ބޭނުންވާ ތަކެތި

1 1/2 ޖޯޑު މޭޝްޑް ޕޮޓޭޓޯ
1 ސައި ސަމުސާ ލޮނު
1/2 މޭޒުމަތީ ސަމުސާ އަސޭ މިރުސް
1/4 މޭޒުމަތީ ސަމުސާ ގާލިކް ޕައުޑަރ / ޕޭސްޓް
1/4 ޖޯޑު ބަޓަރ (ވިރުވާފަ)
1/2 ސައި ސަމުސާ ތެޅިމިރުސް
1 މޭޒުމަތީ ސަމުސާ ފެން
1 ބިސް
1 ކުކުޅު (ކޮށާފައި)

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ، މޭޝްޑް ޕޮޓޭޓޯ، ލޮނު މިރުސް އަދި ގާލިކް ޕައުޑަރ އެއްކޮށްލާށެވެ. މީގެ ތެރެއަށް ބަޓަރ ކޮޅު އަޅާލާ އެއްކޮށްލާށެވެ.

އެހެން ތައްޓެއްގައި ބިހާއި ފެން އެއްކޮށްލައި ގިރާލާށެވެ. ކުކުޅުތައް ފުރަތަމަ މޭޝް ޕޮޓޭޓޯ މިކްސިންގ އަށް ލައި، ރީތިކޮށް ކުކުޅުގައި އަލުވިކޮޅު އުނގުޅާށެވެ. ދެން ބިހަށް ލާނީއެވެ. ޓްރޭ އެއްގައި މާޖިރިން ނޫނީ ބަޓަރ އުނގުޅުމަށްފަހު ކުކުޅުތައް އަތުރާލައި، ރޯފިލަންދެން އަވަނުން ފިހެލާށެވެ.