ރާއްޖޭގެ މަޝްހޫރު މޮޑެލް ކައިޒީން ޓިކްޓޮކްއަށް ވަން ހަބަރު ވެގެން ދިޔައީ ދިވެހިން ކެކިގެން ދިޔަ ހަބަރަަކަށެވެ. ހާއްސަކޮށް އޭނާގެ ފޭނުންނަށް މިކަން ވެފައިވަނީ އުފާވެރި ހަބަރަކަށެވެ.

ކައިޒީންގެ ފުރަތަމަ ޓިކްޓޮކް ވީޑިއޯއަކީ އޭނާ ހުޅުމާލޭގައި ނަގާފައިވާ ފޮޓޯޝޫޓެއްގެ ތެރެއިން ނަގާފައިވާ ވީޑިއޯއެކެވެ.

އެ ވީޑިއޯގައި އޭނާާ ފެނިގެން ގޮސްފައިވަނީ އެނިމަލް ޕްރިން ޖަމްޕްސޫޓެއްގައެވެ. އެ ވީޑިއޯއާއެކު އޭނާ ޓިކްޓޮކް ބޭނުން ކުރަން ފެށިކަން ވަނީ ހާމަކޮށްފައެވެ.

އޭނާ އާއްމު ކުރި ފުރަތަމަ ދެ ވީޑިއޯގެ ތެރެއިން އެެއް ވީޑިއޯއަށް 349،200 އަށް ވުރެ ގިނަ ވިއުޒް ވަނީ ލިބިފައެެވެ. އަދި އަނެއް ވީޑިއޯއަށް 108،000 ވިއުޒް ލިބުނެވެ.

އޭނާގެ މީގެ ހަތަރު ދުވަސް ކުރިންވެސް ވަނީ ޓިކްޓޮކް ވީޑިއޯއެއް އާއްމުކޮށްފައެވެ. އެ ވީޑިއޯއަށް 3000 އަށްވުރެ ގިނަ ލައިކްސް ލިބުނުއިރު، 113 ކޮމެންޓްސް އާއި 592 ޝެއާ މިއަދު މެންދުރާއި ހަމައަށް ވަނީ ލިބިފައެވެ. އަދި އެ ވީޑިއޯއަށް މިހާތަނަށް 63،000 ވިއުސް ވަނީ ލިބިފައެވެ.

ކައިޒީން ޓިކްޓޮކްއާ ގުޅުނު އިރު، ރާއްޖޭގެ މަޝްހޫރު ފިލްމީ ބައެއް ތަރިން ވެސް ޓިކްޓޮކްގައި އެކައުންޓް ހުޅުވާފައިވެއެވެ. ކައިޒީންގެ ޓިކްޓޮކް އެކައުންޓުގައި މިހާތަނަށް 14،500 ފޮލޯވަރުން އެބަތިއްބެވެ.

ކައިޒީން އަކީ މިހާރު ރާއްޖޭގައި ހުރި އެންމެ މަގްބޫލު އެންމެ ގިނަ ބަޔަކު ފޮލޯކުރާ މޮޑެލް އެވެ. އޭނާ ދަނީ ރާއްޖޭގެ މަޝްހޫރު ބްރޭންޑްތައް އިޝްތިހާރުކޮށްދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. އަލީ

    އޮރިޔާމުން އުޅުން އެއީ ރަނގަޅު ކަމެއް ނޫން

    116
    3
  2. ކައި

    ކަމުނުދޭ. ބޮޑަށް ހީވަނީ ފޫކޮޅު އިށްތިހާރު ކުރަން އުޅޭހެން.

    137
  3. މ

    ކަމަކު ނުދޭ😬
    ހިގަން ނޭނގޭކަން ފާހަގަ ކޮށްލެވޭ

    105
  4. އަލިބެއްޔާ

    "އެދުވަހަކީ، ތިމަން އިލާހު، ޖަހަންނަމައަށް، ކަލޭ ފުރިއްޖެހޭ ވަޙީ ކުރައްވާނޭ ދުވަހެވެ. އަދި އެ ޖަހަންނަމަ، ދެން އިތުރަށް ނެތްތޯޯއޭ ދަންނަވާނޭ ދުވަހެވެ." (ސޫރަތުލް ޤާފު 30)
    --
    މަރަކީ ވަރަށް ކައިރީގައި ވާ ކަމެއް.. އެއީ ޙަޤީޤަތެއް.. ޔަޤީނުންވެސް ވާނޭ ކަމެއް..

    158
    2
  5. Anonymous

    ޢޭނަ މޭކަޕް އާ ނުލާ އެހާ ހިތް ކަތިލާފަދަ ގޮތެއް ނުހުރެއެވެ ރީއްޗެއްވެސް ނޫނެވެ ބާބީ ޑޯލްއެއްހެން ސަޅި މޭކަޕެއް ކޮށްފަ ނިވާ ކަން ކުޑަ ފިރިހެނުންގެ ނިދާފައިވާ އިހްސާސް ހޭލައްވާފަދަ ހެދުމެއްލީމަ ދެން ހީވާނީ ސަހަރޯޔޭ

    100
    5
    • ހޫ

      އަމިއްލައަށް ހިފަހައްޓައި ނުލެވޭ އިހްސާސްތައް ފިރިހެނުންގެ ވީކް ސްޕޮޓް.

