ބޭނުންވާ ތަކެތި

1 1/4 ޖޯޑު ގްރަހަމް ބިސްކޯދު (މުގުރާފައި)
2 މޭޒުމަތީ ސަމުސާ ބަޓަރ
2 ދޮންކެޔޮ (ކޮށާފައި)
2 ޖެއްލޯ ވެނީލާ އިންސްޓަންޓް ޕުޑިންގް
3 ޖޯޑު ކިރު (ފިނިކޮށްފައި)
1 1/2 ޖޯޑު ވިޕިންގް ކްރީމް

ތައްޔާރު ކުރާނެ ގޮތް

ބިސްކޯދާއި ބަޓަރ އެއްކޮށްފައި ޓްރޭގެ ތިރީގައި ފަތުރާލާށެވެ. ދެން ކޮށާފައިހުރި ދޮންކެޔޮ ތަކުން އެއްބައި ބިސްކޯދުތައް މަތީގައި ފަތުރާލާށެވެ.

ދެން 1 ޖޯޑު ވިޕިންގް ކްރީމް ވަކިން ގިރުވާފައި ދޮންކެޔޮތަކުގެ މައްޗަށް އަޅާށެވެ.

ޕްޑިންގް މިކްސްޗާ އަދި ކިރު ރީތިކޮށް އެކުވާންދެން ގިރުވާލާށެވެ. އަދި ވިޕިންގް ކްރީމް މަތީގައި ދޮންކެޔޮ ލެޔާއެއް ފެތުރުމަށްފަހު މި މިކްސްޗާ އަޅާށެވެ. ދެން ފިނިކޮށްގެން ސާވް ކުރާށެވެ.