އިނގިރޭސިވިލާތުގެ ޝާހީ ކައިވެނި ކުރެވުނުތާ ހަފްތާއެއް ވެފައި ވާއިރު އަދިވެސް އެކައިވެނީގެ ވާހަކަތަކަށް ނިމުމެއް ނާދެއެވެ. ނަމަވެސް މިފަހަރު މިއޮތީ ޕްރިންސް ހެރީ އާއި މޭގަން މާކެލްގެ ކައިވެނީގެ ވާހަކައެއް ނޫނެވެ.

އިނގިރޭސިވިލާތުގެ ޝާހީ ކައިވެނި ކުރިއަށް ދިޔަ ގޮތައް އެމެރިކާގެ ދެޒުވާނުން ވެސް މިވަނީ ކައިވެނީގެ ރަސްމިއްޔާތެއް ކުރިއަށް ގެންގޮސް "ޝާހީ ކައިވެންޏެއް" ކޮށްފައެވެ.

ނިއުޔޯކަށް ނިސްބަތްވާ ރޫޑީ އާއި ނޭޑިން ކައިވެނީގެ ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދިޔައީ އިނގިރޭސިވިލާތުގެ ޝާހީ ކައިވެނި ކުރިއަށް ގެންދިޔަ ގޮތަށެވެ. އިނގިރޭސިވިލާތުގެ ޝާހީ ކައިވެނީގައި ބައިވެރިވުމުގެ ފުރުސަތު އާންމު ފަރާތްތަކަށް ދިނުމުން ރޫޑީ އާއި ނޭޑިން ވެސް ކަންތައް ކުރި ގޮތަށެވެ.

ގިނަ ބަޔަކު ކައިވެނި ހަފްލާގައި ބައިވެރި ކުރަން މިދެޒުވާނުން ކައިވެނި ހަފްލާ ބޭއްވީ ރޫޑީގެ ބައްޕަގެ ސްޕަމާޓެއްގައެވެ. އާންމުންނަށް ހުޅުވާލައިގެން ހުކުރު ދުވަހު ބޭއްވި ކައިވެނި ހަފްލާގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވިއެވެ.

ޕްރިންސް ހެރީ އާއި މޭގަންގެ ފޮޓޯ އިން ޒީނަތްތެރިކޮށްފައިވާ ކައިވެނި ހަފްލާގައި ފެޅި ކޭކް ވެސް ތައްޔާރު ކުރީ ޝާހީ ކައިވެނީގައި ކޭކް ތައްޔާރުކުރި ގޮތައް އެތަކެތި ބޭނުން ކޮށްގެންނެވެ.

ޝާހީ ކައިވެންޏަށް ލިބުނު ވަރުގެ ސަމާލުކަމެއް ރޫޑީ އާއި ނޭޑިންގެ ކައިވެންޏަށް ނުލިބުނު ނަމަވެސް އެދެމަފިރިންގެ ކައިވެންޏަށް ވެސް މިހާރު ވަނީ މީޑިއާގެ ސަމާލުކަން ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު