ތައިލެންޑުގައި އޮތް ރީތީގެ ރާނީ ހޮވުަށް މުބާރާތެއްގައި ބައިވެރިވި 30 ކުދިން އަރައި ތިބި ބުރިޖެއް ހަލާކުވެ، އެ ހުރިހާ އަންހެނުންހަޑިވެފައިވާ ކޯރަކަށް ވެއްޓިއްޖެ އެވެ.

މި އަންހެނުން ކޯރަށް ވެއްޓޭ ވީޑިއޯއެއް މިހާރު ދަނީ މީސް މީޑިޔާގައި ހަލުވިކަމާއި އެކު ދައުރުވަމުންނެވެ. ބައެއް މީހުންނަށް މި ވީޑިއޯއަކީ މަޖާ ވީޑިއޯއަކަށް ވެސް ވެދާނެއެވެ. ނަމަވެސް ބައެއް މީހުންނަށް މިއީ ހިތާމަވެރި ކަމެކެވެ. ކޯރަށް ވެއްޓި އަނިޔާވި އަންހެނުންނަށް މިއީ ހިތްދަތި ކަމެކެވެ.

ތައިލެންޑުގެ ޗިއަންގް މެއިގައި ހުރި ބުރިޖެއްގެ މަތީގައި މުބާރާތުގެ ބައިވެރިން ހުއްޓި ތިބީ ފޮޓޯއަކަށެވެ. އެއީ އެ މުބާރާތުގެ ދެވަނަ ދުވަސް ކަމަށް ވެސް ރިޕޯޓްތަކުގައިވެއެވެ.

މުބާރާތުގެ ބައިވެރިން މި ބުރިޖުގައި ހުއްޓިލައި ތިބީ އެ ކުދިން ދިޔަ ކެފޭއެއްގެ ޕްރޮމޯޓް ކުރުމަށް ފޮޓޯއެއް ނެގުމަށް ހުއްޓިލައިގެންނެވެ. ކޮންމެ އަންހެނެއްގެ އަތުގައި ވެސް އެ ކެފޭގެ ބުއިމެއް އޮތެވެ.

ކޯރެއް ހުރަސް ކުރުމަށް އަޅާފައިވާ މި ބުރިޖަކީ ދަގަނޑު ވޯކްވޭއަކާއި ދެ ފަރާތުގައި ވަލުން ހަދާފައިވާ ބުރިޖެކެވެ. ބުރިޖު ހަލާކުވެގެން ހަޑި ކޯރެއްގެ ތެރެއަށް މުބާރާތުގެ ބައިވެރިން ވެއްޓުން ވެގެން ދިޔައީ ކެފޭގެ ވެރިމީހާއަށާއި އެ ކުދިންނަށް ވެސް ލިބުނު ގެއްލުމެއް ކަމަށް ރިޕޯޓްތަކުގައިވެއެވެ.

މި އަންހެނުންގެ ތެރެއިން ތިން އަންހެނަކަށް ވަނީ އަނިޔާވެފައެވެ. އެއް އަންހެނެއްގެ އަތް ކަނޑައިގެން ގޮސް، ނިތްކުރިން ހަން މަށައިގެން ގޮސްފައިވެއެވެ. އަދި އަނެއް ދެ އަންހެނުން ވެސް ތަންތަން ހަލާކުވެފައިވާ ކަމަށް ރިޕޯޓްތަކުގައިވެއެވެ.

އަނިޔާވި މީހުންގެ ވަނީ ވަގުތުން ހޮސްޕިޓަލަށް ގެންދެވިފައެވެ. އަދި ފަރުވާގެ ޚަރަދު ދީފައިވަނީ ކެފޭގެ ވެރިމީހާއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރާނީ

    ކޮބާ ވީޑިއޯ

    12
    • މަ

      ވަގުތު މީހުން ލިޔާ ޙަބަރުގަ ވަރަށް ހަދާނެ އެހެން. ވީޑިއޯ ކޮޅު ލީނަމަ ފުރިހަމަވީސް

      13
      1
  2. ކިޔުންތެރިޔާ

    ތިއީ ރެސްޓޯރަންޓް އިސްތިހާރު ކުރުމަށް ޖެއްސި ޕަބްލިކު ސްޓަންޓެއް ތިޔަ ވީޑިޔޯ ލާފައިވާ ވެބްސައިޓްގައިވެސް ބުނެފައިވަނީ ޑްރެމެޓިކު އިވެންޓެއް ކަމަށް. ނޫހަށް ކިޔުންތެރިން އިތުރު ކުރަންވެސް ހަޤީޤަތާއި ޙިލާފަށް އާރޓިކަލް ނުގެނެސް ދުނުން އެ ދެން.

    14
  3. އޯލް ފޯ ޑައުން..

    ރީތި ވެއްޖެއެއްނު!