ބޭނުންވާ ތަކެތި

1 ޕެކެޓް ފުލް ކްރީމް މިލްކް
1 ޕެކެޓް މާރީ ބިސްކޯދު
2 މސ ކޯން ފްލާ (ފެންފޮދެއްގައި ގިރާފައި)
1 ދަޅު ގެރި ކިރު
1/2 ޖޯޑު ކެޝޫނަޓް / ހިކިމޭބިސްކަދުރު

ތައްޔާރު ކުރާނެ ގޮތް

ތެއްޔަކަށް ކިރު ޕެކެޓް އަޅާލުމަށްފަހު ކިރުފޮދު ކައްކާލާށެވެ. ކެކެންފެށުމުން ގެރިކިރު ކޮޅު އަޅާ އެއްކޮށްލާށެވެ. ދެން ކޯން ފްލާކޮޅު އެޅުމަށްފަހު ރީއްޗަށް އޮލަވަންދެއް ކައްކާލާށެވެ. ގަނޑު ވިޔަ ނުދިނުމަށާއި، ފުލުގައި ހިފިޔަ ނުދިނުމަށް ކިރުފޮދު ރީއްޗަށް ހަލާލަމުން ގެންދާށެވެ. މީގެ ތެރެއަށް ނަޓް ކޮޅާއި ހިކިމޭބިސްކަދުރުކޮޅު އަޅާލާށެވެ. ދެން ޓްރޭ އެއްގައި ބިސްކޯދު އަތުރާލާ، ކިރުތައް މީގެ މައްޗަށް އަޅާލާ ސެޓްކުރަން ފްރިޖަށްލާށެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަސަންބެ

    ޗިޗިޗި...ހަދަ ނުބައި ޕުޑިންނެއް!!!

    2
    4