ލޯބީގެ ކުޅިވަރުގައި ފުރަތަމަ ބޭވަފާތެރިވަނީ އަންހެނުންކަމަށް ދިވެހިންގެ ތެރޭގައި ކުރެވުނު ދިރާސާއަކުން ދައްކަފިއެވެ.

"ވަގުތު" އިން ދިވެހިންނަށް އަމާޒު ކުރެވިގެން ކުރެވުނު މިދިރާސާގައި ޖުމްލަ 100 އަށްވުރެ ގިނަ އަންހެނުންނަށާއި ފިރިހެނުންނާ ސުވާލު ކުރެވިފައިވާއިރު، މިދިރާސާގެ ނަތީޖާ ދައްކާގޮތުން ލޯބީގެ ގޮތުން ފުރަތަމަ ބޭވަފާތެރިވަނީ އަންހެނުންނެވެ.

" ވަގުތު " އާ ވާހަކަ ދެއްކި 20 އަހަރުގެ މީހަކު އޭނާގެ ތަޖުރިބާ ޙިއްސާ ކުރަމުން ބުނެފައިވަނީ ފިރިހެންމީހާ އެހެން މީހުންގެ ޖަޒުބާތުތަކާ ކުޅެނީ ފުރަތަމަ އަންހެނަކު އޭނައަށް ބޭވަފާތެރިވުން ކަމަށެވެ.

" ފުރަތަމަ އަސްލު އަންހެން މީހާ ބޭވަފާތެރިވަނީ. މިސާލަކަށް ފިރިހެންމީހާ އުޅޭނެ އޭނާ ރައްޓެހިވާ މީހާއާއެކު ވަރަށް ލޯބިން. އުޅެނިކޮށް ދޯކާ ދީފައިދާނީ. އެހެން މީހަކު ދެކެ އަންހެން މީހާއަށް ލޯބި ވެވޭނީ. ނޫނީ އަންހެން މީހާގެ އެކްސް ގާތަށް ދާން ބޭނުންވާނީ. މިގޮތަށް ޙަޤީޤީ ލޯބިވީ މީހަކު ދޯކާ ދިނީމަ ދެން އޭނަ ބަދަލު ހިފަން ބޭނުންވާނީ. " އޭނާ ކިޔައިދިނެވެ.

މިމީހާ ޤަބޫލު ކުރާ ގޮތުގައި ފިރިހެންމީހާ ބޭވަފާތެރިވަނީ އަންހެނަކު އޭނާއަށް ބޭވަފާތެރިވުމުން އެކަމުގެ ބަދަލު ހިފުމުގެ ގޮތުން ކަމަށެވެ. ނަމަވެސް މިކަމުގައި ތަފާތުވަނީ ބަދަލު ހިފާ ގޮތެވެ. ފިރިހެން މީހާ ބަދަލު ހިފުމުގެ ގޮތުން ރައްޓެހިވަނީ އެހެން އަންހެން ކުއްޖަކާއެވެ. އަދި އެކުއްޖާއަށް ބޭވަފާތެރިވެއެެވެ. މިގޮތަށް އެއްފަހަރު ލޯބިވީ ކުއްޖަކު ބޭވަފާތެރިވެފައިވާ ފިރިހެނަކު ޤަބޫލު ކުރާ ގޮތުގައި ހުރިހާ އަންހެނުންވެސް ކޮންމެވެސް ހިސާބެއްގައި ބޭވަފާތެރިވާނެއެވެ. މިހެންވެ ބަދަލު ހިފުމުގެ ގޮތުން އަންހެން ކުއްޖަކާ ލޯބީގެ ގޮތުން ގުޅި އެކުއްޖާއަށް ބޭވަފާތެރިވެއެވެ.

މިއީ ދިވެހިންގެ ތެރެއިންގެ ގިނަ ފިރިހެނުން އަދި އަންހެނުންވެސް ޤަބޫލު ކުރާ ގޮތެވެ. މިގޮތުން މިދިރާސާގައި ބައިވެރިވި އަންހެނުންގެ ތެރެއިން %67 ޤަބޫލު ކުރާ ގޮތުގައި ލޯބީގެ ގޮތުން ގުޅިގެން އުޅޭއިރު ފުރަތަމަ ބޭވަފާތެރިވަނީ އަންހެނުންނެވެ. އަދި ފިިރިހެނުންގެ ތެރެއިން %87 މީހުންވެސް ޤަބޫލު ކުރަނީ މިގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙރރ

    ޢެވާގޮތަކީ ޢަންހެނުންނައް މާ ބޮޑައް ލާރި ފެންނަނީ

  2. އޯކޭ

    އެފަހަރަކު ބޭވަފާތެރިވާން ހިތައް އެރީމަ ބޭވަފާތެރިވަނީ އަންހެނެއް ފިރިހެނެއްކިޔާނެ ކަމެއްނެތް، މީގަ އޮންނަނީ ހިތައްއެރުން

  3. މުހައްމަދު

    ވަރަށް ބޮޑު ތެދެއް.

  4. ާިަބޭވަފާ

    ދިވެހި ފިރިހެނުންނައް އަނބިންނަށް އަޅާލަން ނޭނގޭ ތަންކޮޅު

  5. އަސްލު

    ފިރިން އަނބިންނަށް ލޯބި ހޯދަދޭން ނޭންގެނީ.. ދެން ދުނިޔެ މަތީގަ އަންހެނުންގެ ފިތުނަ ބޮޑީ