މާސް ގައި ދިރިއުޅޭ އޭލިއަނުން ދުނިޔެ އަށް އައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ބައްދަލުކޮށް ބައެއް ކަންކަމުގައި ޓްރަމްޕް އަށް "ލަފާ ވެސް ވަނީ ދީފައި" ކަމަށް އިސްރާއީލްގެ ޖައްވީ ޕްރޮގްރާމާއިބެހޭ އިސްވެރިޔާގެ މަގާމު ގިނަ ދުވަސްތަކެއް ވަންދެން އަދާކުރި ޕްރޮފެސަރު ހެއިމް އެޝެޑް ބުނެފިއެވެ.

ހެއިމް ވަނީ އިސްރާއީލްގެ ޖައްވީ ޕްރޮގްރާމްގެ އިސްވެރިޔާގެ މަގާމު 1981 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރާއި ހަމައަށް ފުރާފައެވެ.

ހެއިމް ބުނާ ގޮތުން އެމެރިކާ އިން އޭލިއަނުންނާއި އެކު ކުރަމުން އަންނަ ކަންކަމުގެ ތަފްސީލް ހާމަކުރަން އެމެރިކާގެ ރައީސް ޓްރަމްޕް އެއްފަހަރު ތައްޔާރުވިއެވެ. ނަމަވެސް އެކަން ހުއްޓުވީ އޭލިއަނުން ކަމަށް އޭނާ ބުނެއެވެ. އޭނާ ބުނީ އޭލިއަނުން ހާއްސަ އުޅަނދެއްގައި ދުނިޔެ އަށް އައިސް ޓްރަމްޕް އާއި ބައްދަލުކޮށް އެމައުލޫމާތު ހާމަނުކުރަން ޓްރަމްޕަށް ލަފާދިނެވެ.

"އޭލިއަނުން ވަނީ އަދި އޭލިއަނުން އުޅޭކަން އެނގެން އިންސާނުން ތައްޔާރު ނޫންކަމަށް ޓްރަމްޕް ކައިރީ ބުނެފައި. ޓްރަމްޕް ވަނީ އެކަން ގަބޫލު ކޮށްފައި." ހެއިމް ބުންޏެވެ.

އޭނާ އިތުރަށް ބުނެފައިވާ ގޮތުގައި އެމެރިކާގެ އެސްޓްރޮނޯޓުން މިހާރު ވެސް އޭލިއަނުންނާއި އެކު މާސްގައި އެބައުޅެއެވެ.

"އަހަރެން މިވާހަކަ ދެއްކުމުން ބައެއް މީހުން ބުނެފާނެ އަހަރެން އެހުރީ މޮޔަވެފައޭ. އެހެނެއް ނޫން. އަހަރެން މިހާމަކުރަނީ އަހަރެންނަށް ލިބިފައި ހުރި މައުލޫމާތު. އަހަރެންނަށް ގެއްލޭނެ އެއްޗެއް ނެތް،" ހެއިމް ބުންޏެވެ.

ހެއިމްގެ ވާހަކަތައް ގިނަ މީހުން ފާހަގަ ކުރީ ބޮޑު ޖޯކެއްގެ ގޮތުގައެވެ. އަދި މިހައި ދުވަސް ވަންދެން ނުދައްކާ ހުރި ވާހަކަތަކެއް ކުއްލިއަކަށް އޭނާ ދައްކަނީ މަޝްހޫރު ވާންވެގެންތޯ ނުވަތަ ބުއްދި ފިލައިގެން ދިއުމުންތޯ ބައެއް މީހުން ވަނީ ސުވާލު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އައްޑޫ މީހާ

    ޓްރަމްޕަކީ އޭލިއަނުންގެ މާމައޭ ބުނިނަމަ އަދި ތިވާހަކަ މާގިނަމީހުން ގަބޫލުކުރާނެ

    28
  2. ކިރިދޫނި

    ދެވަނަ ޖާބިރު

    24
    2
  3. އަންނި

    ތިޔައީ ހަގީގަތެއް އަޅުގަނޑާވެސް ވަރަށް ގިނައިން ބައްދަލު ކޮއްފި މިހާރު.

    23
  4. ރިހާކުރުކުޑޭ

    ހެ ހެ ހެ .. ބަލަ އޭލިއަނުންބުނެގެން ނޫންތަ ޓުރަމްޕު އެމެރި ކާގެހުރިހާ ކޯޓުތަ ކަށް ދުވެއެނަގަނީ؟؟ އަހަންނަށްލިބިފަހުރި މައުލޫމާތުގެއަލީގަ އަހަންނަށްބުނެވޭނީ އޭލިއަނުންއޭނަޔަށްހުރިހާ މޮޔަލަފާދިނީ.. އަހަރެންމިހެންބުނީމާ ބައެއްމީހުންބުނެފާނެ ޖޯކެކޭ ..

    20
  5. ކެކެކެ

    😂😂

    2
    1
  6. Hoax

    ފައްކާ ބޯގަމާރު މޮޔަގަނޑެެއް ތީ 🤣🤣🤣🤣
    އަދި އިންސާނުންނަށް އެއުޅެނީ މާސްގައި ފައިވެސް ނުޖެހިގެން 😂

    17
  7. ކެނެރީގޭ ލާހޫރޭ

    މަ ހަމަ ގައިމުވެސް ތި ވާހަކަ ޤަބޫލުކުރަން......

    6
    12
  8. ހުސޭނުބޭ

    ކޮވިޑް ދުވަސްވަރު ތިގޮތަށް ބައްދަލުކުރުން މަނާކަމަށް އޭލިއަނުން ކައިރީގައި ޓްރަމްޕް ނުބުނޭތަ! ގޫގުލް މީޓް މެދުވެރިކޮށް ބައްދަލުކުރި ވާހަކަ ބުނިއްޔާ ޤަބޫލުކުރެވިދާނެ!

    21
    1
  9. ކަފަކުޑަސޮރު

    އެއީ އޭލިއަންގެ ކާފަ

    14
  10. ކަފަކުޑަސޮރު

    އެެއީ އޭލިޔަންގެ ކާފަ ކާފަދޫނި މޮޔަގަނޑު

    11
  11. އުއްތަމަ އުސްތާޛު

    އޭލިއަނުން އިބްރާހިމް މުހައްމަދު ޞާލިޙު އާ ވެސް ބައްދަލުކުރި

  12. އަލީ

    އެހެން އާދެވެ ފަހަރަކު ތިމާގެ މިހުންނާއި ބައްދަލު ކޮއްލަންވާނެއެއްނު.

  13. ކީލި

    އެއީ ފައިސާއަށް މޮޔަވެފައި ވާ ދެމީހުން
    އެމީހުން އެބުނި ދޮގު އެމީހުންނަށް ރަށްދު ކުރަށްވާށިއެވެ. ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