ރޯން އޮތް ގަބުރެއް މިސްރުގެ ވެރިރަށް ގާހިރާގެ މިއުޒިއަމެއްގައި ދައްކާލަން ބަހައްޓައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މިގަބުރަކީ މިސްރުގައި ވެރިކަން ކުރި ފިރުއައުނެއްގެ ދަރިއެއްގެ ގަބުރެކެވެ. މިގަބުރަކީ ސީދާ ކާކުގެ ގަބުރެއް ކަން ކަށަވަރު ނުވާތީ ގަބުރަށް ދީފައިވާ ނަމަކީ އިނގިރޭސި އަކުރުތަކުގެ ތެރޭގައި ހިމެނޭ "އީ" އަކުރެވެ.

ދިރާސާ ކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި މިއީ ފިރިއައުނު މަރާލަން އުޅުމުން ދަންޖައްސާ މަރާލާފައިވާ އޭނާގެ ދަރިއެއްގެ ގަބުރު ކަމަށް ބެލެވެއެވެ. ޑީއެންއޭ ތަހްލީލްތަކުން ދައްކާ ގޮތުގައި މިއީ ރަމްސެސް-3 ގެ ދަރިއެއްގެ ގަބުރެެކެވެ. އެއީ އީސާގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ 1186 އަހަރާއި 1155 އަހަރާއި ދެމެދު ވެރިކަން ކުރި ފިރުއައުނެކެވެ.

ވަރަށް ކުރިން ލިޔެވިފައިވާ ތާރީޚީ ވާހަކަތައް ބުނާ ގޮތުން ރަމްސެސް-3 މަރާލަން ދަރިއަކު އުޅުމުން އެދަރިފުޅު ދަންޖައްސަން ޙުކުމް ކުރެވުނެވެ. ނަމަވެސް އެވާހައިގެ ތެދު ދޮގު ކަށަވަރު ކުރެވޭނެ ޔަގީން މައުލޫމާތެއް ނުލިބެއެވެ. ތުންތުންމަތިން ދެކެވޭ ވާހަކަތައް ބުނާ ގޮތުން ރަމްސެސް-3 މަރާލީ އޭނާގެ ދެވަނަ އަނބިމީހާ އެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Friends

    ވެދާނެއްނު އެދަރި މަރާލީމަ އޭނަގެ މަންމަ ފިރައުނު މަރާލީކަމަށް.