ކުކުޅު ލިބުމުގައި ގިނަ ދަތިތަކާއި ކުރިމަތިވުމުގެ ސަބަބުން، ދުުނިޔޭގެ މަޝްހޫރު ފްރެންޗައިސް ރެސްޓޯރަންޓް، ކޭއެފްސީގެ ބައެއް ރެސްޓޯރެންޓްތައް ބަންދުކުރަން ޖެހިއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އިނގިރޭސިވިލާތުގައި މި މައްސަލައިގެ ސަބަބުން ގިނަ ކޭއެފްސީ ރެސްޓޯރެންޓްތައް މިހާރު ބަންދުކޮށްފައިވާއިރު އެނޫންވެސް ބައެއް ރެސްޓޯރެންޓްތައް ވަނީ ބަންދުކުރަން ޖެހިފައެވެ.

މިމައްސަލަ ކުރިމަތިވެފައި ވަނީ، ކޭއެފްސީއަށް ކުކުޅު ފޯރުކޮށްދޭ ޑެލިވަރީ ކުންފުންޏަށް ދިމާވި ކަމެއްގެ ސަބަބުން ކަމަށްވެއެވެ. ނަމަވެސް އެކަމާއި ގުޅޭ ތަފްސީލެއް ނުވަތަ ރަސްމީ ބަހެއް އެފަރާތުން ހާމައެއް ނުކުރެއެވެ.

އިނގިރޭސިވިލާތުގެ ހަތް ސިޓީއެއްގައި ކޭއެފްސީ ރެސްޓޯރެންޓް ހުއްޓާލާފައިވާއިރު، މިކަމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި ކޭއެފްސީ ބަންދުކޮށް ރެސްޓޯރެންޓުތަކުގެ ދޮރުގައި ހަރުކޮށްފައިވާ ނޯޓުތަކެއްގެ ފޮޓޯ ނަގައި މީސްމީޑިއާގައި ދައުރުކުރަމުން ވެސް ދެއެވެ.

މިއީ ކުކުޅު ނުލިބުމުގެ ސަބަބުން ކޭއެފްސީގެ ރެސްޓޯރެންޓުތައް ބަންދުކުރަން ޖެހުނު ފުރަތަމަ ފަހަރު ކަމުގައިވާއިރު، މި މައްސަލާގައި އިތުރު ހިސާބުތަކުންވެސް ކޭއެފްސީގެ ބައެއް ރެސްޓޯރެންޓުތައް ބަންދުކުރަން ޖެހިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނނ

    ކޭ އެފްސީ ..ކުކުޅު ފަޔާ އަދި ސީ

  2. ފާފު

    ރާއްޖެއިން މަސްގެންދަންވީނު. ލިބިދާނެ. އެކަމަކު އިސްލާމީ ގައުމެއްވީމަ މިމީހުނަށް ކަމުނުގޮސްފާނެ