ހަނދުގައި ހަތަރު ވަނަ އަށް ހިނގި އެސްޓްރޯނަޓް އެމެރިކާގެ އެލަން ބީން އުމުރުން 86 އަހަރުގައި މަރުވެއްޖެއެވެ. ބީން ވަނީ 31 ގަޑީއިރު ހަނދުގައި ހޭދަކޮށްފައެވެ.

އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ބުނެފައިވަނީ ބީން މަރުވީ ހޮނިހިރު ދުވަހު ކަމަށާއި މަރުވީ ކުޑަ ދުވަސްކޮޅަކު ބަލިވެ އުޅުމަށް ފަހުގައި ކަމަށެވެ. ބީންގެ އާއިލާ ވެސް ވަނީ މިކަން ކަށަވަރު ކޮއްދީފައެވެ.

އެމެރިކާ އިން އިންސާނުންނާ އެކު ޖައްވަށް ފުރަތަމަ ފޮނުވި ސްޕޭސް ސްޓޭޝަން ކަމުގައިވާ ސްކައިލެބްގެ ކޮމާންޑަރަކީ ވެސް ބީން އެވެ. އެ ދަތުރުގައި ބީން ވަނީ 59 ދުވަހުގެ މުއްދަތައް ދުނިޔެ ވަށާ ބުރު ޖަހާފައެވެ.

ހަނދަށް އެންމެ ފަހުން ދިޔަ މީހާ ކަމަށްވާ އެމެރިކާގެ އެސްޓްރޮނައުޓް ޖީން ސާނެން ވެސް ވަނީ މިދިޔަ އަހަރު މަރުވެފައެވެ. އަދި މީގެ އިތުރުން މިއަހަރު ކުރީ ކޮޅު ހަ ފަހަރެއްގެ މަތިން ޖައްވަށް ގޮސް، ހަނދުގައި ހިނގާފައިވާ ނާސާގެ އެސްޓްރޮނޯޓް ޖޯން ޔަންގް ވެސް ވަނީ މަރުވެފައެވެ.

ހަނދު، އަކީ ބިމަށް ނިސްބަތްވާ ހަމައެކަނި ތޮބީއީ ސެޓްލައިޓެވެ. އަދި އިރާވީ ނިޒާމުގައި ފަސްވަނައަށް އެންމެ ބޮޑު ސެޓަލައިޓެވެ. ހަނދަކީ އަރުޒުގެ އުޑުގައިވާ ދެވަނައަށް އެންމެ އަލިގަދަ އެއްޗެވެ.

އެޕޯލޯ 17ގައި އެމެރިކާއިން ހަނދަށް ދިޔައީ 1972 ގަ އެވެ. އޭގެ އެތަކެއް އަހަރެއްފަހުން ޗައިނާއިން ހަނދަށް ދިޔައީ 2013 ގަ އެވެ. ނަމަވެސް މިހާރު މިކަމުގައި ޗައިނާއިން އެމެރިކާއަށްވުރެ ކުރި ހޯދާނެ ކަމުގައި މިވަނީ ބެލެވެން ފަށާފަ އެވެ.

ހަނދަށް ދިއުމުގެ ގާބިލުކަން ލިބިފައި ހުއްޓަސް ކުރަންޖެހޭ ހަރަދާއި އަޅާ ބަލާ އިރު އިންސާނުން ހަނދަށް ފޮނުވުމަކީ ހަގީގަތުގައިވެސް ބޭކާރު ކަމެއް ކަމަށް ނާސާ އިން ބުނެއެވެ. ސަބަބަކީ އިންސާނުންގެ ފުރާނަ ގުރުބާން ނުކޮށްވެސް މިހާރު ހަނދުގެ ދިރާސާތަށް ކުރެވެން އޮތުމެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދޮގެއްތަ މިބުނީ؟

    ހަނދުގަ އެކަކުވެސް ނުހިނގާ. ކޮންހާ ދޮގު ބުހުތާނެއް ހަދާކަށް.

  2. ނަން

    އޭނަ ހަނދަކު ނުހިނގާ ތީ ހުސްފުލޯކު ވާހަކަ

  3. ސައްތާރު

    ހަނދައްކަށް ދެވުނުކަމެއް އަހަރެން ގަބޫލެއްނުކުރަން، 46 އަހަރު ކުރީގަ ދެވުނުތަނަކަށް މިއަދު ނުދެވެން ވީސަބަބެއްނޭގެ،ޓެކޮނުލޮޖީއަށްބެލިޔަސް! ދެން އެމެރިކާ މީހުން ދޮގުހެދީތީވެ އެކަން ފަޅާއެރުވުމުގެ ބޭނުމުގަ ޗައިނާއިން ދިޔަކަމަށް އެބުނަމުންދަނީ!