      10
      3
  6. ޒައިނުއްދީން

    ކައިޒީން ބުނެފައިވޭ ތިމަންނާ ނަމާދުކުރަމޯ؟ގަބޫލުކުރަން ވަރަށްދަތި...އިސްލާމްދީނުގައި މޮޑެލް ކުރަން ހުއްދައެއްނޫން މިކަން ނޭގެނީބާ މީނާއަށް
    ؟؟؟؟؟؟؟؟

    103
    1
  7. Anonymous

    އޮރިޔާންވެ ނިވާކަން ކުޑަވި ވަރަކަށް ވިއުސް ގިނަ ވާނެ. އިންސާނާގެ އެންމެ ގަތުގައި ވަނީ މަރު. މަރު އައިސް ބައްދަލު ކުރާނީ ކޮން ވަގުތަކު ކަމެއް ނޭންގޭ. ތައުބާ ނުވެ ހުއްޓާ މަރުވެއްޖެ ނަމަ ނަރަކަ. ކައްވަޅުގައި ޓިކްޓޮކް ކުޅެވިދާނެބާ

    82
    3
  8. އޭނާ

    މީހުން ލޯބިވާ ގޮތަށް އުޅެން ދަސްކު ރޭ. މީހުންގެ މަލާމާތާއި ފު ރައްސާ ރަ ލިބޭގޮތަށް އުޅުމަކީ އަމިއްލައަށް ތިމާގެ ޤަދަ ރު ނަގާލާ ފަޟީހަތްވުން.. ދިވެއްސެއް ވެއްޖެއްޔާ ހުންނަންވާނީ އިސްލާމް. ބޭ ރުފުށުން އެއީ މުސްލިމެންކަން އެނގެން ޖެހޭނެ.
    ހަނދާންކު ރާށޭ. އަންހެނާގެ އަބު ރާއި އިއްފަތްތެ ރިކަަމަކީ އެ ގެއްލިއްޖެއްޔާ ދެން ދުނިޔޭގެ ހު ރިހާ ޤާނޫނެއް އެއްކޮއްގެންވެސް އަނބު ރާ ނުލިބޭނެ އެއްޗެއްކަން.
    މީ މުސްލިމުންގެ ބިން. މި ތަނުގާ އުޅޭނީ މުސްލިމުން އުޅޭހެން. ޝައިޠާނާގެ ފިޔަވަޅުުތަކަށް ހިނގާ އެ އިސްތިހާ ރުކު ރާ މީހުންނަށް މި ބިމުން ޖާގަ ދެވިގެން ނުވާނެ.

    63
    1
  9. ވިސްނާ

    މީޓަރު ހެސްކިޔާފަ އެބުރޭނެ...ފާފަ ބިލް ވަރަށް ބޮޑުވާނެ...އެހެން މީހުން ގެބިލް ވެސް ދައްކަން ޖެހޭނީ ކައިޒީން...އެދުވަހުން އިންސްޓޯލް މެންޓް އަދި ޑިސް ކައުންޓެއްވެސް ނުލިބޭ ނެ ކަންނޭގެ.....ކައި އަށް ވިސްނޭ ތަމީ ބުނާ އެއްޗެއް؟

    71
    1
  10. ބޯގޯސް

    ހޮޔޮނުވާނެ ބަ ރަހަނާ ހާލުގަ ތިޔަވައްތަ ރައް އުޅޭ މީހުންގެ ވާހަކަ ނުޖަހަބަލަ

    84
    1
  11. ބޭކާރު

    ނޫހުގައި ތިޖަހާ ހަބަރު އޭނާ ޓިކްޓޮކަށް ފޮނުވައިގެން ދެން ވެރިފފައިވާނީ.
    އޭނާ އަރާފައި ހުރީ އިސްކޮޅައި ނުގުޅޭ ބޮޑު ޗައްޕަލަކަށް.
    .

    17
    2
  12. ޖޯޑީ

    ދިވެހި އަންހެނުން ވަރަށް ރުޅިއަންނާނެ ކައި ދެކެ. އެއީ އެމީހުންގެ ފިރިންވެސް ތިބެނީ ކައިއަށް މޮޔަވެފަ

    6
    28
  13. Anonymous

    ވަގުތު ނޫހުގެ މީހުން ވެސް ފާފަވެރިވާނެ އޮރިޔާން ދައްކަން އުޅޭ އަންހެނުން އިސްތިހާރުކޮށްދޭ ނަމަ. ނޫސްވެރިއަކަށް ވީތީ އެމީހެއްގެ މައްޗަށް ގަލަން އުފުއްލިގެންނެއް ނުވެ.

