސް!

    11
    1
  2. ޖޯޖް

    މީ ކޮންކަހަލަ ތާކުންތާކު ނުޖެހޭ އާޓިކަލް އެއް

    15
    3
  3. ދަންޑަހެލު މެހެރާ

    ސިއްޙަތަށް ގެއްލުންހުރި ކާއެއްޗެހި މުޅިންވެސް. ބައިވެރިޔާ ގެއްލުމުން ތިމާގެ ހަށިގަނޑަށް ގެއްލުންދޭންވީ ނޫން. ޢެއަށްވުރެ ރަނގަޅު ބައިވެރިޔެއްިބޭތޯ ދުޢާ ކުރަންވީ

  4. ޜމޒ

    100 ޕަރސެނޓް ތާއީދު ހަމަ ކާންވީ އަދި އެހެންމީހަކުވެސް ހޯދާ މީހުން މަދެއްނުވާނެ

    3
    1