ފިފްޑީ ޝޭޑްސްގެ ފިލްމްތަކުން އާއްމުންގެ މަގުބޫލްކަން ހޯދި ހޮލީވުޑްގެ ތަރި ޑަކޯޓާ ޖޯންސަން އާއި އޭނާގެ ލޯބިވެރިޔާ ކްރިސް މާޓިންގެ ކައިވެނި އޮންނާނީ ދިވެހިރާއްޖޭގައި ކަމަށް ފިލްމީދާއިރާގެ ޚަބަރުތައް ގެނެސްދޭ ނޫހެއްގައި ބުނެފިއެވެ.
ދެތަރިންގެ ކައިވެނި މިއަހަރު ނުވަތަ މިއަންނަ އަހަރުގެ ކުރީކޮޅު އޮންނާނެ ކަމަށް ބުނި ނަމަވެސް ކައިވެނި ކުރަން ހަމަޖެހިފައިވާ ތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ. އަދި ކައިވެނި ކުރިއަށްދާނީ ރާއްޖޭގެ ކޮންރިސޯޓެއްގައި ކަން ވެސް މިހާތަނަށް މީޑިއާ އަށް ކަށަވަރު ވެފައެއް ނުވެއެވެ.
ނޫހުގައި ވަނީ ޑަކޯޓާ އާއި މާޓީންގެ ކައިވެނި ޕާޓީގައި ބައިވެރިވާނެ ބައެއް މީހުންގެ ނަންތައް ވެސް ހާމަކޮށްފައެވެ. އެގޮތުން ސޯން ޕެން އާއި މައިލީ ސައިރިސް އަދި ރޮބަޓް ޑޮނޭގެ އިތުރުން މާޓިންގެ ކުރީގެ އަނބިމީހާ ގެނެތު އާއި އޭނާގެ ދެދަރިން ވެސް ކައިވެނި ޕާޓީގައި ބައިވެރިވާނެ ކަމަށް ބުނެއެވެ.
"މާޓިން އާއި ޑަކޯޓާ އެކަކު އަނެކަކުދެކެ ވަރަށް ލޯބިވޭ، އެހެންކަމުން އެގުޅުން އެހެން ހަރުފަތަކަށް ގެންދަން އެމީހުން ތިބީ ކެއްމަދުވެފައި. އެމީހުން ބޭނުންވޭ ވަރަށް އަވަހަށް ދެމަފިރިންނަށްވާން." ދެލޯބިވެރިންގެ ގާތް މީހަކު މީޑިއާ އަށް މައުލޫމާތު ދެމުން ބުންޏެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިއަހަރު ކައިވެނި ކުރަން ދެތަރިން އޮތީ ވަރަށް ކުރިން ފެށިގެން ނިންމާފައެވެ. ނަމަވެސް އަހަރުގެ މިހައިތަނަށް އައިއިރު ކައިވެނި ނުކުރެވިފައި ވަނީ ކޮވިޑް-19 ފެތުރެމުން ދާތީ ކުރިމަތިި ދަތިތަކުގެ ސަބަބުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ހޮލީވުޑްގެ ދެތަރިންގެ ކައިވެނި ރާއްޖޭގައި ކުރުމަށް ހަމަޖެހެމުން ދާއިރު އެމެރިކާ މީހުންގެ މެދުގައި ވެސް މިހާރު އެންމެ މަގުބޫލް އެއްމަންޒިލަކީ ދިވެހިރާއްޖެއެވެ.
ފެބުރުއަރީގަ އޮތީ ވެލާ ޕުރައިވެޓް އައިލެންޑުގަ، މުޅިރިސޯޓް ހަފްތާއަކައް ނަގާގޮތައް އޮތީއެމީހުން
ދާނަން ޕާޓީ އަަށް
އިންޑިއާ މީހުން ދެންވެސް ބުނާނީ އެމީހުންނަށްވެސް ހިލޭއޭތަ ރާއްޖޭގަ ކައިވެނިކޮއް ޗުއްޓީހޭދަ ކުރަން ފުރުސަތު ލިބުނީ.. ހަމަ އެކަނި ޝަރުތަކީ ރާއްޖެ އިސްތިހާރުކުރަން ސޯޝިއަލް މީޑިއާއައް ފޮޓޯއެޅުމޭތަ.. ހާދަ ފޫސެކޭވަނީ އިންޑިއާ މީޑިއާދެކެ
ކޮވިޑް ގެ ބަލިމަޑުކަމުގެ ތެރޭގައި، މަޝްހޫރު ފަންނާނުންގެ މުހިންމު އިވެންޓް ތަކަށް ރާއްޖެ ހޮވުމަކީ ﷲގެ ޙަޟްރަތުން މިންވަރު ކުރައްވާ ބޮޑު ރަޙުމަތެކެވެ. ގިނަ ރިސޯރޓްތައް ހުޅުވި ރިސޯރޓް ވަޒީފާ ގެއްލިފައިވާ މީހުންގެ ވަޒީފާ އިޔާދަ ކުރައްވާށި! އާމީން. މިކަމުން ވެސް ފިޠުނަފަސާދަ އުފައްދަން އުޅޭ ބައިގަނޑަށް، ރަނގަޅު ޢިބްރަތެއް ލިބޭނެއެވެ.
ކޮބާ މަގޭ ކޮމެންޓް؟؟؟؟؟