    "ހަމަކަށަވަރުން، إيمان ވި މީހުންގެ ތެރޭގައި ހުތުރުކަންބޮޑު ފާފައިގެ ވާހަކައާއި، عمل، ފެތުރިގެންދިއުމަށް ލޯބިކުރާމީހުން (ދަންނާށެވެ!) ދުނިޔެއާއި آخرة ގައި ވޭންދެނިވި عذاب އެމީހުންނަށް ހުށްޓެވެ. اللَّه ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ." ( ނޫރު ސޫރަތުގެ 19 ވަނަ އާޔަތުގެ ދިވެހި ތަރުޖަމާ)

    27
  14. ދޮންކާނަ

    ތީ ރާނބާ އަސްދޫޏެތްތަ މާކައް ރީއްޗެއް ނޫން

    14
    1
  15. މޫސް

    މިއީ އަސްލު ކިހިނެއްވާ މީހެއް ހާއްސައެހީއަށް ބޭނުންވާ މީހެއްތަ އަސްލު ކޮބާ މީނަ ކަމެއްކުރާއިރަށް ނޫސްގައި ޖަހާތީ މިއަހައިލީ

    18
    1
  16. ކުޑަ ފޫޅު

    މީ އަންހެނުންނައްހު ރި ހުތު ރެއް...

    22
    2
  17. އާދަމް ނައިފަރީ

    އަރަބި ޅެންވެރިޔަކު ކިިޔުއްވާފައި ވެޔޭ
    "ރީތިކަމަކީ ރީތި ޢިލްމާއި (ދީނުގެ ޢިލްމާއި) ރީިތި އުޅުމޭ. ރީިތި ޢިލްމާއި ރީތި އުޅުންވެރިކަން ނެތް މީހާގެ ރީތިކަމުގެ މިސާލަކީ ކުއްތާއެއްގެ ކަރުގާ އޮންނަ އަގުމާތް ރަންބަންދުގެ މިސާލެވެ."
    މީގާ އިތުރު ޝަރަހަޔަކަށް ދާންޖެހޭ ތަންކޮޅަކީ ތިމާގެ ކިބައިގާ ބޭރުފުށުގެ ރީތިކަން ހުރެމެވެސް އޭނާގެ ކިބައިގާ ތައުހީދުގެ ބިިންގާ އެޅިފައި ނެތް މީހަކަށް ވަންޏާ އެމީހަކު ދުނިޔެމަތީގާ ކުރި ހުރިހާކަމެއް ބާޠިލްވެ ޤިޔާމަތްދުވަހު ކަލާނގެ ކޯފާޔާ ޢަޒާބަށް ހުށަހެޅި ނަރަކައިގެ ވޭންދެނިވި ޢަޒާބު ހައްޤުވާނޭ މީހެކޭ.މީ މާތް ކަލާނގެ ވަޢުދުފުޅެއް.
    އަންހެނާގެ ޒީނަތްތެރިކަން ހަލާލު ނޫންގޮތުގާ ފާޅުކޮށް ދުނިޔަވީ ކުޑަ އަގަކަށް ތިމާގެ ހަށިގަނޑު ސޯސަލް މީޑިޔާއާއި އެހެނިހެން ފްލެޓްފޯމްތަކުގާ އިސްތިހާރުކުރަމުން ދާއިރު ކަލާނގެ ކޯފާޔަށް ބިރުވެތިވެލައްވާ. ތިޔަހުރި ދެއްކުންތެރިކަމަކީ ވެސް ޝިރުކުގެ ވައްތަަރެކޭ. ތައުހީދާ ޝިރުކުވެސް ދަސްކުރާށޭ. ދަންނަންވާނޭ. އެއީ މުސްލިމުންގެ ފުރަތަމަ ފިލާވަޅޭ.
    މިވައްތަރު އަންހެނުންގެ ވާހައިން ރަސޫލާ صلي لله عليه وسلم ވަނީ މީގެ 1400 އަހަރުކުރިން އުންމަތަށް އިންޒާރު ދެއްވާފާ.އަދި އެއީ ސުވަރުގެ ނުވަންނާނޭ ބަޔަކު ކަމާ ސުވަރުގޭގެ ވަސްވެސް ނުލިބޭނޭ ބަޔަކުކަމަށް ނަޒީރު ދެއްވާފާ.

    24
    1
  18. މުހައްމަދު

    ޝައިތާނާގެ އަވާގައި ނުޖެހުނު މީހެއް.. ނަމަވެސް އަންހެނުންގެ އަވައިގައި ޖެހި ހަލާކު ވެގެން ދާނެކަމަށް އަންގަވާފައި ވާކަން އެއީ ވަރައް ބޮޑު ތެދެއްކަން އެނގިގެންދޭ..

  19. އަންނި

    ކައީގެ ތިޔަ ހުރި ..... ބޭނުން ފެނާނުލާ ދިރުވާލަން.

    1
    6