ބޭނުންވާ ތަކެތި

1 ގަނޑު ރޯ މަސް (ތުނިކޮށް ކޮށާފައި)
1 ބޮޑު ފިޔާ (ތުނިކޮށް ކޮށާފައި)
2 ލޮނުމެދު (ގާނާފައި)
12 ހިކަނދިފަތް
8 ވަރަކަށް ރާނބާފަތްކޮޅު
1 ފަޅި ގިތެޔޮމިރުސް
2 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް
1 ހިކި މަސްޕެކެޓް (މުގުރާފައި)
2 މޭޒުމަތީ ސަމުސާ ކޯންފްލަ
ކޯންފްލަކޮޅު ގިރާލެވޭ ވަރުގެ ފެންފޮދެއް
ލޮނު 1/3 ސަމުސާ
ކައްކާ ތެޔޮ
½ ޖޯޑު ބޯކިރު
3 ޖޯޑު ފެން
ހަވާދު

ތައްޔާރުކުރަން ބޭނުންވާ ތަކެތި 60 ގުރާމް ހުނި 60 ގުރާމް ފިޔާ 9 ގުރާމް ލޮނުމެދު 25 ގުރާމް ހިކިމިރުސް 1 މޭޒުމަތީ ސަމުސާ އަސޭމިރުސް 3/4 ސައިސަމުސާ ދިރި 8 ހިކަނދިފަތް 4 ގުރާމް އިނގުރު 2 މޭޒުމަތީ ސަމުސާ ލޮނުމިރުސް ހަވާދު 3/4 ޖޯޑު ފެން ތައްޔާރުކުރާނެ ގޮތް 1- ހަވާދު ތައްޔާރުކުރަން ބޭނުންވާ ހުރިހާ އެއްޗެއް ފުނޑާލާށެވެ. ނޫނީ މުގުރާލާށެވެ. 2- ތެއްޔަކަށް ކައްކާ ތެޔޮ، ފިޔާ، ހިކަނދިފަތް، ރާނބާފަތް، ގިތެޔޮމިރުސް އަދި ލޮނުމެދު އަޅައި ރަތްކޮށްލާށެވެ. ރަތްވުމުން ފެން އަޅާފައި ފެނު ތެރޭގައި ހަވާދުކޮޅު ގިރާލާށެވެ. 3- ރިހަކޮޅުގެ ކައިރިފަށުން ބޮކި ޖަހަން ފެށީމާ މަސްކޮޅު އަޅާށެވެ. ދެން ޓޮމާޓޯ ޕޭސްޓާއި މުގުރި ހިކިމަސް އަޅައި ރަނގަޅަށް ކައްކާށެވެ. 4- ރިހަ ކެކެން ފެށީމައި ކޯންފްލަކޮޅު ތެރެ އަށް ފެންފޮދެއް އަޅައި ގިރާލާފައި ރިހަތެއްޔައް އަޅާށެވެ. ކުޑަކޮށް އޮލަވެލާ ގޮތް ވީމައި ބޯކިރުކޮޅު އަޅައި އެއްކޮށްލުމަށް ފަހު އުނދުންމަތިން ބާލާށެވެ.